ށ. ނަރުދޫ ކައުންސިލުން، އެ ރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބޭއްވި ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 15 އޯގަސްޓް 2026 އިން 21 އޯގަސްޓް 2026އަށް ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ނަރުދޫ ކައުންސިލުން ހާމަ ކުރި ގޮތުގައި މި ޕްރޮގްރާމްގެ، 38 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.
ހޭންޑްބޯލްގެ ހުނަރު ކުޅުންތެރިންނަށް އިތުރުކޮށްދީ، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމާއި، ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އުފެއްދުމުގެ މަޤްޞަދުގައި ހިންގި މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް ކައުންސިލުން ފާހަގަ ކޮއްފައިވެއެވެ.
މީގެ އިތުރުން ނަރުދޫ ކައުންސިލްގެ ނައިބް ރައީސް އަޙްމަދު މާހިރު " ތިލަދުން" އަށް ވިދާޅުވެފައިވަނީ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރު ނަރުދޫގައި ހިންގުމަކީ އެ ކައުންސިލްގެ ޓާގެޓެއްކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!