ފަލަސްތީނުގެ ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލުން ހަމަލާދީ ޒަޚަމްކޮށްލި ފަލަސްތީނުގެ 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލު ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލުމުން ފަލަސްތީނުގެ އުމުރުން 13 އަހަރުގެ އަބުދުއްރަޙްމާން ވަނީ ހޮސްޕިޓަލަށް ގެންގޮސް ޒަޚަމްތަކަށް ފަރުވާދޭން ފަށާފައެވެ. އދ.ގެ ޔުނިސެފްގެ ޓީމަށް ވަނީ އަބުދުއްރަހްމާން ހޮސްޕިޓަލްގައި އޮއްވާ ބައްދަލުވެފައެވެ. އެއިރު އެޑްމިޓްކޮށްގެން އެ...
ޔުމްނާ ޢަލީ
އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ. އައިއޭއީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެފައިވާ އިރާނުގެ ނަތަންޒް ނިއުކްލިއަރ ފެސިލިޓީގައި ރޭޑިއޭޝަނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތު...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ އެމެރިކާގެ ކޮލަމްބިއާ ޔުނިވަރސިޓީގެ ދަރިވަރު މަޙްމޫދު ޚަލީލް ދޫކޮށްލުމަށް އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ. މަޙްމޫދު ޚަލީލަކީ އެމެރިކާގެ ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވަރސިޓީގައި ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން މާރިޗު މަހުން ފެށިގެން އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީތަކުން ހައްޔަރުކޮށްފައިވާ މީހެކެވެ. ނިއު ޖާރސީގެ ފެޑެރަލް ކޯޓުގެ ފަނޑީޔާރު މި އަމުރުކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. އެއީ...
ޔުމްނާ ޢަލީ
އިސްރާއީލުގައި ބޭރުގެ ނޫސްވެރިން ތިބި ތަންތަން އަންގަން އެންގުމަށާއި، އެއްވެސް ބްރޮޑްކާސްޓެއް ކުރުމުގެ ކުރިން އަސްކަރިއްޔާގެ ހުއްދަ ހޯދަން އެންގި ސަބަބު ސާފުކޮށްދިނުމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާ ކަމާބެހޭ ދެ މިނިސްޓަރުންނަށް އަންގައިފިއެވެ. އިސްރާއީލް ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އެޓަރނީ ޖެނެރަލް ވަނީ ޤައުމީ ސަލާމަތާބެހޭ މިނިސްޓަރ އިތަމާރު ބެން-ގްވިރު އަދި މުވާސަލާތާބެހޭ މިނިސްޓަރ ޝްލޮމޯ ކަރްހީއަށް، ބޭރުގެ ނޫސްވެރިންނާ ގުޅޭގޮތުން އެންގި އެންގުންތ...
ޔުމްނާ ޢަލީ
އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މިއަދު ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިސްރާއީލުން ދަނީ އީރާނަށް ދެމުންދާ ހަމަލާތަކާއެކު، ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް އަނިޔާވެރިވަމުންނެވެ. މިއަދު ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވި މީހުންގެ އަދަދު 73 އަށް އަރާފައިވާ ކަމަށް މިހާތަނަށް ރިޕޯޓްތައް ބުނެއެވެ. ނުސައިރާތުގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގެ ޞިއްޙީ މަޞްދަރަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓ...
ޔުމްނާ ޢަލީ
އިސްރާއީލުން އިރާނަށް ދެކޮޅަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް އިރާގު ވެރިރަށް ބަޣްދާދުގެ ސަދުރު ސިޓީގައި މިއަދުގެ ހުކުރު ނަމާދަށް އެތައް ހާސް އިރާގުގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މީސް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓުތަކުގައި ހުކުރު ނަމާދަށްފަހު އިރާގުގެ އެތައްހާސް ބަޔަކު ވަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ރެވޮލިއުޝަން ސިޓީގެ ނަމުންވެސް މަޝްހޫރު ސަދުރު ސިޓީއަކީ އިރާގުގެ ވެރިރަށުގެ ބައެއް ކަމަށްވާއިރު،...
ޔުމްނާ ޢަލީ
އިސްރާއީލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކުގައި ޖަވާބުގައި އީރާނުން މިސައިލް ހަމަލާތަކެއް ދެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން އެކްސްގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ދިފާޢީ ނިޒާމުތަކުން ދަނީ މިސައިލްތައް ހުއްޓުވުމަށް މަސައްކަތްކުރަމުންނެވެ. އަދި ރައްކާތެރި ސަރަޙައްދުތަކަށް ވަނުމަށް އިސްރާއީލުގެ ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޅި ޤައުމުގައި އެއަރ ރެއިޑް ސައިރަންތައް އިވެމުންދެއެވެ. ރޮއިޓަރސް ނިއ...
ޔުމްނާ ޢަލީ
އިސްރާއީލުން އީރާނަށް ދިން ހަނގުރާމަވެރި ހަމަލާ ކުށްވެރިކޮށް، އެއީ “އިންސާނިއްޔަތާ ދެކޮޅު ކުށެއް” ކަމަށް ބުނެ، އިސްރާއީލަކީ ސުލްހައަށް އޮތް ”ކެންސަރެއް” ކަމަށާއި، ދުނިޔޭގެ ސަލާމަތުގެ މައިގަނޑު ކުށްވެރިޔާކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ. ބުރާސްފަތި ދުވަހު އެ ގައުމުގެ ސަރުކާރުގެ ސީއެންސީއޭ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ވިދާޅުވީ، އިރާނުގެ މަދަނީ، ނިއުކްލިއަރ އަދި ހަކަތައިގެ ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކާމެދު އެ ގައުމުން ވަރަށް ބޮޑަށް...
