ސިނަމާލެ ބްރިޖުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން: ޗައިނާ އެމްބަސީ
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެޅުނު ފުރަތަމަ ކަނޑު ހުރަސް ބްރިޖްގެ ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ވެގެން ގޮސްފައިވަނީ ގުޅާލެވުނު ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ބްރިޖަކަށް ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ. ސިނަމާލެ ބްރިޖަކީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން...