"ޑެލްޓާ"ގެ ނަމުން ނަން ދީފައިވާ ތޫފާން މެކްސިކޯގެ އަވަށެއް ކަމަށްވާ ޔުކަޓާން ސަރަހައްދަށް އަރައިފިއެވެ.

ގަޑިއަކު 110 މޭލު ބާރު މިނުގައި މެކްސިކޯގެ އައްސޭރައަށް އަރާފައިވާ މި ތޫފާނުގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ގަލްފު ސަރަހައްދަށެވެ. ކެޓެގަރީ 2 ގެ މި ތޫފާންގެ ސަބަބުން، ބޯކޮށް ވާރޭ ވެހި، ޔުކަޓާންގެ އައްސޭރިއަށް 12 ފޫޓުގެ ރާޅު ނަގާނެ ކަމަށް އެމެރިކާގެ ނެޝެނަލް ހަރިކޭން ސެންޓަރުން ބުނެފައިވެއެވެ.

Ad
rt

މި ތޫފާން ދަތުރުކުރާ މިސްރާބަށް ބަލާއިރު، ބުދަ ދުވަހަށް ފަހު ތޫފާނުގެ މިސްރާބު ހުރީ އެންމެ ފުރަތަމަ ގަލްފް އޮފް މެކްސިކޯއަށެވެ. އަދި އެއަށްފަހު ލުއީޒިއޭނާގެ އައްސޭރިއާއި ދިމާލަށް މިސްރާބު ޖަހާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރައްވައެވެ.

މެކްސިކޯގައި މިދިޔަ އަންގާރަ ދުވަހު ވަނީ މި ތޫފާންއަށް ތައްޔާރުވުމުގެ ގޮތުން ޔުކަޓާން ހިސާބުގެ ރައްޔިތުން ގޭގެ އަށް ކާޑު ގެ ބާވަތްތަކާއި ބޯ ފެން ވައްދާފައެވެ. އަދި ސީއެންއެން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ ގޭގޭގެ ދޮރުތަކާއި، ކުޑަދޮރުތައް ވަނީ ފިލާ ޖަހާ ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މި ސަރަހައްދަށް ޒިޔާރަތް ކޮށްފައިވާ ގިނަ ޢަދަދެއްގެ ފަތުރުވެރިން ވަނީ މި ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަން ފަށާފައެވެ.

މި ތޫފާން ދަތުރުކުރަމުން އައި ސްޕީޑުވަނީ ވޭތުވެދިޔަ 30 ގަޑިއިރު ތެރޭގައި ތިން ގުނަ އިތުރުވެފައެވެ. ހޯމަ ދުވަހުގެ ޑޭޓާ ތަަކަށް ބަލާއިރު، ވައިޖެހިފައިވަނީ ގަޑިއަކު 35 މޭލުގެ ބާރުމިނުގައެވެ. އަދި 24 ގަޑި އިރު ތެރޭގައި މި ޢަދަދު ވަނީ 84 އަކަށް އަރާފައެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވޭ ސަރަހައްދުތަކުން ގާތްގަނޑަކަށް 40000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މިތޫފާނުގެ ސަބަބުން މީހަކު މަރުވެފައިވާކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވާއިރު އެސަރަހައްދުން ބޮޑެތި ގަސްތައް ވެއްޓުމާއި ގޭގޭގެ ފުރާޅު އެއްލާލުންފަދަ ގެއްލުންތަކާއިވަނީ ކުރިމަތިވެފައެވެ.

މިއާއި އެކު އެމެރިކާގެ ސްޓޭޓްތަށް ކަމަށްވާ ލުއީޒިއޭނާ، އަދި އަލަބާމާ އިންވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ. އަދި މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށްބެލެވޭ ސަރަހައްދުތަކުގެ ރައްޔިތުން ވަނީ ސަލާމަތްތެރި ހިސާބުތަކަށް ގެންދަން ފަށާފައެވެ.

މެކްސިކޯގެ މި ސަރަހަށްދަށް ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި ވަނީ މުޅިއެކު 6 ތޫފާން އަރާފައެވެ. 1988 ވަނަ އަހަރު "ގިލްބާރޓް" ތޫފާން އަރާފައިވާއިރު، 2005 ވަނަ އަހަރު "ވިލްމާ" ވަނީ އަރާފައެވެ. އަދި މި އަހަރު "އެމިލީ"ގެ ނަމުން ނަންދީފައިވާ ތޫފާނެއްވެސް ވަނީ އަރާފައެވެ.