މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު ހުުޅުމާލެ ފްލެޓުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޖޫން 24 ވާ ހޮނިހުރު ދުވަހު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ […]
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމަށް ދަތިކުރުމުން އެ ދަތިކަން ރައްޔިތުންނާއި ޤައުމު ވެސް ތަހައްމަލުކުރަންޖެހޭނެކަން އެކަންކުރާ ބަޔަކު ދަންނަންޖެހޭނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ. ޖޭޕީން ރޭ ވަނީ ވެރިރަށް މާލޭ ސަލްޓަންޕާކުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާއާއި ވައިކަރަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް […]
ޔުމްނާ ޢަލީ
މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަ...
މުޙައްމަދު އަފްރާޙް
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި ލަނޑުޖަހައި ޓީމް މޮޅުކޮށްދީފިއެވެ. އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި އައިސްލޭންޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލްއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ބުނާނީ އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެގުމަށް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް...
މުޙައްމަދު އަފްރާޙް
ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކްރިސްޓޮފަރ އެންކުންކޫ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީއަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އެންކުންކޫއާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2029 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. އެންކުންކޫ ވަނީ ނިމުނު ސީޒަންގައި ލައިޕްޒިގަށް ކުޅެދިން 38 މެޗުގައި 2...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ހިތިގަސްމަގު، ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި، އެތަނުން އެއްކާރު ކޮންޓްރޯލު ނުވެ، ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 3 މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެކަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދ...
މުޙައްމަދު އަފްރާޙް
ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު 21,000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ. ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް މަގުމަތިން އޭނާ ފެނިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމުންނެވެ. އޭނާގެ މައްޗަށް ސާބިތުވީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެރަށު ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ...
ހުސައިން ހަބީބް
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެށ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބިން ހިއްކުމުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން […]
އަޙްމަދު ވަހީދު
ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދަށް ޑައިވްކުރި ސަބްމެރިންއެއް ގެއްލިގެން އެ ސަބްމެރިން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ. ޕައިލެޓަކާއި ހަތަރު ފަސިންޖަރުންނާ އެކު, ޓައިޓޭނިކް އަޑިއަށް ދިޔަ ސަރަހައްދު ބަލަން ޑައިވްކުރި އެ ސަބްމެރިން ގެއްލުނީ ޑައިވްކުރިތާ ދޮޅު ގަޑިއިރު ފަހުން އިއްޔެގެ ވަގުތެއްގައި ކަމަށް މިޑީޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ސަބްމެރިން އެ ސަރަހައްދަށް ދިޔައީ ކެނެޑާގެ ބޯޓަކާ އެއްކޮށެވެ. މި ހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ބިލިއަނަރާއި ޕާކިސްތާނުގެ ވ...
ހުސައިން ހަބީބް
ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލްގެ އެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާތީ، އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތ...
މުޙައްމަދު އަފްރާޙް
ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން ކަމަށާއި އިހްލާސްތެރި ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އެ ކުންފުންޏަށް 26 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސްޓެލްކޯ އިން ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަން ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަކަށް ކުރިންވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް އެ ކުންފުނިން ބިލު […]
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުނ...
މުޙައްމަދު އަފްރާޙް
ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު ހެނދުނު 8:00ގައެވެ. އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓް އެއް ދީފައެވެ. ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމާއި، ސައުދިއަރަބިއްޔާއިން ރާއްޖެއަށް ކ...
އަޙްމަދު ވަހީދު
“މަގޭ ލޯބި މަންޒިލް.. މަގޭ ހިތުގެ ނޫރާ.. މަގޭ މަންމައަށް މިހިތުން ކުރާ މިއީ ދުޢާއޭ.. މަގޭ މަންމަ ހީލީމާ، އެލިބޭ އަރާމާ.. އެމަންޒަރު ހަނދާންވާތީ ކުރާ މިއީ ދުޢާއޭ..” މިއީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގައި ގދ. އަތޮޅު މަދަރުސާގެ ދަރިވަރު ޝާޔަން ބިންތި އަޙްމަދު ހުށައަޅައިދިން ލަވައިގެ ފެށުމެވެ. ލަވައެއްގެ ސިފައިގައި އެ ތުއްތު ކުއްޖާ ހުށަހަޅައިދީފައި އެވަނީ އެހިތުގެ އާދޭހެވެ. އުދާސްތަކެވެ. އަދި އެ ކުޑަކުޑަ ހިތުގައި މަންމައަށްޓަކައި އުފެދެމުންދާ […]
ސަލާމާ ޢަބްދުލް ޢަލީމް
ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ސްޓެލްކޯ އިން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރ...
މުޙައްމަދު އަފްރާޙް
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ފްރާންސުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ކޮލިފައިންގައި ފްރާންސުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނާގައި އޮތީ ވެސް ފްރާންސެވެ. ރޭ މެޗުގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރެވި މިއަދުގެ މަޖިލިސް ހުއްޓުމަކަށް އަތުވެއްޖެއެވެ. މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އެމަނިކުފާނު ރިޔާސަތު ބަލަހައްޓަން އުޒުވެރިވެވަޑައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު އީވާ އަށް ވެސް ވަނީ ގެއްލިފައެވެ. މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން...
މުޙައްމަދު އަފްރާޙް