މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,469 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1067 ވަނަ ޞަފްޙާ

ކަޑިޒް އަތުން ރެއާލަށް މޮޅެއް

ކަޑިޒް އަތުން ރެއާލަށް މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ކަޑިޒް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ކަޑިޒްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީގެ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ރެއާލް ނުކުންނަންޖެހޭތީ، ކޯޗް އެންޗެލޯޓީ ވަނީ ރޭ މެޗުގައި އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން އާންމުކޮން ކުޅެމުން އަންނަ ބައެއް […]

އިބްރާހިމް ޚަލީލް
ބްރައިޓަން އިން ފަހަތުން އަރާ ޗެލްސީ ބަލިކޮށްފި

ބްރައިޓަން އިން ފަހަތުން އަރާ ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ޗެލްސީން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖަހައި، ބްރައިޓަން އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ބްރައިޓަންއާއި ދެކޮޅަށް ނުކުތްއިރު، ޗެލްސީއަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅުވެވިފައި ނުވެއެވެ. ފަސްމެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއްވަރުވީ މި މަހު ފަސްވަނަ ދުވަހުގެ ރޭ ލިވަޕޫލާއި ދެކޮޅަށް […]

އިބްރާހިމް ޚަލީލް
އުރީދޫ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް!

އުރީދޫ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް!

އުރީދޫ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ. އެ ކުންފުނިން ފުރަތަނަ ހުޅުވާލި ފުރުސަތުގެ މުއްދަތު ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ. ނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އަލުން ވަނީ ރަޖިަްޓްރޭޝަނަށް ހުޅުވާލައިފައެވެ. މިފަހަރުގެ ފަން ރަން ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http:...

އަޙްމަދު ވަހީދު
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ޝާޒް ކާމިޔާބުކޮށްފި

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ޝާޒް ކާމިޔާބުކޮށްފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް، އިބްރާޙީމް ޝާޒް ކުރި ހޯދައިފިއެވެ. މި އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރި އަލީ އާރިފް އެވެ. މިހާތަނަށް ސާފުވި ވަގުތީ ނަތީޖާ އަށް ބަލާއިރު ޝާޒް އާއި އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ […]

ޔުމްނާ ޢަލީ
އިތުރު ކުރި ވަގުތުގެ ތެރޭގައި ވޯޓުލީ 83 މީހުން

އިތުރު ކުރި ވަގުތުގެ ތެރޭގައި ވޯޓުލީ 83 މީހުން

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މިއަދު ހަވީރު 17:00 ގައި ވޯޓު ބަންދު ކުރުމާއި ހަމައަށް 2755 މީހުން ވޯޓުލައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރެއްވި މައުލޫމާށް ބަލާއިރު، މިއަދު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 2672 މީހުންނެވެ. މިއަދުގެ ވޯޓު ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ވެސް 16:00 އާއި ހަމަށެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ […]

ޔުމްނާ ޢަލީ
މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މި މަހުގެ 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 600،000 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %20 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،810 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސް ހިސާބުން ދަ...

މުޙައްމަދު އަފްރާޙް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ގުނުން ރޯދަ ވީއްލައިގެން!

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ގުނުން ރޯދަ ވީއްލައިގެން!

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނުން އޮންނާނީ މިއަދުގެ ރޯދަ ވީއްލައިގެން ކަމަށް  އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 17:00 އަށް ވޯޓުލާ ވަގުތު އީސީން ދަންމާލިއެވެ. ވޯޓުލާ […]

ޔުމްނާ ޢަލީ
ރަމަޟާން މަހާއި ބެހޭ ހާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން ބާއްވަނީ

ރަމަޟާން މަހާއި ބެހޭ ހާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން ބާއްވަނީ

ރަމަޟާން މަހާއި ބެހޭ ޚާއްސަ ޖަލްސާއެއް މައުމޫން ފައުންޑޭޝަނުން އިން ބޭއްވުމަށް ނިންމައިފިއެެވެ. އެ ފައުންޑޭޝަނުން ބުނީ މިއީ އިސްލާމީ އެހީތެރިކަމުގެ ގުޅުމާއި އެ ފައުންޑޭޝަން ގުޅިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. މި ޖަލްސާ ގެ މައުޟޫއަކީ “އެންމެ މާތް މައްސަރު” ކަމަށް ވެސް ބުނެފަވެއެވެ. މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މި ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށްވާ އޭޕްރިލް 17 ވާ ހޯމަ ދުވަހުގެ ރޭ 9:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. […]

މުޙައްމަދު އަފްރާޙް
ވޯޓުލާ ވަގުތު އިތުރު ކުރީ މަޝްވަރާ ނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން: ޕީޕީއެމް

ވޯޓުލާ ވަގުތު އިތުރު ކުރީ މަޝްވަރާ ނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން: ޕީޕީއެމް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުރުކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މަޝްވަރާނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު […]

ޔުމްނާ ޢަލީ
''ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ''

''ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ''

ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ. މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމްގެ ގޮތުގައި ހުންނެވި، ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ. ފުވައްމުލައް ސިޓީގައި ބޭއްވި އިޙްޔާ ފޯރަމްގެ މައުޟޫއަކީ ”ﷲގެ ނިޔާއަށް ރުހުން” އެވެ. މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވި...

ޔުމްނާ ޢަލީ
އެމްއޭ ކަޕް ވޮލީ މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބިއުޓީސް އަށް!

އެމްއޭ ކަޕް ވޮލީ މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބިއުޓީސް އަށް!

މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ މި މުބާރާތުގެ އަންހެން ޑިވިޜަންގެ ހުރައަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ ޓީމް ބިއުޓީސް އާއި ޓީމް މަންފާއެވެ. މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާތީ، ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ކުޅުމެކެވެ. ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ފެނިގެން ދިޔަ މި މެޗު ތިން ސެޓް އެއްސެޓުން ކާމިޔާބު ކުރީ ގައުމީ ޓީމުގެ […]

މުޙައްމަދު އަފްރާޙް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މެންދު 12:00 އާއި ހަމައަށް 1،097 މީހުން ވޯޓުލައިފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ވިދާޅުވި ގޮތުގައި މެންދުރު 12:00 އާއި ހަމައަށް 1،097 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 32.05 އިންސައްތަ މީހުންނެވެ. މެންދުރު 12:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ […]

ޔުމްނާ ޢަލީ
ވީއައިއޭގައި އޮތް ވެހިކަލެއްގައި ރޯވެއްޖެ

ވީއައިއޭގައި އޮތް ވެހިކަލެއްގައި ރޯވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އޮތް ވެހިކަލެއްގައި ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެއާޕޯޓު މަސައްކަތު ސައިޓެއްގައި އޮތް ވެހިކަލެއްގައެވެ. އެއީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގާ ޗައިނާގެ ބީޔޫސީޖީގެ އުޅަނދެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސާސް މިހާރު ވަނީ އެ ވެހިކަލްގައި ރޯވި އަލިފާން ނިއްވާލާފައިކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ. މި ހާދިސާއާއި ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަނެއް އެކަމުގެ އެއްވެސް އަސަރެއް ފޯރާފައ...

ޔުމްނާ ޢަލީ
އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް

އިސްލާމިކް މިނިސްޓްރީން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ. 1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބުނުކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން އޮތީ […]

ޔުމްނާ ޢަލީ
ސިނގިރޭޓު ފިލްޓަރު ނިއްވާނުލާ އެއްލާނަމަ ފްލެޓު އަތުލާނަން: އާބަންކޯ

ސިނގިރޭޓު ފިލްޓަރު ނިއްވާނުލާ އެއްލާނަމަ ފްލެޓު އަތުލާނަން: އާބަންކޯ

ސިނގިރޭޓް ފިލްޓަރު ނިއްވާނުލައި އެއްލައިލުމުގެ ސަބަބުން ހިޔާގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައިވާތީ އެގޮތަށް އަމަލުކުރާކަން ފާހަގަކުރެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އާބަން ކޯއިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރޭގެ އަލިފާނުގެ ހާދިސާވެސް ހިނގީ ސިނގިރޭޓު ފިލްޓަރެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. އަލިފާން ރޯވީ ހިޔާ ފުލެޓުގެ ހަތްވަނަ ޓަވަރުގެ އެޕާޓްމެންޓެއްގެ ބެލްކަނީގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން އާބަންކޯ އިން ނެރުނު ނޫސްބަޔާނެއްގައ...

އަޙްމަދު ވަހީދު
ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ކެތިއަރާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މުބާރާތުގައި ދެ ޖިންސްގެ ޓީމްތަކަށް ވެސް ބައިވެރިވެވޭނެއެވެ. ކަނބަލުންގެ މަސްރޭސް ޢީދު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ފިރިހެނުންގެ މަސް ރޭސް އޮންނާނީ ވަޅު އީދު ދުވަހުއެވެ. މި މުބާރާތުގައި ޒަމާނީ އާލާތްތައް ނުވަތަ ސްޕޯޓްސް ފިޝިންގެ އާ...

އިބްރާހިމް ޚަލީލް
ޔުނައިޓެޑްގެ މާޓިނޭޒްއަށް އަނިޔާވެ، އޭނާއަށް ސީޒަން ނިމިއްޖެ

ޔުނައިޓެޑްގެ މާޓިނޭޒްއަށް އަނިޔާވެ، އޭނާއަށް ސީޒަން ނިމިއްޖެ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްގެ ފަޔަށް އަނިޔާވެ މި ސީޒަންގައި ދެން އޭނާއަށް ނުކުޅެވޭނެކަން ޔުނައިޓެޑުން ހާމަކޮށްފިއެވެ. މާޓިނޭޒްއަށް އަނިޔާވެފައި ވަނީ މި ހަފްތާ ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑިގައި ސެވިއްޔާއާއި ބައްދަލުކޮށް 2-2 އިން އެއްވަރުވި މެޗުގައެވެ. މާޓިނޭޒްގެ ކަނާތު ފައިތިލާގެ ކަށިކޮޅެއް ވަނީ ބިންދައިގެން ގޮސްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވ...

އިބްރާހިމް ޚަލީލް
އެކްސް ޒީރޯ ބެޑުމިންޓަން ޗެލެންޖް 2023 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފި

އެކްސް ޒީރޯ ބެޑުމިންޓަން ޗެލެންޖް 2023 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފި

ހދ. ނޭކުރެންދޫ ކުލަބެއް ކަމުގައިވާ އެކްސް ޒީރޯ ސްޕޯރޓްސް ކުލަބުން އިންތަޒާމް ކޮށްގެން ބާއްވަމުންއަންނަ އެކްސްޒީރޯ ބެޑްމިންޓަންޗެލެންޖް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ނޭކުރެންދޫ ރައްޔިތުންނަށާއި އެރަށުގައި ވަޒީފާ އަދާ ކުރާ ރަށުން ބޭރު ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް (ބައިވެރިވުމުގެ) ފުރުސަތު ހުޅުވައިލި މި މުބާރާތް މިފަހަރު ކުރިޔަށްދާނީ ޖުލައި މަހުއެވެ. މި މަހު 15 އިން މޭ 15 އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވެފައިވާ މި މުބާރާތުގެ ފޯމް އޮންލައިންކޮށް ފުރޭގޮތަށް ވަނީ […]

އަލީ ރިޔާޟް