މަޝްހޫރު ކްލޯޑް އޭއައި ޗެޓްބޮޓް އުފައްދާ އެންތްރޮޕިކް ކުންފުނިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކުގެ ކޮންޓްރޯލް އިންސާނުންގެ އަތުން ބޭރުވެދާނެ ކަމުގެ އިންޒާރުދީ، އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ނުވަތަ ވަގުތީ ގޮތުން ހުއްޓާލުމަށް ކޯޑިނޭޓް ކުރެވިފައިވާ ޕްލޭނަކަށް ގޮވާލައިފިއެވެ. އެންތްރޮޕިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް އަހަރުތަކުގައި އޭއައި ނިޒާމުތަކުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ފަންނީ ދިރާސާތަކުން ދައްކާ ކަމަށެވެ. “އަމިއްލައަށް އުފެދ...
ނާޒިމާ އަލީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ތަފާތު ގިނަ ވައިރަސްތަކުން ރައްކާތެރިކޮށްދޭނެ އަދި ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ސަލާމަތްކޮށްދޭނެ “މުޅިން އައު” ވައްތަރެއްގެ ވެކްސިނެއް ސައިންސްވެރިން އުފައްދައިފިއެވެ. ކެމްބްރިޖް ޔުނިވާސިޓީގެ ދިރާސާކުރާ ޓީމުން ބުނާ ގޮތުގައި، މިއީ ވެކްސިނެއްގެ މައިގަނޑު ބައި އޭއައި ބޭނުންކޮށްގެން ފަރުމާކޮށް، އިންސާނުން ބޭނުންކޮށްގެން ޓްރަޔަލްތައް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. ކޮރޯނާވައިރަސްގެ ހުރިހާ ބާވަތަކަށް އަމާޒުކޮށްފައިވާ ވެކްސިނެއް މި ވެކްސިން ފަ...
ނާޒިމާ އަލީ
މި އަހަރުގެ ކުރީކޮޅު އީރާނާއި ދެކޮޅު ހަނގުރާމައަށް މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޕެންޓަގަންއިން ކުރިން ރިޕޯޓްކޮށްފައިވާ ވަރަށް ވުރެ މާ ނުރައްކާތެރި ހާދިސާއެއްކަން ސީއެންއެން އިން އާންމުކުރި ވީޑިއޯއަކުން ހާމަވެއްޖެއެވެ. ބުރާސްފަތި ދުވަހު އާންމުވި މި ވީޑިއޯއިން ފެންނަ ގޮތުގައި، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑަށް ލިބިފައިވާ ގެއްލުންތައް ކުރިން ބުނި ވަރަށް ވުރެ ބޮޑެވެ. މާޗް މަހު މި ހާދިސާ ހިނގުމުން އެމެރިކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބު...
ނާޒިމާ އަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ ތާއީދާއެކު، އެމެރިކާގެ އައީވާ ސްޓޭޓްގެ ގަވަރުނަރު ކަމަށް ކުރިމަތިލެއްވުމަށް ޕްރައިމަރީގައި ވާދަކުރެއްވި ރޭންޑީ ފީންސްޓްރާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އަންގާރަ ދުވަހު ބޭއްވުނު މި ފޯރިގަދަ ޕްރައިމަރީގައި، ތިން ދައުރު ކޮންގްރެސް މެންބަރުކަން ކުރައްވާފައިވާ ފީންސްޓްރާ ބަލިވީ ދަނޑުވެރިއެއްގެ އިތުރުން ވިޔަފާވެރިއެއް ކަމަށްވާ ޒެކް ލާންއާ ވާދަކޮށެވެ. ފީންސްޓްރާއަކީ ޓްރަމްޕަށް ވަރަށް ބޮޑަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނ...
ނާޒިމާ އަލީ
އެމެރިކާއާއި އިސްރާއީލް ހިމެނޭހެން އީރާނުގެ ދުޝްމަނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެފައި ކަމަށް އީރާނުގެ އިސް ލީޑަރ މުޖުތަބާ ޚާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ. ޚާމަނާއީ ލިޔުމަކުން ފޮނުއްވާފައި މެސެޖެއް އިމާމް ޚުމައިނީ އަވަހާރަވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިއްވާފައިވާއިރު، ޚާމަނާއި ވަނީ އީރާނުގެ ދުޝްމަނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެފައި ކަމަށް ވިދާޅުވެފަވެއެވެ. އޭނާ ވިދާޅުވީ، އަސްކަރީ ގޮތުން ކުރިމަތިވި ނާކާމިޔާބީއާއި ލަދުވެތިކަމަށްފަހު، ދުޝްމަނުން މިހާރ...
ނާޒިމާ އަލީ
ކުޑަކުދިންނަށް ޙަޤީޤީ ރައްކާތެރިކަން ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަސްޓް ލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ “މަޝްވަރާ” ފޯރަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމ...
ޔުމްނާ ޢަލީ
ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަސެންޖަރު ޓާމިނަލަށް ލިބުނު ގެއްލުމަކީ އީރާނުގެ ހަމަލާއެއްގެ ސަބަބުން ވީކަމެއް ނޫން ކަމަށާއި، އެއީ އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ވީކަމެއް ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ. އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ހުސައިން މުހިއްބީ ވިދާޅުވީ، އީރާނުގެ ތަހުގީގުތަކުން ދައްކާ ގޮތުގައި އެއާޕޯޓަށް ގެއްލުންވީ އީރާނުން ފޮނުވާލި މިސައިލްތައް ހުއްޓުވަން...
