ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް
ހދ. ކުމުންދޫ ސްކޫލުގައި ކުރިއަށްގެންދިޔަ “ސްކައުޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ކުމުންދޫ ޕޮލިސް ޕޯސްޓާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ޓީމް ބިލްޑިންގ ސެޝަނެއް ބާއްވައިފިއެވެ. ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ މި ސެޝަން، ކޯޑިނޭޓްކޮށް، ނަންގަވައިދެއްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ސާޖަންޓް ޙަސަން އިބްރާހީމެވެ. މީގެއިތުރުން، މި ސެޝަންގައި ކުމުންދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން ސީނިއަރ ސާޖަންޓް އަޙްމަދު ލިޝާން އަ...