އެމެރިކާއާއި އިސްރާއީލުން މުޒާހަރާތައް ވިލަރެސްކުރުމަށް ބޭނުންކުރާ ސިގްނަލްތަކަށް އީރާނުން ކާމިޔާބުކަމާއެކު ހުރަސްއަޅަނީ
އެމެރިކާއާއި އިސްރާއީލުން އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ވިލަރެސްކުރުމަށް ބޭނުންކުރަމުންދާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓާއި ޖީ.ޕީ.އެސް ސިގްނަލްތަކަށް އީރާނުން ކާމިޔާބުކަމާއެކު ހުރަސްއަޅަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އިންޓަނެޓް ދިރާސާކުރާ ޖަމިއްޔާތަކެއް ކަމަށްވާ ނެޓްބްލޮކްސް އަދި އަމީރު ރާޝިދީ ފަދަ ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، އީރާނުން ދަނީ ސެޓެލ...