މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,699 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 224 ވަނަ ޞަފްޙާ

އެމެރިކާގެ އިންތިޚާބު 2020: އެންމެ ފަހުގެ ޚަބަރުތައް

އެމެރިކާގެ އިންތިޚާބު 2020: އެންމެ ފަހުގެ ޚަބަރުތައް

އެމެރިކާގައި ނޮވެމްބަރ 3 ވަނަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާ އިރު، އަދިވެސް އެމެރިކާގެ ދެން އޮތް ދައުރުގެ ރައީސަކަށް ހޮވިވަޑައިގަންނަވާނެ ބޭފުޅެއް ދަންނަވަން ދައްޗެވެ. އެމެރިކާގެ ބޮޑެތި ގިނަ ސިޓީ ތަކުގެ ވޯޓު ގުނުން އަދިވެސް ކުރިއަށް ދާއިރު، މިއީ އަދިވެސް ނަތީޖާ ކޮންމެ ފަދަ ގޮތަކަށް އެނބުރިގެން ހިނގައިދާނޭ ވަގުތެއްކަމުގައި ގިނަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ރިޔާސީ އިންތިޚާބުގައި މި ވަގުތަށް ގުނާފައި ހުރި ވޯޓުން ދައްކާ […]

މުޙައްމަދު މާއިލް ހަސަން
ވޯޓު އޮޅުވާލިކަމުގެ ތުހުމަތާއިއެކު ޓްރަމްޕްގެ މިސްރާބު ސުޕްރީމް ކޯޓަށް

ވޯޓު އޮޅުވާލިކަމުގެ ތުހުމަތާއިއެކު ޓްރަމްޕްގެ މިސްރާބު ސުޕްރީމް ކޯޓަށް

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރަށްވައި، ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމުގެ އިންޒާރު އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ވައިޓް ހައުސްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް އެބަ ހިނގާ ކަމަށާއި، އެހެންކަމުން ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހ...

ހުސައިން ހަބީބް
ލަންކާގެ ނޭވީ އަދި ރައްޔިތުން ނުކުމެ 100 އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި

ލަންކާގެ ނޭވީ އަދި ރައްޔިތުން ނުކުމެ 100 އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި

ސްރީލަންކާގެ ނޭވީ އަދި އެ ޤައުމުގެ ރަށްފުށު ހިސާބުގެ ގިނަ ބަޔަކު ނުކުމެ އެ ހިސާބުގެ ގޮނޑުދޮށަށް ލައްގަމުންދިޔަ 100 އަށްވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފިއެވެ. ކޯވިޑް-19ގެ ބޮޑު ބިޔަ ރާޅެއް އެ ޤައުމަށް ކުރިމަތިވެ، އެ ޤައުމު ފުރަބަންދުކޮށްފައި ވަނިކޮށް އެ ޤައުމުގެ މި ހިސާބުގެ ރައްޔިތުންވަނީ ފުރަބަންދުގެ އެންގުމަށް ނުބަލައި ނުކުމެ މި ބޮޑު މަސްތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައެވެ. ވެރިރަށް ކޮލަންބޯގެ ދެކުނުގައި އޮންނަ ޕާނަދުރައިގެ ގޮނޑުދޮށަށް ލައްގަމުންދިޔަ ގިނަ ޢަދަދެއްގެ ބޮޑު މަސްތައް […]

މުޙައްމަދު މާއިލް ހަސަން
އެމެރިކާގެ ރިޔާސީ އިންތިޚާބު 2020: 1 މިލިޔަން މީހުން ވޯޓު ލައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު 2020: 1 މިލިޔަން މީހުން ވޯޓު ލައިފި

މިއަދު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 1 މިިލިޔަން މީހުން ވޯޓު ލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިފަހަރުގެ މި އިންތިޚާބުގައި އެމެރިކާއިން 160 މިލިޔަން މީހުން ވޯޓު ލާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕޮލިޓިކަލް ސައިންގެ ޕްރޮފެސަރ މައިކަލް ޕީ މެކްޑޮނާލްޑް ވިދާޅުވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލާ ފަހަރެވެ. އެމެރިކާގެ ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީ ބުނާ ގޮތުގައި ވޯޓު […]

މުޙައްމަދު މާއިލް ހަސަން
ތުރުކީ ބިންހެލުން: 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފި

ތުރުކީ ބިންހެލުން: 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފި

މިދިޔަ ހަފްތާގެ ތެރޭގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ޢިމާރާތްތަކުގެ އެތެރޭގައި ތާށިވެފައި އޮތް 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފިއެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންވަނީ ޢިމާރާތްތަކުގެ ދަށުން ދެ ކުޑަކުދިން ސަލާމަތްކޮށްފަ އެވެ. މި ކުދިން ފެނިފައިވަނީ ބިންހެލުން އައިސްފައިވާ އެއިޖިއެން ސަރަހައްދުގައި ބިމާ ހަމަވެފައިވާ ގާ ފުންޏެއްގެ ތެރެއިންނެވެ. 3 އަހަރުގެ ތުއްތު އޭލިފް ޕެރިންސެކް މި ގާފުނީގެ އަޑިން ސަލާމަތްކޮށްފައިވަނީ ރެކްޓަރ މިންގަނޑުން 7.0 ގައ...

