އިންޑޮނޭޝިޔާގެ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ބާލީގައި މަސްކު ނާޅާ ފަތުރުވެރިންނަށް އެ ރަށުގެ ފުލުހުން މިހާރު ދެނީ ތަފާތު އަދަބެކެވެ. އެއީ 50 ޕުޝްއަޕް ހެދުމެވެ.
ހަށިގަނޑުގެ އަތުގެ އިތުރުން ބަނޑުގެ މަސްތަކުގެ އެހީގައި އުއްޑުން އޮވެ ގައި ނުޖައްސާ ތިރިވުމަށްފަހު އަލުން މައްޗަށް އެރުމުން ގުނާ ޕުޝްއަޕްއަކީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަސްތަރެކެވެ.
މީސްމީޑިޔާގައި މި ވަގުތު ދައުރުވަމުންދާ ވީޑިޔޯ އަދި ފޮޓޯތަކަށް ބަލާއިރު، ގިނަ ޢަދަދެއްގެ ފަތުރުވެރިން ސޯޓު އަދި ޓީޝާޓު ލައިގެން ބާލީގެ ހޫނު މަގުތަކުގައި ވަނީ ޕުޝްއަޕް ހަދާފައެވެ. އަދި މާސްކު ނާޅާ މަގުމަތީގައި އުޅެމުންދާ ފަތުރުވެރިން ޕުޝްއަޕް ހަދަމުންދާއިރު، ފުލުހުން ކައިރީގައި ތިބޭކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ބާލީގައި މާސްކު އެޅުން އިންޑޮނޭޝިޔާގެ ސަރުކާރުން މަޖުބޫރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ ރަށުގައިވެސް ގިނަ ޢަދަދަކަށް ކޯވިޑް-19ގެ ކޭސްތައް ފެނުމުގެ ސަބަބުންނެވެ.
ބާލީގައި ހަރަކާތްތެރިވަމުންދާ ސެކިޔުރިޓީ އޮފިޝަލެއްކަމަށްވާ ގުސްތީ އަގުންގް ކެޓުޓް ސުރްޔަނެގަރާ ބުނި ގޮތުގައި މީގެ ކުރިން މާސްކު އެޅުމުގެ ޤަވައިދަށް ހުރިހާ ފަތުރުވެރިންހެން ބޯލެނބިއެވެ. ނަމަވެސް، ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި، ގިނަ ޢަދަދެއްގެ ފަތުރުވެރިން މާސްކު ނާޅާ މަގުތައްމަތީގައި އުޅޭތަން ވަނީ ފެނިފައެވެ.
މީގެ ކުރިން70 އަށްވުރެ ގިނަ ފަތުރުވެރިން7 ޑޮލަރުން ޖޫރިމަނާ ކުރެވިފައިވާއިރު،30 މީހުން ބުނެފައިވަނީ ލާރި ނެތް ކަމަށެވެ.
މިހާރު އެ ރަށުގެ ކަމާބެހޭ ފަރާތްތަކުން މާސްކު ނާޅާނަމަ ހަދުވަނީ ޕުޝްއަޕްއެވެ. މާސްކު ހިފައިގެން ނާޅާ އުޅޭ ފަރާތްތައް15 ޕުޝްއަޕް ހަދަންޖެހޭއިރު، އެއްވެސް މާސްކެއް ނުލާ އުޅޭ ފަރާތްތަކުން ޖެހެނީ50 ޕުޝްއަޕްހަދާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!