މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,698 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 40 ވަނަ ޞަފްޙާ

އީރާންގެ ބަންދަރު އައްބާސްގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދީފި

އީރާންގެ ބަންދަރު އައްބާސްގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދީފި

އީރާނުގެ ބަންދަރު އައްބާސްގައި ހުރި އަސްކަރީ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދީފިއެވެ. މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ކުރިމަތިވި “ކުޑަ ހުރަހެއް” ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކޮށްފައިވާއިރު، މި ހަމަލާތަކާއެކުވެސް، ވޮޝިންޓަނާއި ތެހެރާނުން މަސައްކަތް ކުރަމުންދަނީ މިހާރު ކުރިއަށްދާ ތާރީޚީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ބަންދަރު އައްބާސްގައި ހުރި ސ...

ޔުމްނާ ޢަލީ
ޙައްޖުވެރިން މިނާ އިން ޢަރަފާތް ބިމަށް

ޙައްޖުވެރިން މިނާ އިން ޢަރަފާތް ބިމަށް

މިއަހަރުގެ މާތްވެތި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ ޙައްޖުވެރިން ތަރުވިޔާ ދުވަސް ހޭދަކުރުމަށްޓަކައި މިނާއަށް ގޮސް ނިމި ޢަރަފާތް ބިމަށް ދަތުރުކުރަމުންދާކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ ކުރިން މިނާއަށް ޙައްޖުވެރިން ވަނުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އިންތިޒާމުވެގެން، ސަލާމަތީ، ޞިއްޙީ އަދި ޚިދުމަތްދޭ އެކި ދާއިރާތަކުގެ ބެލުމުގެ ދަށުންނެވެ. ޙައްޖުވެރިން މިނާގައި ކަނޑައެޅިފައިވާ ފޭލިގެތަކަށް ވަނުމާ ހަ...

ނާޒިމާ އަލީ
''ތަރުވިޔާ ދުވަހު މިނާގެ ހޫނުމިން 45 ޑިގްރީއަށް؛ އަރަފާތު ދުވަހުވެސް ހޫނުމިން އެވަރުގައި ހުންނާނެ''

''ތަރުވިޔާ ދުވަހު މިނާގެ ހޫނުމިން 45 ޑިގްރީއަށް؛ އަރަފާތު ދުވަހުވެސް ހޫނުމިން އެވަރުގައި ހުންނާނެ''

މިއަހަރުގެ ހައްޖު މޫސުމުގެ ތަރުވިޔާ ދުވަހު މިނާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީ (އެންސީއެމް) އިން ހާމަކޮށްފިއެވެ. ހޯމަ ދުވަހު މިނާގެ ވައިގެ ދުވެލި ހުރީ ގަޑިއަކު 26 ކިލޯމީޓަރު ބާރުމިނުގައި ކަމަށާއި، ތެތްކަން ހުރީ 36 އިންސައްތައިގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އެންސީއެމްއިން ހާމަކުރި ގޮތުގައި، ހައްޖުގެ މާތް ބިންތަކުގެ ތެރެއިން މި ސީޒަނުގައި އެންމެ ހޫނުގަދަ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ […]

ނާޒިމާ އަލީ
އީރާނުގައި އިންޓަނެޓް ހިދުމަތް އަލުން ދިނުމަށް އެގައުމުގެ ރައީސް އަމުރުކުރައްވައިފި

އީރާނުގައި އިންޓަނެޓް ހިދުމަތް އަލުން ދިނުމަށް އެގައުމުގެ ރައީސް އަމުރުކުރައްވައިފި

އީރާނުގެ ރައްޔިތުންނަށް ދުނިޔޭގެ އިންޓަނެޓްގެ ހިދުމަތް އަލުން ދިނުމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަމުރުކުރައްވައިފި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިއީ 87 ދުވަހުގެ މެދުކެނޑުމަކަށްފަހު އިންޓަނެޓްގެ ހިދުމަތް އިއާދަކުރުމަށް ކުރެއްވި އަމުރެކެވެ. އީރާން ރައީސް މި އަމުރު ކުރަށްވާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިންޓަނެޓް ދޫކޮށްލުމުގެ އަމުރާއި މި މަޝްވަރ...