މުޙައްމަދު މާއިލް ހަސަން
އުމްރާއަށް ގޮސް ތިބެވޭނީ 10 ދުވަހު

އުމްރާއަށް ގޮސް ތިބެވޭނީ 10 ދުވަހު

ކޯވިޑް-19ގެ ސަބަބުން މެދުކަނޑާލި އުމްރާގެ އަޅުކަމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން އަލުން ފުރުޞަތު ދެމުންދާއިރު، އެ އަޅުކަމަށް ސައުދީ އަރަބިއްޔާ ނޫން ޤައުމުތަކުގެ މީހުންނަށް އެ ޤައުމު އިއްޔެ ހުޅުވާލައިފިއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ސައުދީ ނޫން ޤައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަން ކުރުމަށް ދިއުމަށް ހުޅުވާލިއިރު، އުމްރާގެ އަޅުކަމަށް ގައުމުން ބޭރުން އަންނަ މީހުންނަށް ސައުދީ އަރަބިއްޔާގައި ތިބެވޭނީ 10 ދުވަހުގެ މުއްދަތަށް ކަމަށް، ސައުދީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރ...

ހުސައިން ހަބީބް
ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ. މޫސުމާ ބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެ ޤައުމަށް މި އަހަރުގެ ތެރޭގައި ކުރިމަތިވާ އެންމެ ބާރުގަދަ ޠޫފާން ކަމަށެވެ. އަދި މި ޠޫފާނުގެ ސަބަބުން ވައި ގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ގިނަ ތަންތަނަށް ގެއްލުންވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ޠޫފާން ގޯނީ އެންމެ ފުރަތަމަ އަރާނެ ކަމަށް […]

މުޙައްމަދު މާއިލް ހަސަން
ޚަބީބްގެ ހޫނު ބަހުގެ ހަމަލާތަކެއް ފްރާންސްގެ ރައީސަށް

ޚަބީބްގެ ހޫނު ބަހުގެ ހަމަލާތަކެއް ފްރާންސްގެ ރައީސަށް

ދުނިޔޭގެ އެންމެ މޮޅު އެއް މިކްސް މާރޝަލް އާރޓިސްޓް، އަަދި މުސްލިމް ދުނިޔޭގައި “ހީރޯ” އެއް ކަމުގައި ދެކެމުންއަންނަ ޚަބީބް ނުމަގޮމެޑޯވް، ފްރާންސްގެ ރައީސަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ. ޚަބީބް އޭނާގެ އިންސްޓަރގްރާމް އެކައުންޓްގައި ބުނެފައިވާ ގޮތުން ،ފްރާންސްގެ ރައީސަކީ ނުލަފާ ވެރިއެކެވެ. އަދި އޭނާގެ މައްޗަށް މާތްﷲގެ ލަޢުނަތް ޙައްޤުވެގެންވެއެވެ. މުސްލިމު ދުނިޔޭގައި އަދި ހަމަ އެހެންމެ މި ވަގުތު ދުނިޔޭގައި އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ހިމެނޭ ޚަބީބް ވަނީ ޚިޔާލު […]

މުޙައްމަދު މާއިލް ހަސަން
ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހިއްޖެ

ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހިއްޖެ

ބާރު ދުވެލީގައި ދުއްވާފައި ގޮސް، މައްކާގެ ހަރަމްފުޅުގެ ފެންސްތަކެއް ފަޅާލައި ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ. ސައޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އާއި ހަވާލާދީ އަރަބް ނިއުސްގައި ރިޕޯޓުކޮށްފައި ވަނީ ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ޙަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހުމުގެ ހާދިސާއެއް ހުކުރު ދުވަހު (އިއްޔެ) ހިނގާފައިވާ ކަމަށެވެ. އަދި އެކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ. އެ ހާދިސާ ހިނގާފައި […]

ހުސައިން ހަބީބް
ތުރުކީ އަށް ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް

ތުރުކީ އަށް ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް

ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައި، ބައެއް މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ. މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތުރުކީ ވިލާތުގެ އިޒްމީރް ޕްރޮވިންސަށެވެ. މި ބިންހެލުމާއިއެކު ކުޑަ ސުނާމީއެއް ވެސް އުފެދުނެވެ. ތުރުކީ ވިލާތުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލާދީ އެ ޤައުމުގެ ”ޑެއިލީ ސަބާހް” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިކްޓަ މިންގަނޑުން 6.6 ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 4 މީހުން މަރުވެ، 202 މީހުން...

