ސިއްޙީ ތަހުލީލުތަކަށްފަހު ސައޫދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި
ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް، ރިޔާޒްގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ހެއްދެވި ސިއްޙީ ތަހުލީލުތަކުގެ ނަތީޖާ ރަނގަޅުވުމާ ގުޅިގެން، އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ސައުދީ ރޯޔަލް ކޯޓުން ހުކުރު ދުވަހު އިޢުލާންކޮށްފިއެވެ. ރޯޔަލް ކޯޓުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ކިންގް ސަލްމާން ހޮސްޕިޓަލުން ވަޑައިގަތީ ހަދަންޖެހޭ މުހިންމު ސިއްޙީ ތަހުލީލުތައް ފުރިހަމަ ކުރެއްވުމަށްފަހު، 16 ޖެނުއަރީ 2026 ވާ ހުކުރު ދުވަހު ކަމަށެވެ. މި ތަހުލީލުތަކުގެ ނަތ...