ތައިލެންޑްގެ ޝާހީ ޢާއިލާއަށް ނިޞްބަތްކޮށް ބަދުބަސްތަކެއް ރައްދުކުރި އެ ޤައުމުގެ އަންހެނަކު 43 އަހަރަށް ޖަލަށްލުމަށް ހުކުން ކޮށްފި އެވެ. މި އަންހެން މީހާގެ މައްޗަށް ހުކުން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ޤައުމުގެ ޤާނޫނީ މާހިރުން ބުނާ ގޮތުގައި، މިއީ އެ ޤައުމުގެ ހަޔާތުގައިވެސް، މި ފަދަ ކުށެއްގައި މީހަކަށް މިހާ ބޮޑު އަދަބެއް ދިން ފުރަތަމަ ފަހަރެވެ. އެ ޤައުމުގެ ޤާނޫނު ބުނާ ގޮތުގައި، އެ ޤައުމުގެ ޝާހީ ޢާއިލާއަށް ނިޞްބަތްކޮށް ބަދުބަސް […]
މުޙައްމަދު މާއިލް ހަސަން
އިނގިރޭސިވިލާތުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ އައު ވޭރިއަންޓްއާއި އެކު، އެ ޤައުމުގެ ބޯޑަރުތައް އިތުރަށް ހަރުކަށިކުރުމަށް އެ ޤައުމުން ނިންމައިފިއެވެ. މި އައު ނިންމުމުގެ ދަށުން “ޓްރެވަލް ކޮރިޑޯ” ގައި ކަރަންޓީން ވާން ނުޖެހޭ ޤައުމުތަކުން އަންނަ މީހުންވެސް ދެން ކަރަންޓީން ވާން ޖެހޭނެއެވެ. ކޯވިޑް-19ގެ އައު ވޭރިއަންޓްގެ ސަބަބުން އެ ޤައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންވަނީ ތިންވަނަ ރާޅަކަށް ތައްޔާރުވުމަށް ބޮޑެތި މަސައްކަތް ކުރަމުންނެވެ. ބޯރިސްގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގ...
މުޙައްމަދު މާއިލް ހަސަން
މިިދިޔަ އަހަރުގެ ތެރޭގައި ޒަހަރު ދީގެން މަރާލަން ބަޔަކު މަސައްކަތްކޮށްފައިވާ ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓު ރަޝިޔާއަށް އެރުމާއި އެކު ހައްޔަރުކުރުމަށް ނިންމައިފިއެވެ. އޭނާއަށް ޒަހަރު ދީގެން މަރާލުމަށް މަސައްކަތް ބަޔަކު ކުރުމާއި އެކު، ފަރުވާ ހޯދުމަށް އޭނާ ގޮސްފައިވަނީ ޖަރުމަނުވިލާތަށެވެ. އަދި ޖަރުމަނުވިލާތުން މިއަދު އެނބުރި ރަޝިޔާއަށް ދިޔުމާއި އެކު ރަޝިޔާ ކޯޓުތަކުގެ އަމުރަކާއި އެކު، އޭނާ މިވަނީ ހައްޔަރުކުރުމަށް ނިންމާފައެވެ. އޭނާ ހައްޔަރުކުރުމަށް ނިންމާފައިވަނީ މަކަރާއި ޙީލަތް އަދި އޮޅުވާލުމުގެ ދަ...
މުޙައްމަދު މާއިލް ހަސަން
ތުރުކީ އަށް ނިޞްބަތްވާ މީހެއް ކަމަށްވާ އަދްނާން އޮކްތާރް (ހާރޫން ޔަޙްޔާ)، 1075 އަހަރަށް ޖަލަށް ލުމަށް ތުރުކީގެ ކޯޓުތަކުން ޙުކުމް ކޮށްފިއެވެ. 65 އަހަރުގެ އަދްނާން މިހާ ގިނަ ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ، 1000 އަށް ވުރެ ގިނަ ޖިންސީ ކުށުގެ މައްޗަށް ދަޢުވާ ކުރުމަށްފަހުގައި، އެ ކުށްތައް އޭނާގެ މައްޗަށް ސާބިތުވުމުގެ ސަބަބުންނެވެ. އަދްނާން އޮކްތާރް އަކީ، ތުރުކީގެ ޓީވީ ތަކުން ފެންނަ ދެކެ ފަރިތަ މޫނެކެވެ. އޭނާ އެންމެ ބޮޑަށް […]
މުޙައްމަދު މާއިލް ހަސަން
އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވައި، ހަމަނުޖެހުންތަކަށް ވާގިވެރިވުމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފިއެވެ. މިއީ، އެމެރިކާގެ ތާރީޚްގައިވެސް މަގާމުގައި ހުންނެވި ރައީސަކު ދެވަނަ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ފަހަރެވެ. އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮ...
ހުސައިން ހަބީބް
ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔޭގައި އުފައްދަމުންދާ ވެކްސިންއާއި ބެހޭގޮތުން އިންޓަރނެޓުގައި ޝާއިޢު ކުރަމުންދާ ދޮގު މަޢުލޫމާތު ތަކާއި ދެކޮޅަށް ގޫގުލްއިން 3 މިލިޔަން ޑޮލަރުގެ ފަންޑަކާއި އެކު ތެދުވެއްޖެއެވެ. “ކޯވިޑް-19 ވެކްސިން ކައުންޓަރ މިސްއިންފޮމޭޝަން އޯޕެން ފަންޑް” ގެ ނަމުން ނަން ދީފައިވާ މި ފަންޑަކީ ނޫސްވެރިކަމުގެ ހުނަރުގެ އިތުރުން، މި ބަލިމަޑުކަމާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންއާއި ބެހޭ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ތޯ ބެލުމަށް އަދި އަޅާކިޔޭ މިންގަނޑަކުން ފާސް ކުރުމަށްފަހު...