ހުސައިން ހަބީބް
ޓައިވާންއިން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް

ޓައިވާންއިން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް

ދުނިޔޭގެ ގިނަ ޤައުމުތައް ކޯވިޑް-19 ގެ ދެވަނަ ރާޅެއްގެ ދަށުވެފައިވާއިރު، ޓައިވާންއިން މި ބަލީގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް ވެއްޖެއެވެ. ޓައިވާންއަކީ މި ވަގުތު ދުނިޔޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ ކާމިޔާބު އެއް ޤައުމެވެ. އަދި މި ޤައުމަށް އަނެއްކާވެސް މި ލިބުނު ޝަރަފަކީ މިއަދާއި ހަމައަށް ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް ވުމެވެ. އެންމެ ފަހުން ޓައިވާންއިން މި ބަލީގެ ކޭސްއެއް ފެނިފައިވަނީ އޭޕްރިލް މަހުގެ 12 […]

މުޙައްމަދު މާއިލް ހަސަން
ވިއެޓްނާމްއަށް ޠޫފާން މޯލޭވް އަރައި 2 މީހުން މަރުވެއްޖެ

ވިއެޓްނާމްއަށް ޠޫފާން މޯލޭވް އަރައި 2 މީހުން މަރުވެއްޖެ

ވިއެޓްނާމްގެ މެދުތެރޭ ސިޓީތަކަށް އަރާފައިވާ ޠޫފާން މޯލޭވްގައި 2 މީހުން މަރުވެއްޖެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ބުދަ ދުވަހު އެރި މި ޠޫފާންގައި ވަނީ ވިއެޓްނާމްގެ ސިޓީ ތަކުގެ ގިނަ ގަސްތަކެއް މުލުން ލުހިލާ، ގިނަ ގޭގޭގެ ފުރާޅުތައްވެސް އެއްލާލާފައެވެ. އަދި މިއީ އެ ޤައުމުގެ ގިނަ ބަޔަކު ސިފަކުރާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމަށް އެރި އެންމެ ވަރުގަދަ ޠޫފާންއެވެ. އެ ޤައުމުގެ މީހުން ސަލާމަތްކުރާ ޖަމާޢަތްތަކުންވަނީ 375،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި މި […]

މުޙައްމަދު މާއިލް ހަސަން
ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފްރާންސްއިން އުފައްދާ އެންމެހާ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އުރުދުޣާން މި ކަމަށް ގޮވާލައްވާފައިވަނީ، ފްރާންސްގައި މުސްލިމުންނަށް ކުރަމުން އަންނަ ފުރައްސާރަ އިތުރުވެ، އެ ޤައުމުގެ ސަރުކާރުންވެސް މި ކަމަށް އެއްބާރުލުން ދެމުން އަންނާތީއެވެ. “ފްރާންސް އިން ބުނި ގޮތަށް “ތުރުކީގެ އުފެއްދުންތައް ނުގަންނާތި” ހަމަމިއާއި ވިއްދާފައި އަހަރެން އަހަރެންގެ ޤައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ ފްރާންސްގެ އުފެއް...

މުޙައްމަދު މާއިލް ހަސަން
ސޫދާންއިން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަނީ

ސޫދާންއިން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަނީ

ޢަރަބި ބައެއް ޤައުމުތަކުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަމުންދާއިރު، އެ ލިސްޓަށް އެންމެ ފަހުން ސޫދާންގެ ނަން އިތުރުކޮށް އެ ޤައުމުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދެމެހެއްޓުމަށް ނިންމައިފިއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދުވަސްކޮޅަކަށްވެފައި ވަނިކޮށް، އެ ޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ ހުކުރު ދުވަހު މިކަން އިޢުލާންކޮށްފައެވެ. އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ބަޙްރެއިން އިން މިދިޔަ މަހު ވައިޓް ހައުސްގައި އިޒްރޭލާއިއެކު ސިޔާސީ ގުޅުން ޤާއިމު ކުރި ކަމުގެ ފަތްކޮޅެއްގައި ސޮއި...

މުޙައްމަދު މާއިލް ހަސަން
ޖަޕާނާއި އިންޑިޔާއާއި ދެމެދު 'އެއަރ ބަބްލް' އެއް ޤާއިމުކޮށްފި

ޖަޕާނާއި އިންޑިޔާއާއި ދެމެދު 'އެއަރ ބަބްލް' އެއް ޤާއިމުކޮށްފި

ޖަޕާނާއި އިންޑިޔާއާއި ދެމެދު ‘އެއަރ ބަބްލް’ އެގްރީމެންޓްއެއް ޤާއިމުކޮށްފިއެވެ. އިންޑިޔާގައި ހުންނަ ޖަޕާނުގެ އެންބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއަރ ބަބްލް އެގްރީމެންޓްގެ ދަށުން އިންޑިޔާއިން ޖަޕާނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ އެންބަސީއިން އަންގާފައިވާ އެއަރލައިންތަކުން ޓިކެޓު ބައްލަވައިގަތުމަށް އެދޭ ކަމަށެވެ. ޓޯކިޔޯގައި ހުންނަ އިންޑިޔާގެ އެންބަސީއިން ބުނެފައިވަނީ، މި އެއަރ ބަބްލްއާއި އެކު، ޖަޕާނުން އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ އެންބަސީގައި މިހާރު ރެޖިސްޓ...

މުޙައްމަދު މާއިލް ހަސަން