ނާސާގެ އާރޓެމިސް ޕްރޮގުރާމްގެ ދަށުން، ހަނދުގައި އެޅުމަށް ހަމަޖެހިފައިވާ 4ޖީ ނެޓްވޯރކްގެ މަސައްކަތް ފޯނު އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނޮކިއާ އާއި ހަވާލުކޮށްފިއެވެ. އިންސާނުން އަނެއްކާވެސް ހަނދަށް ދިޔުމުގެ ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ނާސާ އިން އެކުލަވާލަމުން އަންނަ ޕްލޭންގައި، ނޮކިއާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ނެޓްވޯރކްގެ ސަބަބުން، ނާސާގެ އުޅަނދުތައް ހައި ޑެފިނީޝަން ވީޑިޔޯގެ ޒަރީޢާއިން ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އާރޓެމިސް ޕްރޮގުރާމުގެ ދަށުން...
މުޙައްމަދު މާއިލް ހަސަން
ކޯވިޑް-19 ގެ ވެކްސިންއެއް އިޖާދު ކުރެވިދާނެ ކަމަށް ބަލައި، 2021 ވަނަ އަހަރުގެ ތެރޭގައި 1 ބިލިއަން ސިރިންޖު އުފެއްދުމުގެ މަސައްކަތް ޔުނިސެފްއިން ފަށައިފިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކުން މި ބައްޔަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޔުނިސެފްގެ ފަރާތުން މިވަނީ އުފެއްދިދާނެ ވެކްސިންއަކަށް ތައްޔާރުވުމުގެ ގޮތުން އެ ވެކްސިން ރައްކާތެރި ކަމާއި އެކު ދުނިޔޭގެ އާބާދީއަށް ރައްދުކުރެވޭނެ ގޮތްތަށް ހޯދަން ފަށާފައެވެ. ކޯވިޑް-19 އަށް އެކަށޭނަ ވެކްސިންއެއް ވުޖޫދަށް އައިސް، ތަހުލީލީ މަރުހަލާތ...
މުޙައްމަދު މާއިލް ހަސަން
ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއް އެމެރިކާގެ އެލާސްކާ ކައިރިއަށް އަތުވެއްޖެއެވެ. ހޯމަ ދުވަހުއައި މި ބިންހެލުމާއިއެކު، ސުނާމީގެ އަސަރުތަކެއް މި ސަރަހައްދުން ފެންނަން ފެށުމާއިއެކު، އެމެރިކާގެ ދެކުނުގެ މި އަވަށުގައި، ބިން ތިރި ސަރަހައްދުތަކުގައި ތިބި ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތްތަށް ވަނީ ފަށާފައެވެ. ހޯމަ ދުވަހު އައި މި ބިންހެލުމުގައި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ނުވާއިރު، ސުނާމީ ރާޅުތަކެއް އަރާފާނެ ކަމަށް ސ...
މުޙައްމަދު މާއިލް ހަސަން
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 40 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަދިވެސް ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، ބައެއް ޤައުމުތަކުން ބައެއް ވެކްސިންތައް މިހާރު ބޭނުން ކުރަމުން ދިޔަނަމަވެސް، އެދެވޭ ފަރުވާއެއް މިހާތަނަށް ދުނިޔޭގެ އާބާދީއަށް ފޯރުކޮށް ދިނުމަށް ދުނިޔެ ވަނީ ނުކުޅެދިފައި އެވެ. މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި […]
އަޙްމަދު ވަހީދު
މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން ހިންގާ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޚާއްޞަ ޕުރޮގުރާމު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ޕުރޮގުރާމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމު އިފުތިތާޙުކޮށްދެއްވާފައި ވަނީ، މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރ...
