ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ޑިޖިޓަލް ކެމެރާ ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ނެގި ފުރަތަމަ ފޮޓޯތައް ނެޝަނަލް ސައިންސް ފައުންޑޭޝަނުން އާންމުކޮށްފިއެވެ. ޗިލީގައި ޤާއިމުކުރެވިފައިވާ ވެރާ ސީ ރޫބިން އޮބްޒަވޭޓަރީން އާންމު ކުރި، މި ފޮޓޯތަކުގައި ބިމާ 9،000 އަހަރުގެ ދުރުމިނުގައިވާ، ގެލެކްސީތަކާއި ތަރިތައް އުފެދެމުންދާ ސަރަހައްދެއްގެ ރީތި ކުލަތަކުން ފުރިގެންވާ ގޭހާއި ދުންތަކުގެ މަންޒަރުތައް ހިމެނެއެވެ. މި އޮބްޒަވޭޓަރީގެ ޚާއްޞަ ކަމެއްގެ ގޮތުގައި، އެންމެ 10 ގަޑިއިރުގެ ތެރޭގައި 2،104 އައު...
އަލީ އާދިލް
އިޒްރޭލުން އިރާނަށް ދިން ހަމަލާއަށް ފަހު ދެގައުމުގެ މެދުގައި ހިނގަމުންދާ “12 ދުވަހުގެ ހަނގުރާމަ” ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް “ޓްރޫތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ގައުމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ނިންމުމަށްފަހު، 6 ގަޑިއިރު ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ އީރާނުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށްފަހު، ދެނ...
އަލީ އާދިލް
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން މިއަދު ހާމަކުރި ގޮތުގައި، ޤަތަރާއި އިރާޤުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާއެއް ދީފިއެވެ. މި ހަމަލާއަށް ދީފައިވާ ނަމަކީ “އަންނުންސިއޭޝަން އޮފް ވިކްޓްރީ” އެވެ. އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ އަލް-އުދައިދް އެއަރ ބޭސްއަށް ހަމަލާދިން ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއިން އީރާނަށް ދިން ހަމަލާއަކަށް ޖަވާބުދާރީވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އައިއާރް...
ޔުމްނާ ޢަލީ
ޖޯޑަންގައި ދެ ޑްރޯނެއް ވެއްޓި، 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، ވެރިރަށުން ބޭރުގައި ހުރި ގެތަކަށާއި، އުޅަނދުފަހަރަށާއި، އާންމު ވަސީލަތްތަކަށް ގެއްލުން ލިބިއްޖެއެވެ. މިގޮތުން ފުރަތަމަ ޑްރޯން ވެއްޓުނީ އަމްމާންގެ އުތުރުގައި ހުރި ވިޔަފާރި ސަރަހައްދެއްގެ ކައިރީގައެވެ. މި ހާދިސާގައި އާންމު އުޅަނދަކަށާކަށާއި ބަސް ހުއްޓާ ޝެލްޓަރަކަށް ގެއްލުން ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، އަޒްރަޤް ސަރަހައްދުގައި އަނެއް ޑްރޯން ވެއްޓިފައިވާއިރު، މި ހާދިސާގައ...
ޔުމްނާ ޢަލީ
އީރާނުގައި އިސްރާއީލަށް ޖާސޫސްކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމެއްގެ އިސް އިސް ލީޑަރަށް އީރާނުގައި މަރުގެ އަދަބުދީފިއެވެ. އީރާނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާ ވެސް އޭގެ ފަހުން ދެމުން އަންނަ ގިނަ ހަމަލާތައް ވެސް ދެމުން އަންނަނީ އީރާންގައި ތިބި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުން ދިން މައުލޫމާތުގެ އަލީގައެވެ. ފުރަތަމަ ހަމަލާގައި ވަނީ އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައެވެ. އެ ހަމަލާ ދީފައި ވަނީ އެ ބޭފުޅުން ބައްދަލުވުމަކަށް އެއްތަންވެވަޑައިގެން...
ޔުމްނާ ޢަލީ
އިރާނުން އިސްރާއީލުގެ ޑްރޯނެއް ވައްޓާލައި އޭގެ ބައިތައް ފެންނަ ވީޑިއޯއެއް އިރާނުގެ މީޑިއާތަކުން އާންމުކޮށްފިއެވެ. މިއަދު ވައްޓާލެވުނު ކަމަށް ބުނާ މި ޑްރޯނަކީ އިސްރާއީލުގެ ހަރމެސް 900 ބާވަތުގެ ޑްރޯނެކެވެ. ލޮރެސްޓާން ނިއުސް އިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޑްރޯން ވައްޓާލީ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބާރުތަކުން ލޮރެސްޓާން ޕްރޮވިންސްގެ ޚުއްރަމްއާބާދުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އީރާނުން މީގެ ކުރިން ވެސް ވަނީ އިސްރާއީލުގެ ހަނގުރާމަތީ ބޯޓުތަކ...
ޙުސައިން ޝަހުދީ
ދިފާއުވުމަކީ ހަމައެކަނި އިސްރާއީލަށް އޮންނަ ހައްގެއްނޫން ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން އެ ގައުމާމެދު ބައިނަލްއަގްވާމީ މުޖުތަމައުން ފިއްތުން އިތުރުކޮށް ދަތިކުރަންޖެހޭކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ. ފްރީ މެލޭޝިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އިސްރާއީލުން އެހެން ޤައުމުތަކުގެ މައްޗަށް ގަސްދުގައި ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރ...