ނާޒިމާ އަލީ
ގާލީބާފް އީރާނުގެ މަޖިލީހުގެ ރައީސްކަމަށް ހަތް ވަނަ ފަހަރަށް އިންތިޚާބުކޮށްފި

ގާލީބާފް އީރާނުގެ މަޖިލީހުގެ ރައީސްކަމަށް ހަތް ވަނަ ފަހަރަށް އިންތިޚާބުކޮށްފި

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަމަށް، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ބާގިރު ގާލީބާފް އަލުން އިންތިޚާބުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީންނެވެ. މިއަދު، 25 މެއި 2026 ގައި ބޭއްވުނު އިންތިޚާބުގައި ގާލީބާފް މި މަޤާމަށް ހޮވިވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އޭނާއަށް 235 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި މުޙައްމަދު ތަޤީ ނަޤްދަލީއަށް ލިބިވަޑައިގަތީ 29 ވޯޓެވެ. އަދި އުޘްމާން ސާލާރީއަށް ލ...

ނާޒިމާ އަލީ
އަމިއްލަ ޕާޓީގެ މެމްބަރުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ބޮޑުތަނުން ދަށަށް

އަމިއްލަ ޕާޓީގެ މެމްބަރުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ބޮޑުތަނުން ދަށަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ހެދި ސާވޭއަކުން ހާމަވެއްޖެއެވެ. ގައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މި ދިރާސާގެ ނަތީޖާތަކަށް ބަލާއިރު، ޓްރަމްޕަށް އޮތް ތާއީދަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ސްޓްރީޓް ޖާނަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހު ޓްރަމްޕަށް “ވަރަށް ބޮޑަށް ތާއީދުކުރާ” ކަމަށް ބުނި ރިޕަބްލިކަން މެންބަ...

ނާޒިމާ އަލީ
ފްރާންސްގައި ނިކޮޓިން ޕައުޗް މަނާކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް

ފްރާންސްގައި ނިކޮޓިން ޕައުޗް މަނާކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް

ފްރާންސްގެ ހެލްތު މިނިސްޓްރީން މަޝްހޫރު ‘ޒިން’ (Zyn) ޕައުޗް ހިމެނޭހެން ނިކޮޓިން އެކުލެވޭ ގިނަ އުފެއްދުންތަކެއް މަނާކޮށްފިއެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް އަތުވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިންޒާރު ދީފައެވެ. މި މަނާކުރުން އަމާޒުކޮށްފައިވަނީ އަނގައިގެ ޒަރީއާއިން ބޭނުންކުރާ ނިކޮޓިން ޕައުޗްތަކާއި ގަމް ލޮޒެންޖަސް ފަދަ ތަކެތި ބޭނުންކުރުމާއި، ހޯދުމާއި، ގެންގުޅުމާއި އަދި ވިއްކުމަށެވެ. މި ގާނޫނާ ހިލާފު...

ނާޒިމާ އަލީ
ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދުނިޔެއަށް ދޭން ތައްޔާރު: އީރާން

ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދުނިޔެއަށް ދޭން ތައްޔާރު: އީރާން

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، ސަރަހައްދީ ހަމަޖެހުން ގެއްލުވާލުމަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބައިނަލްއަގުވާމީ މުޖުތަމައަށް ދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވާހަކަދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ބޭނުން ނުވާކަން ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށާއި، މިއަދުވެސް އެކަން ތަކުރާރު ކުރައްވާ ކަމަށެ...

ނާޒިމާ އަލީ
''ޢީދު ދުވަހު އިރު ގެފުޅުގެ މައްޗަށް ސީދާވާނެ؛ 33 އަހަރަށްފަހު ފެންނަ ނާދިރު ކަމެއް''

''ޢީދު ދުވަހު އިރު ގެފުޅުގެ މައްޗަށް ސީދާވާނެ؛ 33 އަހަރަށްފަހު ފެންނަ ނާދިރު ކަމެއް''

މި އަހަރުގެ އަޟްހާ ޢީދު ދުވަހު، މައްކާގެ ކައުބަތުﷲ ގެ މައްޗަށް އިރު ސީދާވާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. މިއީ ކޮންމެ 33 އަހަރަކުން އެއްފަހަރު ފެންނަ ވަރަށް ނާދިރު އިއްތިފާގެއްކަމަށް ފަލަކީ ޢިލްމްވެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 27 ވާ ބުދަ ދުވަހުއެވެ. އެއީ ހިޖުރީ ގޮތުން 1447 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 10 […]

