ހަމާސްގެ ތަރުޖަމާނު ޝަހީދުވެފައިވާކަން ރަސްމީކޮށް ހާމަކޮށްފި
ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްއިން ހޯމަ ދުވަހު އާ ތަރުޖަމާނަކު ތައާރަފްކޮށް، އޭނާގެ ކުރިން އެ މަގާމުގައި ހުރި ތަރުޖަމާނު މިދިޔަ އޮގަސްޓް މަހު އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އަރަބި މީޑިއާތަކުން ދެއްކި ރެކޯޑްކޮށްފައިވާ ހިތާބެއްގައި، އާ ތަރުޖަމާނު ހާމަކުރި ގޮތުގައި ‘އަބޫ އުބައިދާ’ ގެ ނަމުން މަޝްހޫރުވެފައިވާ އޭނާގެ ކުރިން އެ މަގާމު ފުރުއްވި ބޭފުޅަކީ ހުޒައިފާ ސަމީރު އަލްކަހްލޫތެވެ. އާ ތަރުޖަމާނުވެސް މިހާރު ބޭނުން...