އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޕީޑީ) ގެ ލީޑަރު އިލްތިޖާ މުފްތީ، ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ، ހުކުރު ދުވަހުއެވެ. އެއީ ބިހާރުގެ ޗީފް މިނިސްޓަރު މުސްލިމް އަންހެން ޑޮކްޓަރެއްގެ ބުރުގާ ދަމާގަތް މައްސަލާގައެވެ. ނަމަވެސް ޗީފް މިނިސްޓަރާއި ދެކޮޅަށް ދެކޮޅަށް ޖައްމޫ ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މަހެބޫބާ މުފްތީގެ ދަރިކަނބަލެއްކަމަށްވާ އިލްތިޖާ މުފްތީ ހުށަހެޅުއްވި މި މައްސަލައިގެ އެފް.އައި.އާރު.އެއް ރަޖިސްޓަރީކޮށްފައިވޭތޯ ނުވަތަ ނޫންތޯ ފުލުހުންގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ލިބިފައިނުވާކަމަށް އިންޑިއާގެ މީޑިއާގައި ބުނެފަވެއެވެ.

Ad
rt

މި ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ޕަޓްނާގައި ހުންނަ ޗީފް މިނިސްޓަރުގެ ސެކްރެޓޭރިއަޓްގައެވެ. އެތަނަށް 'އަޔުޝް' ޑޮކްޓަރުން އެއްވެފައިވަނީ އެމީހުންގެ ވަޒީފާގެ ސިޓީތައް ޙަވާލުވުމަށެވެ. މިގޮތުން މުސްލިމް ޑޮކްޓަރެއް ސިޓީ ޙަވާލުވާން އައިސް ހުއްޓާ، ޗީފް މިނިސްޓަރު ވަނީ އޭނާގެ 'ނިޤާބު' ފެނިފައި، "މިއީ ކޮންކަމެއް"ހޭ ވިދާޅުވެ، ބާރުގެ ބޭނުންކޮށްގެން ބުރުގާ ވަނީ ދަމައިގެން މޫނު ކަޝްފުކޮށްފައެވެ. މި ޙާދިސާގެ ވީޑިއޯ ކްލިޕެއް ވަނީ ފުޅާ ދާއިރާއެއްގައި ދައުރުވެ، ބޮޑު ސިޔާސީ ހަމަނުޖެހުމެއް އުފެދިފައެވެ.

"އަޅުގަނޑު މި ބުނަނީ ރަނގަޅު ވާހަކައެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ޗީފް މިނިސްޓަރު ޤާނޫނު މުގުރާލުމުން، ނުބައި މެސެޖެއް ފޮނުވާ އަދި އެއީ ދީނީ ގޮތުން ބައިބައިވުމަށް ހިތްވަރުދޭ ކަމެއް." މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްފަހު އިލްތިޖާ މުފްތީ ވިދާޅުވެފަވެއެވެ.

ފުލުހުަށް ހުށަހެޅި ޝަކުވާގައި މުފްތީ ބަޔާންކުރައްވާފައިވާ ގޮތުގައި، މި ޙާދިސާއަކީ މުސްލިމުންގެ މެދުގައި، ޚާއްޞަކޮށް އަންހެނުންގެ މެދުގައި، ބޮޑު ހިތާމައަކާއި ވޭނެއް އުފައްދާފައިވާ ނުބައި ޙާދިސާއެކެވެ.

''"މުސްލިމުންގެ މެދުގައި، ޚާއްޞަކޮށް އަންހެނުންގެ މެދުގައި، ބޮޑު ހިތާމައަކާއި ވޭނެއް އުފައްދާފައިވާ ނުބައި ޙާދިސާއެއްގެ މައްޗަށް ތިޔަބޭފުޅުންގެ ސަމާލުކަން ހޯދުމަށްޓަކައި އަޅުގަނޑު މި ލިޔަނީ. މަދު ދުވަސްކޮޅެއް ކުރިން، ސަރުކާރުގެ ރަސްމިއްޔާތެއްގައި އާންމުންގެ ކުރިމަތީގައި ބިހާރުގެ މުޚްތާރު ވުޒީރު ނިތީޝް ކުމާރު، ޒުވާން މުސްލިމު ޑޮކްޓަރެއްގެ 'ނަޤާބު' ނެގި މަންޒަރު އަޅުގަނޑުމެން ބަލާފައިވަނީ ޝޮކާއި، ބިރާއި، ކަންބޮޑުވުމާއެކު،" ފުލުހަށް ހުށަހެޅި ސިޓީގައި މުފްތީ ވިދާޅުވެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މައްސަލަ އިތުރަށް ގޯސްކުރި ކަމަކީ، ވަށައިގެން ތިބި މީހުންގެ، އޭގެ ތެރޭގައި ޑެޕިއުޓީ ޗީފް މިނިސްޓަރު ވެސް ހިމެނޭ ގޮތަށް، ހިތްހަމަނުޖެހޭ ރިއެކްޝަންތަކެވެ. އެމީހުން ހީނގަނެ، އުފަލުން ބަލަން ތިބިކަމަށް މުފްތީ ވިދާޅުވިއެވެ.

އެހެންކަމުން، މާފަށް އެދުމުގެ ބަދަލުގައި، ބިހާރުގެ ޗީފް މިނިސްޓަރާއި ބާރަތިޔާ ޖަނަތާ ޕާޓީ (ޕީޖޭޕީ)ގެ ލީޑަރުން ދަނީ ނޭދެވޭ ބަސްތައް ބުނެ، އެ އަމަލު ރަނގަޅުކުރަން މަސައްކަތްކުރަމުންކަމަށް އިލްތިޖާ މުފްތީ ވިދާޅުވިއެވެ.

މި "ލަދުވެތި" ޙާދިސާއަށްފަހު އައި ދުވަސްތަކުގައި، "އިންޑިއާގެ އެކި ކަންކޮޅުތަކުގައި ނުބައި މީހުން މުސްލިމު އަންހެނުންގެ ނަޤާބު ނަގާ ވީޑިއޯތައް ބިރުވެރިކަމާއެކު އަޅުގަނޑުމެންނަށް ފެނިފައިވާ" ކަމަށް މުފްތީ ވިދާޅުވެފަވއެވެ.


"މިފަދަ ނޭދެވޭ ޢަމަލެއްގައި މުޚްތާރު ވުޒީރަކު ބައިވެރިވުމުގެ ސަބަބުން، މިފަދަ (ނުބައި) ބާރުތަކަށް ހިތްވަރު ލިބި، މުސްލިމު އަންހެނުންނަށް އިހާނެތިކޮށް ހިތުމަށާއި ޙަމަލާ ދިނުމަށް 'ކާޓް ބްލާންޝް' (ފުރިހަމަ މިނިވަންކަން) ލިބިފައިވާ ކަމަށް،" ޕީ.ޑީ.ޕީ. ލީޑަރު އޭނާގެ ޝަކުވާގައި ވިދާޅުވެފަވެއެވެ.

ބިހާރުގެ ޗީފް މިނިސްޓަރުގެ މި ޢަމަލުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ މެދުގައި ވަރަށްބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އިންޑިއާގެ މިހާރު ބީޖޭޕީ ސަރުކާރުން މުސްލިމުންނަށް އިހާނެތިކޮށްހިތައި، މުސްލިމުން ނިކަމެތިކުރުމުގެ ގާނޫނުފާސްކޮށް ހިންގަމުން އަންނަކަމަށް އިންޑިއާގެ މުސްލިމުން އަންނަނީ ބުނަމުންނެވެ.