ނާޒިމާ އަލީ
އިސްރާއީލުން ޖާސޫސްކުރަން ފޮނުވި ޑްރޯނެއް އީރާނުން ވައްޓާލައިފި

އިސްރާއީލުން ޖާސޫސްކުރަން ފޮނުވި ޑްރޯނެއް އީރާނުން ވައްޓާލައިފި

އީރާނުގެ ހޮރްމުޒްގާން ޕްރޮވިންސްގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އިސްރާއީލުގެ ޖާސޫސީ އަދި ސަވައިލަންސް ޑްރޯނެއް އީރާނުގެ އަސްކަރިއްޔާއިން ވައްޓާލައިފި ކަމަށް އެ ގައުމުގެ މެހެރު ނިއުސް އެޖެންސީން އާދީއްތަ ދުވަހު ރިޕޯޓްކޮށްފިއެވެ. މި ހާދިސާ ހިނގާފައި މިވަނީ އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ. މެހެރު ނިއުސް އެޖެންސީން ބުނި ގޮތުގައި، ވައްޓާލާފައިވަނީ އިސްރާއީލުގައި އުފައްދާ “އޯބިޓާ” މަރުކާގެ ޑްރޯނެކެވެ. މި ޑްރޯންގެ ބ...

ނާޒިމާ އަލީ
ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ޗައިނާގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ޙާދިސާއާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ...

ޔުމްނާ ޢަލީ
އީރާނުގެ ޔުރޭނިއަމް ދޫކޮށްލުމަށާއި އެމެރިކާއިން ހިފަހައްޓާފައިވާ ފައިސާ ދޫކުރުމަށް އެއްބަސްވުމަކަށް 

އީރާނުގެ ޔުރޭނިއަމް ދޫކޮށްލުމަށާއި އެމެރިކާއިން ހިފަހައްޓާފައިވާ ފައިސާ ދޫކުރުމަށް އެއްބަސްވުމަކަށް 

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ބޭރުގެ ބޭންކުތަކުގައި ގަނޑުކޮށްފައިވާ އީރާނުގެ ބިލިއަނުން ގުނޭ ފައިސާ ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ. ނިއު ޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 14 މާއްދާގެ މައްޗަށް އެކުލެވޭ މި ފަހުމުނާމާގެ ދަށުން ބޭރު ގައުމުތަކުގައި ހުރި އީރާނުގެ 25 ބިލިއަން ޑޮލަރު ފިޔަވަހިތަކަކަށް ބަހާލައިގެން ދޫކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރ...

ނާޒިމާ އަލީ
ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ބަޑިޖެހި މީހަކު މަރާލައިފި

ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ބަޑިޖެހި މީހަކު މަރާލައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ހަތިޔާރު ހިފައިގެން ހުރެ އޮފިސަރުންނަށް ހަމަލާދިން މީހަކު، ސީކްރެޓް ސާވިސްގެ އޮފިސަރުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 6 ޖަހާކަންހާއިރު 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅޭ ސަރަހައްދުގައި ހުންނަ ޗެކްޕޮއިންޓެއްގައެވެ. ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮތަޅަކުން ބަޑިއެއް ނެގުމަށްފަހު އޮފިސަރުންނަށް އަމާޒުކޮށް އެ މީހާ ހަމަލާދޭން ފެށުމުން...

ނާޒިމާ އަލީ
ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޓްރަމްޕް

ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޓްރަމްޕް

އިސްތިރާތީޖީ ގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ލީޑަރުންނާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތް ސޯޝަލް’ ގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، ސުލްހައާ ގުޅޭ ފަހުމުނާމާއެއްގެ ކަންކަމުގ...

ނާޒިމާ އަލީ
ޓްރަމްޕް ވަނީ "ޗަކަގަނޑެއްގައި" ބެދިފައި، އަހަރެމެންގެ ޝަރުތުތައް ގަބޫލުކުރުންނޫން ގޮތެއް ނެތް: އީރާން

ޓްރަމްޕް ވަނީ "ޗަކަގަނޑެއްގައި" ބެދިފައި، އަހަރެމެންގެ ޝަރުތުތައް ގަބޫލުކުރުންނޫން ގޮތެއް ނެތް: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ޝަރުތުތަކަށް އަމަލުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށާއި، އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ރިޒާ ތަލާއީ-ނިކް، މެއި 23، 2026 ގައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕް މިހާރު ވަނީ ހަނގުރާމައިގެ “ޗަކަގަނޑެއްގައި” ބެދިފައެވެ. އަދި ތެހެރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ބޯލެނބުން ނ...

ނާޒިމާ އަލީ