ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު، އެ ވުޒާރާއިން ވަނީ 720 ލޯން ފުރުޞަތަށް ހުޅުވާލާފައެވެ. އަދި މި ފުރުސަތުތަކަށް 1،507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެލިސްޓުގައި 1،225 ދަރިވަރުން ހިމެނުނު ނަމަވެސް ދާއިމީ ލިސްޓް އާންމު ކުރިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން ވަނީ ހާމަކޮށްފައެވެ. […]
މުޙައްމަދު އަފްރާޙް
މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށްދާއިރު، ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ކުރިން ވިދާޅުވިޔަސް މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރައީސް ސާލިހު...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” މާލޭ އަންހެން ކުދިން ވަރަށް ރީތިވާނެޔޭ ކިޔާތީ އަޑުއަހަން! އެމީހުން ރީތި ވާނެއެއްނު އަވިކޮޅެއްގައި ނުޖެހި ހަތަރުދަމު ގޭގައި އޭސީގެ ފިނީގައި އައިސްފެން ބޮއިބޮއިގެން ތިބޭނީ.. އެތެރެހަށިވެސް ބޭރުހަންގަނޑުވެސް ފިނިވީމަ ދެން ދޮންވާނެއެއްނު.. އަހަރެމެން މިއުޅެނީ އަބަދު އަވީގައި! އަވިން ތާފަނާ ވެފައި ހުންނަ ފެން ބޮއިގެން ހަށިގަނޑުން އާވި އަރާ! ދެން ކިޔަންވެއްޖެ މޫނުގައި ހާދަ ބިއްސެކޭ ތިޔަ ނަގަނީ؟” ޝަހާނާގެ ވާހަކައިން ޖާވިދް ހުރީ ބަނޑަށް ހީލަ ހީލައެވެ. ޝަހާނާ […]
ސަލާމާ ޢަބްދުލް ޢަލީމް
ޗެލްސީއަށް ކުޅެމުންއައި ކޮރޭޝިއާގެ މިޑްފީލްޑަރ މަޓެއޯ ކޮވަސިޗް ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 29 އަހަރުގެ ކޮވަސިޗް ސިޓީއަށް ބަދަލުވަނީ 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ކޮވަސިޗް 2019 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން ޗެލްސީއަށް ގެނައީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ފަހުން ޗެލްސީން ވަނީ އޭނާއާއިއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ފާއިތުވި ސީޒަންގައި ކޮވެސިޗް ވަނީ ޗެލްސީއަށް ހުރިހާ މުބާރާތެއް ހިމެނޭހެން 37 މެޗު ކު...
އިބްރާހިމް ޚަލީލް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ ހާޟިރުކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އަގުވައްޓާލައި، ތާއީދު ކަނޑުވާލުމަށް ސިޔާސީ ބަޔެއްގެ ނުފޫޒުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައ...
ޔުމްނާ ޢަލީ
ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް، ޗެލްސީ ދޫކޮށް ވާދަވެރި އާސެނަލް އަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 24 އަހަރުގެ ހަވާޓްޒް ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އަންނަ ސީޒަންއަށް ޗެލްސީ ތައްޔާރުވަމުން އަންނައިރު އެ ޓީމުން އަންނަނީ، ޓީމްގައި އޮތް ބޮޑު ސްކޮޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޗެލްސީން ވަނީ އެ ޓީމްގެ […]
އިބްރާހިމް ޚަލީލް
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ތަޖުރިބާކާރު މިޑްފީލްޑަރ ޓޯނީ ކްރޫސް އެ ޓީމުގައި އެއް އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ. އައު އެއްބަސްވުމުގެ ދަށުން އުމުރުން 33 އަހަރުގެ ކްރޫސް ރެއާލްގައި އަންނަ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުކް ދޫކޮށް ކްރޫސް ރެއާލާއި ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ. އޭނާވަނީ ފާއިތުވި ނުވަ ސީޒަންގައި ރެއާލްގެ ޖޯޒީގައި 417 މެޗު ކުޅެފައެވެ. ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ […]
އިބްރާހިމް ޚަލީލް
ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑަށް ކުރިއަރާނެ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ. ކޮމަންވެލްތުން ހާމަކޮށްފައިވާ ގޮތުގައި މި ލިސްޓުގެ އެއްވަނައިގައި އޮތީ ގުޔާނާއެވެ. އެ ގައުމުގެ އިގްތިސާދު މިއަހަރު 37.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނޭއިރު ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވަނީ 7.2 އިންސައްތައަަށެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުރިއަރާނެ އިގް...
