ފޯކައިދޫ ފެނަކަ ބްރާންޗްގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކައުންސިލުން ކުއްވެރިކޮއްފި
ށ.ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފޯކައިދޫ ކައުންސިލުންވަނީ ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ 30 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، އެރަށު ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ފޯކައިދޫ ކައުންސިލުން ވަނީ އެއީ ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮއްލުމަށް ވަކި ބަޔަކަށް އަމާޒ...