ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވީ މިއަދުއެވެ. އަދި މެމްބަރުކަމުގެ ފޯމު، ހަވާލުކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވަން ވަޑައިގެންނެވިއިރު، ޒުވާން ގްރޫޕަކުން ބޮޑު ބެރު ޖެހުމުގެ ހަރަކާރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވާފައި މިވަނީ، އެ ޕާޓީއަށް ވަނުމަށް އެމްޑީޕީގެ ޗެއާޕާސަ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ. މި ކެމްޕެއިންގެ ދަށުން މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެއެވެ. އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލްފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފާއަކަށް ބަދަލު ނާންނަ ކަމަށް އުރީދޫއިން ބުންޏެވެ...
އަޙްމަދު ވަހީދު
ކުރީގެ އަދަދާއިގުޅޭ، ” ދަރިފުޅު ވައެއް ލައްވައިގެން އަދި ބައްޕަ ފަކުރެއް ނުގަންނާނެ! އެކަމަކު ތިޔަ ކަހަލަ ކަންތައްތައް އާދަ އަކަށް ވެއްޖެނަމަ މާދަމާ އެހެން މަޖްލީހެއްގައިވެސް ތިކަން ކުރެވިދާނެ..” ޝާކިރު ނުހަނު ލޯބިން ބުނެލިއެވެ. އެއާއިއެކު ޝަހާނާ އިސްޖަހާލިއެވެ. ކުއްލިއަކަށް ޝަހާނާ އިސްޖަހާލުމުން ޖާވިދްގެ ހިތް އަވަސްވެގެން ދިޔައެވެ. ބައްޕަގެ ވާހަކައިން ބައްޕައާއި މެދު އޭނާގެ އަންހެނުންގެ ވިސްނުން ހުރީ ކިހިނެއްކަން ނޭނގޭ ޙާލު ޖާވިދަށް އުނދަގޫވާން ފެށިއެވެ. *** ޝަހާނާއާއި ޖާވިދް ތިބީ ކޮޓަރީގައެވެ....
ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 19 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, އިމްޕޯޓާއި އެކްސްޕޯޓުން 2022 ވަނަ އަހަރުގެ މެއި މަހު ދައުލަތަށް ލިބުނީ 300 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއަހަރުގެ މެއި މަހު 357 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ. އާމްދަނީގެ އިތުރުން އިމްޕޯޓާއި އެކްސްޕޯޓުވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ވަނީ މިއަހަރުގެ މެއި މަހު...
އަޙްމަދު ވަހީދު
މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާ އިން، އެ ގައުމުގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުގެ ފުރަތަމަ ބޯޓު ރާއްޖެ އައީ ހުކުރު ދުވަހުއެވެ. ވީއާއިއޭއިން އެ އެއާލައިނަށް ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ފުރަތަމަ ފްލައިޓުގައި 121 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެމްއޭސީއެލްއިން މައުލޫމާތުދޭގޮތުގައި ބަޓިކް އެއާއިން ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 737 މަރު...
އަޙްމަދު ވަހީދު
އަޟްހާ އީދު ބަންދާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއްތައާރަފު ކޮށްފޮއެވެ. “ގޭމް އޮން އެކްސްޓްރާ ޕެކް” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބިގެންދާނެއެވެ. އެންމެ 500 ރުފިޔާގެ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކާއެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓް ގެ އެހެނިހެން ބޭނުން ކުރެވޭނެއެވެ. ގޭމް އޮން އެކްސްޓްރާ ޕެކަކީ ގޭމް […]
އަޙްމަދު ވަހީދު
އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެޖެނަމަ ހުޅުމާލޭން ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމްގެ ވާހަކާގައި ހުޅުމާލޭގައި ހިންގަމުންދާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ވިދާޅުވީ، އެއް ބަޔަ...
ޔުމްނާ ޢަލީ
ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގެ ދެ އިވެންޓަކުން ރާއްޖެ ރަން މެޑަލް ހޯދައިފިއެވެ. ރާއްޖެއިން ރަން މެޑަލް ހޯދީ ބެޑްމިންޓަން އަދި 100 މީޓަރު ދުވުމުންނެވެ. މި މުބާރާތުގައި ޑިވިޝަން އެކެއްގެ ބެޑްމިންޓަން އިވެންޓުގައި ބަލްގޭރިއާގެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ހޯދައި، ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ މާނިއާ އެވެ. މި މެޗުގެ ސެޓުތައް މާނިއާ ގެންދިޔައީ 19-21 އަދި 10-21 އިންނެވެ. 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ […]
މުޙައްމަދު އަފްރާޙް
މަސްތުވާތަކެތި އެތެެރެކުރުން ހުއްޓުވައިގެން ނޫނީ ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެެރިކަމެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާނެކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްއެންޕީން ހިންގާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން “ނުއިވޭ އަޑުތައް” ނަމުގައި ރޭ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ބިލަބޮންގ ހައި...
މުޙައްމަދު އަފްރާޙް
ޕްރިމިއާ ލީގުގެ ވުލްވެސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރ ރުބެން ނެވޭސް ސައުދީ ލީގުގެ އަލް ހިލާލް އަށް ވިއްކާލަން އެ ކުލަބުން ނިންމައިފިއެވެ. ނިމުނު ސީޒަންގައި ވުލްވްސްގެ ކެޕްޓަން ކުރި އުމުރުން 26، އަހަރުގެ ނެވޭސް އަލް ހިލާލް އަށް ވިއްކާލަން އެ ކުލަބުން ނިންމާފައި ވަނީ ކްލަބުގެ ރެކޯޑް ފީއަކަށެވެ. މީޑީއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ނެވޭސް އަލް ހިލާލަށް ވިއްކާލަނީ 47 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. ސައުދީ ލީގުގެ ޓީމްތަކުން އަންނަނީ […]
އިބްރާހިމް ޚަލީލް
ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ. އެ ކުންފުނިން މިކަމަށް އިލްތިމާސްކޮށް ކޮށްފައިވާ މިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުން ގިނަ އަދަދަކަށް އެއާޕޯޓަށް ދާތީއެވެ. އެމްއޭސީއެލް އިން ބުނީ އެމީހުންނާއެކީ އެއާޕޯޓަށް ދާ މީހުން ވެސް ގިނަވުމުގެ ސަބަބުން ބާރު ބޮޑުވާމީހުންގެ ކިއު ދިގުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ. މީގެ އިތުރުން [...
މުޙައްމަދު އަފްރާޙް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރ ޑެނީ ސެބާޔޯސް ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އިތުރު ހަތަރު އަހަރު އޭނާ ރެއާލުގައި މަޑުކުރަން ނިންމާފައިވާކަން އެ ކުލަބުން އިއްޔެ އިޢުލާން ކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ރެއާލްގައި މަޑުކުރާނެއެވެ. ފާއިތުވި ހަތަރު ސީޒަންގައި ރެއާލްގެ ކޮންޓްރެކްޓްގައި ހުރި ސެބާޔޯސް ވަނީ ރެއާލްގެ އިތުރުން އެ ހަތަރު އަހަރުގެ ތެރޭ ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ […]
އިބްރާހިމް ޚަލީލް
ކަނޑުދަތުރުކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހާއްސަކޮށް މެދު ރާއްޖެތެރޭ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށ...
މުޙައްމަދު އަފްރާޙް
ދަރީންނަކީ އަޅުގަނޑުމެންގެ ހިތުގެ މޭވާއެވެ. ޙަޔާތުގެ އުފާވެރިކަމެވެ. އަދި ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. ދަރީން ލިބުމާއިއެކު ދިރިއުޅުމުގެ މިސްރާބް ބަދަލު ވެގެން ދެއެވެ. ދެމަފިރިންގެ ހުރިހާ އުފަލަކާއި، ވަގުތުތަކެއް އެދަރީންނަށްޓަކައި ހުސްކުރެވެއެވެ. މުޅި ދިރިއުޅުން ބިނާ ކުރެވެނީވެސް ހަމައެކަނި ދަރިންނަށްޓަކައެވެ. ދަރިންގެ އުފަލާއި ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައެވެ. އަދި އެދަރިންގެ މުސްތަޤްބަލާއި ކުރިމަގަށްޓަކައެވެ. ދައްކަން މިއުޅެނީ މިދެންނެވި ފަދައިން ދަރީންނާއިމެދު ވިސްނަމުންދިޔަ ވަރަށްވެސް ކ...
ސަލާމާ ޢަބްދުލް ޢަލީމް
މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަަބީބް މިއަދު ވިދާޅުވިގޮތުގައި، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށެވެ...
ޔުމްނާ ޢަލީ
ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވާން ނިންމާފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ. ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލައިނަލް މެސީ ފާއިތުވި ސީޒަނަށް ފަހު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ޓީމް ދޫކޮށް ވަނީ އިންޓަ މިއާމީއަށް ބަދަލުވެފައެވެ. ބުސްކެޓްސްއާއި މެސީއަކީ ބާސާގައި އެކުގައި 13 އަހަރު ހޭދަކުރި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިނ...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ އައު ކޯޗަކަށް ރަފައެލް ބެނިޓޭޒް ހަމަޖައްސަން އެ ކުލަބުން ނިންމައިފިއެވެ. ފާއިތުވި ސީޒަންގައި ސެލްޓަ ވިގޯގެ ނަތީޖާތައް ފެނުނީ ވަރަށް ދަށްކޮށެވެ. ނަމަވެސް އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ކާލޮސް ކަރަވަހާލްގެ އިރުޝާދުފެ ދަށުން އެ ޓީމް ވަނީ ރެލިގޭޝަން ޒޯނަށް ނުވެއްޓި ސަލާމަތްވެފައެވެ. ސީޒަނަށް ފަހު ކާލޮސް އިސްތިއުފާ ދިނުމާއިއެކު އެ މަގާމް އޮތީ ހުސްވެފައެވެ. އުމުރުން 63 އަހަރުގެ ސްޕެއިންގެ ތަޖުރިބާކާރު ކޯޗް ބެނިޓޭޒް ސެލްޓަ ވިގޯއާއި […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި 551 ޝަކުވާ ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އީސީން ޢާންމު ކުރެއްވީ 11 ޖޫން 2023 ގައެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ އެދުވަހުން ފެށިގެން 22 ޖޫން 2023 ވަނަ ދުވަހު 15:00 އަށް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން […]
ޔުމްނާ ޢަލީ