ޙުސައިން ޝަހުދީ
ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނެކަމަށާއި، އަނިޔާވެރިކަމަށް ފުރިހަމައަށް ޖަވާބުދޭނެކަމަށް އީރާނުން ބުނެފިއެވެ. ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯނާއެކު ފޯނުން ކުރެއްވި މަޝްވަރާއަކަށްފަހު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާގެ އަނިޔާވެރިކަމަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ. އީރާނުގެ ރިޔާސީ އޮފީހުގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބަޔާނެއްގައި، ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އީރާނަށް އަނިޔާވެރިކަން ކުރިމަތިވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް ހަރުދަނާ...
ޔުމްނާ ޢަލީ
އިރާނުގެ ނިއުކްލިއަރ މަޢުލޫމާތު ނައްތާނުލެވޭނެކަމަށް އެ ޤައުމުން މިއަދު ބުނެފިއެވެ. އީރާންގެ ނިއުކްލިއަރ ހަކަތަ ނައްތާލާނެކަމަށް ބުނެ އިސްރާއީލުން ވަނީ 13 ޖޫން 2025 ގައި އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. އެމެރިކާ ފަހަތުގައި އޮވެގެން ފެށި މި ހަނގުރާމާގައި އެމެރިކާއިން މަސައްކަތްކުރީ އިސްރާއީލް މެދުވެރިކޮށް އީރާންގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށްލާށެވެ. ނަމަވެސް އެކަން އިސްރާއީލަށްނުވުމުން އެންމެ ފަހުން އެމެރިކާއިން ވަނީ އީރާންގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ރޭ ބޮންއަޅާފައެވެ. އެމެރިކާ...
ޔުމްނާ ޢަލީ
އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ރޭ ދިން ހަމަލާތަކުގެ އަގު އެމެރިކާއިން ދައްކަންޖެހޭނެކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ. ހޫތީންނަކީ ކަނޑުމަތީގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރުގަދަ ޖަމާއަތެކެވެ. އެމެރިކާއަށް އިންޒާރުދީ ހޫތީން ބުނެފައި ވަނީ ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދޭނެކަމަށެވެ. ”އެމެރިކާރިކާ ކުރި ޢަމަލުގެ ނަތީޖާ އުފުލަންޖެހޭނެ” ޔަމަނުގެ ހޫތީ ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ހިޒާމް އަލް-އަސަދު ސޯޝަލް މީޑިއާގައި އެމެރިކާއަށް ދިން ކުރ...
ޔުމްނާ ޢަލީ
އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ. އެމެރިކާއިން ވަނީ އީރާންގެ މައިގަނޑު ތިން ނިއުކްލައަރ މަރުކަޒަކަށް ރޭ ހަމަލާދީފައެވެ. އޭގެ ތެރޭގައި އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މިކަމުގެ ސަބަބުން ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށެ...
ޔުމްނާ ޢަލީ
އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދީފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން “ވަރަށް ކާމިޔާބު” ހަމަލާތަކެއް އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ ތަންތަނަށް ވަނީ ދީފައެވެ. ހަމަލާ ދިނުމަށްފަހު މިހާރު ހުރިހާ މަތިންދާބޯޓުތަކެއްވެސް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ””މައިގަނޑު ސައ...
ޔުމްނާ ޢަލީ
އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ކުރާތާ ހަފުތާއެއް ވޭތުވިއިރު، މި ހަނގުރާމަ ކުރިއަށް ގެންދަމުން އިސްރާއީލުން ދަނީ ހުއްޓާނުލައި ފަލަސްތީނުގައި ވެސް އަނިޔާވެރިކަން ހިންގަމުންނެވެ. ޣައްޒާގެ އިތުރުން ޚާން ޔޫނުސް އާއި ރާމަالله އަދި ހުޅަނގު އައްސޭރި ފަދަ ފަލަސްތީނުގެ ބައެއް ސިޓީތަކުގައި ވެސް މި އަނިޔާވެރިކަން ހިންގަމުން އަންނައިރު، މީހުން ޝަހީދުކުރުން ވެސް ވަނީ އިތުރުކޮށްފައެވެ. އީރާނާއި ދެކޮޅަށް އިސްރާއީލުން 13 ޖޫން 2025 އިން ފެށިގެން ފަށާފައިވާ ވަރުގަދަ ހަނގުރާމައާއި ގުޅިގެން ފަލަސްތީނުގެ މި...
ޙުސައިން ޝަހުދީ
އިސްރާއީލުން އީރާނަށް ހަމަލާދީގެން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ކަންތައްތައް ފޮރުވިދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހީކޮށްގެން ނުވާނެކަމަށް އެމެރިކާގެ މެސެޗުސެޓްސްއިން ހޮވާފައިވާ ސެނެޓަރ އެލިޒަބަތު ވޮރެން ވިދާޅުވެއްޖެއެވެ. ވޮރެން މިހެން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. “އިސްރާއީލުގެ ބޮޑުވަޒީރަށް ހީވެދާނެ އޭނާ އީރާނަށް ބޮން އަޅަމުންދާއިރު ޣައްޒާގައި ކުރަމުންދާ ކަންތައްތައް އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް.” ވޮރެން ވިދާޅުވެފަވ...
ޔުމްނާ ޢަލީ
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އޭނާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް (ޑީއެންއައި) ޓަލްސީ ގަބާޑް ހުށަހެޅި ހުށަހެޅުމަކީ އޮޅުވާލުމެއް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް ޓަލްސީ ގަބާޑް ވަނީ އީރާނުން ނިއުކްލިއަރ ޕްރޮގްރާމާގުޅޭ ގޮތުން އޮޅުވާލައްވާފައި ކަމަށެވެ. “އާނ، އަހަރެންގެ އިންޓެލިޖެންސް ކޮމިއުނ...
ޔުމްނާ ޢަލީ