ޝިއުނާ އާދަމް
ނިއު ޒިލެންޑްގެ ބޮޑު ވަޒީރުގެ މަޤާމަށް ދެވަނަ ފަހަރަށް ޖަސިންޑާ އާރޑަން ހޮވި ވަޑައިގެންފިއެވެ. އެގައުމުގައި ވޯޓު ލީ މީހުންގެ 2 ބައި ކުޅަ 1 ބައި މިހާރު ވަނީ ގުނާ ނިމިފަ އެވެ. ޖަސިންޑާ ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީ އަށް 49.2 އިންސައްތަ ލިބިފައިވާއިރު، 120 މެންބަރުންގެ މަޖިލީހުން 64 ގޮނޑި އެ ޕާޓީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ވަގުތީ ނަތީޖާތަކުން ވަނީ ލަފާކޮށްފައެވެ. މިހާރުގެ ނަތީޖާތަކަށް ބަލާއިރު މިއީ މިހާތަނަށް ނިއު ޒިލެންޑްގެ ސިޔާސީ ޙަޔާތުގައި، […]
މުޙައްމަދު މާއިލް ހަސަން
ސީރިޔާގެ ޖަންގަލި ތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ޝިކާރައަަކަށްވެ، 2 މީހުން މަރުވެއްޖެއެވެ. ސީރިޔާއަށް ނިޞްބަތްވާ ބޮޑެތި ޖަންގަލިތަކާއި، ދަނޑުބިން ތަކިގައި ހުއްޓުމެއްނެތި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލުނުވެ ވަނީ ލުބުނާންއާއި ހަމައަށް ފޯރާފައިކަމަށް ގިނަ މީޑިޔާތަކުން މިހާރު ދަނީ ރިޕޯޓުކުރަމުންނެވެ. ސީރިޔާގެ ޓީވީ ޗެނަލްއަކުންވަނީ ރޯވެފައިވާ އަލިފަންގަނޑު ކޮންޓްރޯލު ކުރެވޭތޯ ގިނަ ޢަދަދެއްގެ އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވާ މަންޒަރު ތަކެއް ދައްކާފައެވެ. އެ ޤައުމުގެ ގިނަ މީޑިޔާތަކުން ރ...
މުޙައްމަދު މާއިލް ހަސަން
ކޯވިޑް-19އަށް އަމާޒުކޮށްގެން ދެބޭހެއް ސިރީލަންކާގައި ތައްޔާރުކޮށް ބޭނުން ކުރަން ފަށައިފިއެވެ. އަޔުރްވެދިކް ހޮސްޕިޓަލްތަކާއި އެ ތަންތަނުގެ ތަރައްޤީއާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ސިސިރަ ޖަޔަކޯޑީ އެގައުމުގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ކޯވިޑް-19 އަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ އަދި ބަލިޖެހިފައިވާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕައުޑަރެއް އެގައުމުން ހަދާފައިވާކަމަށެވެ. މިނިސްޓަރ މި ދެބޭހާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވި...
މުޙައްމަދު މާއިލް ހަސަން
އަނެއްކާވެސް ސްޕެއިންގައި ކޯވިޑް-19ގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެ، އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ. ސްޕެއިންގެ ސަރުކާރުން މިހާރުވަނީ، މެޑްރިޑް ސަރަހައްދުގައި، ކޯވިޑް-19ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާންކޮށް، ތަންފީޒުކުރަން ފަށައިފައެވެ. ސްޕެއިންގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤާނޫނުގެ ދަށުން، މި ކަން އިޢުލާން ކުރުމާއިއެކު، ސަރުކާރަށް އެ ސަރަޙައްދެއްގައި ކަންކަން ކުރުމުގައި އިތުރު ބާރުތަކެއް ލިބިގެންދެއެވެ. އަދި...