ނާޒިމާ އަލީ
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބުދަ ދުވަހު ފާސްކޮށްފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމަ ކުރިއަށްގެންދަވާ ގޮތަށާއި އޭގެ ސަބަބުން ކުރިމަތިވަމުންދާ އިގްތިސާދީ ނޭދެވޭ އަސަރުތަކާ މެދު ކޮންގްރެސް އިން ދިން ވަރުގަދަ ރައްދެކެވެ. ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު (War Powers Resolution) ފާސްކުރީ 215 ވޯޓުންނެވެ. މި ގަރާރާ ދެކޮޅަށް 208 މެންބަރުން ވޯޓު ދެއްވިއިރު، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ [...
ނާޒިމާ އަލީ
އީރާނުގެ އަސްކަރިއްޔާއިން އަމާޒުފަތްގަނޑަކަށްވާނީ ހަމައެކަނި އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރާ މަރުކަޒުތަކަށް އެކަނި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި، އީރާނަށް އެމެރިކާގެ މައި ބިމަށް ސީދާ ހަމަލާދިނުމުގެ ގާބިލުކަން ނެތުމުން، އެމެރިކާއިން ސަރަހައްދުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ބަދަލުހިފުމުގެ ގޮތުން ހަމަލާދެވޭނެ ސީދާ އަމާޒުތަކެކެވެ. އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރ...
ނާޒިމާ އަލީ
ޑްރޯން ހަމަލާތަކެއްގައި ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ކުވެއިތުގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނުކަމަށް ގައުމުން ބުދަ ދުވަހު ބުނެފިއެވެ. ކުވެއިތު އެއާޕޯޓްގެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓާލަން ޖެހުނުނަމަވެސް މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސް އަލުން އޮޕަރޭޝަން ފަށާފައެވެ. ކުވެއިތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ސައުދު އަބްދުލްއަޒީޒް އަލް އޯތައިބީ ވިދާޅުވި ގޮތުގައި، ދީފައިވާ ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވަނީ އެއާޕ...
ނާޒިމާ އަލީ
ޕޮލެންޑުގެ ސްކޫލްތަކުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މޯބައިލް ފޯނު ބޭނުންކުރުން އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށާއި، ފާހިޝް މަންޒަރުތައް ހިމެނޭ ސައިޓްތަކަށް ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި އުމުރު ކަށަވަރުކުރުމުގެ ހަރުކަށި ގަވާއިދުތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. މި ހުށަހެޅި ބިލުގެ ދަށުން އުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ސްކޫލް ވަގުތުގައާއި ބްރޭކް ގަޑިތަކުގައި ފޯ...
ނާޒިމާ އަލީ
ސައުދީ އަރަބިއްޔާގެ އީސްޓަން ޕްރޮވިންސްގައި ފޮށިގަނޑުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 845,087 އެމްފެޓަމިން ގުޅަ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލުން އަތުލައިގަނެފިއެވެ. މި ތަކެއްޗާ ހަވާލުވާން އައި ސައުދީ ރައްޔިތަކު ތާއިފުން މިހާރު ވަނީ ހައްޔަރުކޮށްފައިކަމަށް ސައޫދީ މީޑިއާއިން ބުނެއެވެ. މިތަކެތީގެ މަގުމަތީގެ އަގު 79 މިލިއަން ރިއާލް (21 މިލިއަން ޑޮލަރު) އަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި އޮޕަރޭޝަނަކީ ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާ އިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދ...
ނާޒިމާ އަލީ
ޕާޝިއަން ގަލްފުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. މި ހަމަނުޖެހުންތައް ފެށުނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކަތުގައި އުޅުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން، ބޮޓްސްވާނާގެ ދިދަ ޖަހާފައިވާ ‘އެމް/ޓީ ލެކްސީ’ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހެލްފަޔަރ މިސައިލަކުން ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި...
ނާޒިމާ އަލީ
ކިއުބާގެ ބަޔޯޓެކްނޮލޮޖީ ދާއިރާއިން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް އާ ތެރަޕިއުޓިކް ވެކްސިނެއް އުފައްދައި، ބައިނަލްއަގުވާމީ ސަމާލުކަން ހޯދައިފިއެވެ. މިއީ ހަށިގަނޑުގައި އުފެދިފައިވާ ކެންސަރުގެ ޓިއުމަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދިފާއީ ނިޒާމު ތަމްރީނުކޮށްދޭ ފަރުވާއެކެވެ. ކިއުބާގެ ސެންޓަރ ފޯ ޖެނެޓިކް އިންޖިނިއަރިންގ އެންޑް ބަޔޯޓެކްނޮލޮޖީ (CIGB) އިން ތަރައްގީކޮށްފައިވާ ހެބަރސަވެކްސް (HEBERSaVax) އަކީ މިވަގުތު އެންމެ ބޮޑު އުންމީދެއް ލިބިފައިވާ ވެކްސިނެވެ. މި ވެކްސިނަކީ ޓިއުމަރުތަކަށް ބޭނުންވާ...
ނާޒިމާ އަލީ
މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، އީރާނުގެ ހައްޖުވެރިން އެނބުރި ގައުމަށް ދިއުމުގެ ދަތުރުތައް ހޯމަ ދުވަހު ފަށައިފިއެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޖުވެރިންނަށް ފޯރުކޮށްދިން ފުރިހަމަ އިންތިޒާމުތަކާއި ހިދުމަތްތަކާއެކު، އީރާނުގެ ހައްޖުވެރިން ވަނީ ހައްޖުގެ މަނާސިކުތައް ފުރިހަމަކޮށްފައެވެ. ސައުދީ އަރަބިއްޔާގައި ހުންނަވާ އީރާނުގެ ސަފީރު ޑރ. އަލީރޭޒާ އިނާޔަތީ ވިދާޅުވި ގޮތުގައި، މިއަހަރު އީރާނުން ގާތްގަނޑަކަށް 30،000 ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ. “ވަ...
ނާޒިމާ އަލީ