ޔުމްނާ ޢަލީ
މާލޭގައި އެއްވުންތައް ބާއްވަން އެއްތަނުގެ ބަދަލުގައި ގިނަ ތަންތަން ހަމަޖެއްސީ މި ސަރުކާރުންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް މިއަދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ގުޅިވަޑައިގަތުމުގެ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ތަނެއް ނުދިންކަމަށް ވިދާޅުވެފައެވެ. ފައްޔާޒު މި މޭރުމުން ވިދާޅުވެފައި ވަނިކޮށް ހީނާ...
ޔުމްނާ ޢަލީ
އިސްރާއީލުން ހަމަލާދީ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަމުންދަނިކޮށް 84 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް ދީފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް، ކާބޯތަކެތީގެ ހާލަތު ނުހަނު ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން ޝަހީދުވި މީހުންގެ ތެރޭގައި، ޣައްޒާ ސިޓީއާއި އުތުރުގައި 59 މީހުންނާއި، ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި އެހީ ލިބޭތޯ ބަލަމުން ދިޔަ 16 މީހުން ހިމެނެއެވެ. ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ފޯރުކޮ...
ޔުމްނާ ޢަލީ
އީރާނުން ރައްދުގައި އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރު ކުރިއަށްދާއިރު، މިސައިލް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އަދި ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލާފައިކަމަށް އީރާނުން ބުނެފިއެވެ. އީރާންގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް “އަމާޒުކުރެވިގެން އަދި މެދުނުކެނޑި” ކުރިއަށްދާނެ ކަމަށެވެ. އައިއާރުޖީސީ އިން ބުނެފައިވަނީ އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރުގައި ވަރަށް ދުރަ...
ޔުމްނާ ޢަލީ
އިސްރާއީލުން އިސްވެ އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމާގައި އެމެރިކާގެ ބައިވެރިވުމަކީ އިސްރާއީލުގެ ބަލިކަށިކަމުގެ ނިޝާނެއްކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. ހާމަނާއި މިފަދައިން ވިދާޅުވީ އީރާންގެ ރައްޔިތުންނާއި މުޚާތަބުކުރަށްވައި ދެއްވި ބަޔާނެއްގައެވެ. މި ބަޔާނުގައި މައިގަނޑު ތިންކަމެއް އޭނާ ވަނީ ފާހަގަކުރަށްވާފައެެވެ. ފުރަތަމަ، އޭނާ ވިދާޅުވީ، އިސްރާއީލުގެ ފުރަތަމަ ހަމަލާތައް ހިންގީ އީރާން އެމެރިކާއާއެކު ނުސީދާކޮށް ނިއުކްލިއަރ މަޝްވަރާތަކުގައި ބައިވ...
ޔުމްނާ ޢަލީ
ޖައްބާރު އިސްރާއީލުން ޣައްޒާ ބަންދުކޮށް ކާބޯތަކެއްޗާއި އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ވެސް ބަންދުކޮށް އެތައް ދުވަހެއް ގުނެމުންދާއިރު، ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ރައްޔިތުން ގުނަމުންދާ ކޮންމެ ދުވަހަކީ ބަނޑުހައިހޫނުކަމުގެ ހިތްދަތި ދުވަހެކެވެ. އެ ރައްޔިތުން މާތްﷲގެ ރަޙްމަދަށް އުންމީދު ކަނޑާނުލައި އިސްރާއީލުން ފުނޑުފުނޑުކޮށްލާފައި ޣައްޒާގެ މަގުތަކާއި އިމާރާތްތަކުގެ ކައިރީ ހިނގާބިވެ އުޅެމުން ދަނީ ކާލާނެ އެއްޗެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. މި ހިތްދަތި މަންޒަރު ބައިނަލްއަގްވާމީ ބައެއް ނޫސްތަކ...
ޔުމްނާ ޢަލީ
އިސްރާއީލުގެ ޖައްބާރު ސިފައިން ބަޑިން ހަމަލާދީ ޣާޒާގެ އެހީ ފޯރުކޮށްދެމުން ދިޔަ ސަރަހައްދެއްގައި ފުށް ހޯދުމަށް މަޑުކޮށްގެން ތިބި ފަލަސްތީނުގެ 51 މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާ އާއި އެނޫން ވެސް ބައެއް ފަލަސްތީނުގެ ސިޓީތަކުގައި އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް ކާބޯތަކެތި ހޯދަން ގޮސްތިބޭ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލުން މިފަހަކަށް އައިސް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މަންޒަރުދުއް މީހުންނާއި އެހީ ބެހުމުގައި މަސައްކަތްކުރާ މީހުންނާއި ހަވާލާދީ ބީބީސީނ...
ޔުމްނާ ޢަލީ
އަރަބި އަދި މުސްލިމު 21 ޤައުމުތަކަކުން އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތައް ކުށްވެރިކޮށް، އަދި ސަރަޙައްދީ ހަމަޖެހުމަށާއި، “އިސްތިސްނާއެއް ނެތި” ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމްކުރުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ. މިޞްރުގެ ރަސްމީ ނޫސް އޭޖެންސީ މީނާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ބަޔާނަކީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުއްލަޠީފް، ސަރަޙައްދުގެ އެކި ޤައުމުތަކުގެ އޭނާގެ އެކުވެރިންނާ މަޝްވަރާކުރުމަށްފަހު މިސްރުގެ އިސްނެގުމުގެ މަތީން ނ...
ޔުމްނާ ޢަލީ