އަޙްމަދު ވަހީދު
ބީއެމްއެލްއިން “ފޯލޫޕް” އާ ގުޅިގެން އަންހެން ކުދިންނަށް ހިންގި ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމް ނިންމާލައިފިއެވެ. މިއީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބީއެމްއެލް އިން ލޯންޗުކުރި ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. ބީއެމްއެލް އިން ބުނިގޮތުގައި އެ ޕްރޮގްރާމަކީ އީޖާދީ ދުނިޔޭގައި އަންހެން ކުދިންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، އެ ދާއިރާގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތ...
އަޙްމަދު ވަހީދު
ޗައިނާގެ ޝީ ޖިންޕިން އަކީ ‘ހުދުމުހުތާރު ވެރިއެއް’ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން ވިދާޅުވީ ޗައިނާއިން އެމެރިކާގެ މައްޗަށް ފޮނުވި ޖާސޫސީ ފުއްޕާހަންތައް ވައްޓާލިކަން ޝީ ޖިންޕިންއަށް އެނގިވަޑައިނުގަންނަވާ ކަަމަށާއި އެއީ”ހުދުމުހުތާރު ވެރިންނަށް ލަދުވެތި ކަމެއް” ކަމަށެވެ. ކެލިފޯނިއާގައި ބޭއްވި ފަންޑް ރެއިޒާއެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ފެބްރުއަރީ މަހު އެމެރިކާގެ މަތިން ޗައިނާގެ ޖާސޫސީ ބެލޫން ވައްޓާލުމުން ޝީ ލަދުގަތް ކަމަށެވެ. “އަހަރެން އެ ބެލޫން ވައްޓ...
ހުސައިން ހަބީބް
މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައި، 13 ބޭފުޅަކަށް ރަނި އެވޯޑު ދީފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. މި ހަފްލާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި “ރަނި އެވޯޑް”ގެ ނަމުގައި އެވޯޑެއް ދީފައިވާއިރު، މި އެވޯޑު 13 ބޭފުޅަކަށް ވަ...
ޔުމްނާ ޢަލީ
އަންނަ ބޮޑު (އަޟްޙާ) ޢީދު ގެ ރަސްމީ ބަންދު ދުވަސްތަކާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. ބޮޑު ޢީދު ބަންދާ ގުޅިގެން ކޭއާރުއެޗުގެ ޚިދުމަތްދޭ ދުވަސްތައް ހާމަކުރައްވަމުން އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ބޮޑު ޢީދު ބަންދާއި ގުޅިގެން އެ ހޮސްޕިޓަލްގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށެވެ. މިގޮތުން އެ ޚިދުމަތްތައް […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ، މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުވެފައިވާތީ އެ ފުރުސަތު ލިބެންޖެހޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މަޖިލިހީގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅައި، ގޮތެއް ނުނިމި އުޅެނިކޮށް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (...
ޔުމްނާ ޢަލީ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން 2 ބޯޓު ބަންނަން ހަވާލުކޮށްފިއެވެ. އެގްރޯނެޓުން ދަނޑުވެރިކަމުގެ ބާވަތްތައް އުފުލުމަށް ބޭނުންކުރާ މި ދެ ބޯޓު ބަނުމަށް ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީ ގެ ދަށުން ބަންނަ ބޯޓުތަކެކެވެ. 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ މިބޯޓް ފަރުމާކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސްއިންނެވެ. އެގްރޯނެޓުން ބުނީ މިމަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީގެ އެހީތެރ...
މުޙައްމަދު އަފްރާޙް
ހއ. މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެރަށު ކައުންސިލާއިި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ޖޫން 4 ން 18 ގެ ނިޔަލަށެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ މި ކޭމްޕުގައި 37 މީހަކު ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި 3 ފިރިހެނުން ފިޔަވައި ދެން މުޅިން ވެސް ހިމެނެނީ އަންހެނުން ކަމަށެވެ. އަދި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މައުމޫރު މުހައްމަދު ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ. އެޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބަލައި، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ ކަމަށެވެ. އެޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ 20 އަހަރު އެމްޑީޕީއަށް ހިދުމަތްކޮށްދެއްވާފައެވެ. އެމްޑީޕީ ތަމްސީލު ކުރައް...
މުޙައްމަދު އަފްރާޙް
އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ނޯވޭއާއި ސައިޕްރަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ނޯވޭއިން ސައިޕްރަސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ނޯވޭއިންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ސޯލޮތު ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އޮލާ ސޮލްބަކެންއެވެ. މެޗުގެ ދެވަނަ ހާފުގައި ހާލަންޑް […]
އިބްރާހިމް ޚަލީލް
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައްޔިތުންގެ މަޖިލީހަށް ހާޟިރު ކުރެއްވުމަށް ހުށަހަޅާފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މަޖިލީހަށް ހާޟިރު ކުރެއްވުމަށް މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފ...
މުޙައްމަދު އަފްރާޙް