މުޙައްމަދު މާއިލް ހަސަން
އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ނައިބު ރައީސުންގެ ބަހުސްގައި ނައިބު ރައީސުންނަށްވުރެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، މިހާރުގެ ނައިބު ރައީސް މައިކް ޕެންސްގެ ބޮލުގައި ޖެއްސި މެއްސެކެވެ. ނައިބު ރައީސުންގެ ކޯޅުމަށް ކެތްމަދުވެފައި ތިބި އެތައްބަޔަކަށް، މި މެހީގެ ސަބަބުން ވީ މުޅިން މަޖާ ކަމަކަށެވެ. އަދި ބަހުސް ފެށިތާ މާގިނަ އިރު ތަކެއް ނުވެ، އެ މެހިވަނީ ޕެންސްގެ ހުދު ބޮލުގައި ޖައްސާ އުދުހި ނުގޮސް އެތައް އިރަކު އިނދެފައެވެ. […]
މުޙައްމަދު މާއިލް ހަސަން
“ޑެލްޓާ”ގެ ނަމުން ނަން ދީފައިވާ ތޫފާން މެކްސިކޯގެ އަވަށެއް ކަމަށްވާ ޔުކަޓާން ސަރަހައްދަށް އަރައިފިއެވެ. ގަޑިއަކު 110 މޭލު ބާރު މިނުގައި މެކްސިކޯގެ އައްސޭރައަށް އަރާފައިވާ މި ތޫފާނުގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ގަލްފު ސަރަހައްދަށެވެ. ކެޓެގަރީ 2 ގެ މި ތޫފާންގެ ސަބަބުން، ބޯކޮށް ވާރޭ ވެހި، ޔުކަޓާންގެ އައްސޭރިއަށް 12 ފޫޓުގެ ރާޅު ނަގާނެ ކަމަށް އެމެރިކާގެ ނެޝެނަލް ހަރިކޭން ސެންޓަރުން ބުނެފައިވެއެވެ. މި ތޫފާން ދަތުރުކުރާ މިސްރާބަށް ބަލާއިރު، ބުދަ ދުވަހަށް […]
މުޙައްމަދު މާއިލް ހަސަން
ފްރާންސްއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ މީހުންގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް 1000 ފަޔަރ ފައިޓަރުންނާއި، މިލިޓަރީ 4 ހެލިކޮޕްޓަރުގެ އިތުރުން، ގިނަ ޢަދަދެއްގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. ސްޓޯމް އެލެކްސްގެ ނަންދެވިފައިވާ ތޫފާން މިހާރުވަނީ ފްރާންސްގެ ދެކުނަށް ދަތުރުކޮށް އިޓަލީގެ ސަރަހައްދުތަކަކަށްވެސް އަރާފައެވެ. އަދި ދެ ޤ...
މުޙައްމަދު މާއިލް ހަސަން
ނިއު ޒިލެންޑް އިން އަނެއްކާވެސް ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. ނިޔު ޒިލެންޑްއިން ކޮރޯނާ ވައިރަސްއާއި ދެކޮޅަށް މަސައްކަތްކޮށް ހޯދި ކާމިޔާބީ އިޢުލާންކޮށްފައި މިވަނީ އެ ޤައުމަށް ކޯވިޑް-19 ގެ ދެވަނަ ރާޅެއް ބިންދާލުމަށްފަހު އެ ޤައުމުގެ އެންމެ ބޮޑު އެއް ސިޓީ އެއްކޮށް ފުރަބަންދު ކުރުމަށް ފަހުގައެވެ. ނިޔު ޒިލެންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާރޑަން މިއަދު ވިދާޅުވި ގޮތުގައި، އެ ޤައުމު އަނެއްކާވެސް ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަކޮށް […]
މުޙައްމަދު މާއިލް ހަސަން
އަވަށްޓެރި ސްރީލަންކާއިން ކޯވިޑް-19 ގެ ކޭހެއް ފެނުމުގެ ސަބަބުން އަނެއްކާވެސް އެ ޤައުމުގެ ސްކޫލުތައް ބަންދުކޮށްފިއެވެ. ލަންކާގެ ހެލްތު މިނިސްޓަރ ޕަވީތްރާ ވަންނިއަރައްޗި ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ލަންކާގެ ސްކޫލުތައް އޮކްޓޯބަރ 5 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފައެވެ. މި ނިންމުން މި ގޮތަށް ނިންމާފައިވަނީ، ގަމްޕަހާ ސަރަހައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި އެކުއެވެ. މިދިޔަ އާދިއްތަ ދުވަހު މި ކޭސް ފެނުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ގަމްޕަހާ […]
މުޙައްމަދު މާއިލް ހަސަން
ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 ގެ ސަބަބުން އަޅުކަމަށް ބަންދުކުރި، މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް، އުމްރާގެ އަޅުކަމަށާއި، ނަމާދަށް އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ. ސައޫދީގެ މިނިސްޓްރީއޮފް ހައްޖު އެންޑް އުމްރާއާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން އެކަށަހަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނަކާއިއެކު އަލުން ހަރަމްފުޅު އާންމުކޮށް ހުޅުވާލާފައި މިވަނީ ހަތް މަސްދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ފަހުގައެވެ. ކޯވިޑް ފެ...
ހުސައިން ހަބީބް