ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު، އެ ވުޒާރާއިން ވަނީ 720 ލޯން ފުރުޞަތަށް ހުޅުވާލާފައެވެ. އަދި މި ފުރުސަތުތަކަށް 1،507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ.
ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެލިސްޓުގައި 1،225 ދަރިވަރުން ހިމެނުނު ނަމަވެސް ދާއިމީ ލިސްޓް އާންމު ކުރިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން ވަނީ ހާމަކޮށްފައެވެ.
ލޯނު ހަމަޖެހުނު ހުރިހައި ކުދިންނަށް ވެސް ލޯނުގެ އެހީގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މިފަހަރު 1275 ދަރިވަރުންނަށް ލޯނު ހަމަޖެހިގެން ދިޔުމާއެކު 2019 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ލޯނު ދޫކޮށްފައިވާ ކުދިންގެ އަދަދަކީ 3،261 އެވެ.
މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!