މުޙައްމަދު މާއިލް ހަސަން
މެލޭޝިޔާގެ ބޮޑު ވަޒީރު މުޙްޔިއްދީން ޔާސީން ހޯމަ ދުވަހު ހާމަކުރެއްވެވި ގޮތުގައި އެ ޤައުމުން އަނެއްކާވެސް 14 ދުވަހުގެ ފުރަބަންދަކަށް ދިޔުމަށް ނިންމައިފިއެވެ. ބޮޑު ވަޒީރު، އަދި ޤައުމުގެ އިސްވެރިން މި ނިންމެވުން ނިންމަވާފައިވަނީ އެ ޤައުމުގައި އަނެއްކާވެސް ކޯވިޑް-19 ގެ ކޭސްތައް ކުއްލެއަކަށް އިތުރުވުމުގެ ސަބަބުންނެވެ. މެލޭޝިޔާއަކީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި ކޯވިޑް-19 މުޅި ދުނިޔެއަށް އެންމެ ފުރަތަމަ ފެތުރެން ފެށުމާއި އެކު، އެންމެ ހަރުކަށި ފިޔަވަޅުތައް އަވަހަށް އެޅި އެއް ޤައުމެވެ. މި ފިޔަވަޅުތަ...
މުޙައްމަދު މާއިލް ހަސަން
ޗައިނާގައި މި އަހަރު ބާއްވާފައިވާ “ވޯރލްޑް މެމޮރީ ޗެމްޕިއަންޝިޕް” ގައި ވާދަކޮށް، މުސްލިމް އަންހެން ކުއްޖެއް މި މުބާރާތް ކާމިޔާބު ކޮށްފިއެވެ. އެމާ އާލާމް ނަމަކަށް ކިޔާ މި ކުއްޖާ އަކީ ޕާކިސްތާނަށް ނިޞްބަތްވާ ކުއްޖެކެވެ. އަދި މި ކުއްޖާއަށް މި މުބާރާތުގެ އެއް ވަނަ ލިބިފައިމިވަނީ، 300 އެތައް ކުއްޖަކާއި ވާދަކުރުމަށް ފަހުގައެވެ. މި މުބާރާތުގައި ވާދަކުރި ކުދިން ނިޞްބަތްވާ ޤައުމުތަކަށް ބަލާއިރު، ޗައިނާ، ކެނެޑާ، މެލޭޝިޔާ، ޔޫކޭ، ސައުތު ކޮރެޔާ، ވިއެޓްނާމް، އިންޑިޔާ، އަލްޖީރިޔާ، […]
މުޙައްމަދު މާއިލް ހަސަން
އިއްޔެެގެ ވަގުތެއްގައި އިންޑޮނޭޝިޔާއަށް ނިޞްބަތްވާ މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާއަށްފަހު، އެ ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުން އިންސާނުންގެ ހަށިތަކާއި، އަދި އެހެނިހެން ބޯޓަށް ނިޞްބަތްވާ ސާމާނުކަމަށް ބެލެވޭ ތަކެތި ފެންނަން ފަށައިފިއެވެ. ސްރީ ވިޖޭޔާއަށް ނިޞްބަތްވާ މި737-500 ގެ މަރުކާގެ މި ބޯޓު ކަނޑަށް ވެއްޓިފައިވަނީ ޖަކާރޓާއިން ނައްޓާލިތާ މަދު އިރުކޮޅެއްގެ ތެރޭގައެވެ. އަދި މިހާތަނަށް މި ބޯޓު ވެއްޓެން ދިމާވި ސަބަބެއް ކަނޑައެޅިފައިނުވާ އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންއަން...
މުޙައްމަދު މާއިލް ހަސަން
އިންސާނުން އުފައްދާފައިވާ އާރޓިފިޝަލް (މަސްނޫޢީ) ހިތަކަށް ހުޅަނގުގެ ޤައުމުތަކުން ހުއްދަ ދިނުމަށް ނިންމައިފިއެވެ. ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ކާރމެޓްގެ 7 އަހަރުގެ ޙަޔާތުގައި ދުވަހަކުވެސް ސްޓޮކްގެ ލެވެލް މައްޗަށް ނުދާހާ މައްޗަށް ވަނީ މި ހުއްދަ ދިނުމާއި އެކު ގޮސްފައެވެ. މި މަސައްކަތަކީ، އެ ކުންފުނިން ކުރަމުން އަންނަތާ 27 އަހަރުވެފައިވާ މަސައްކަތެކެވެ. މިއީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން އޭރޯ ސްޕޭސް ކުންފުންޏަކުން އެކުވެގެން ކޮށްފައިވާ މަސައްކަތެކެވެ. ކާރމެޓްއަށް ވަނީ މިދިޔަ މަހުގެ ތެރ...
މުޙައްމަދު މާއިލް ހަސަން
އާންމުން ގޮވައިގެން ދަތުރުކުރި އިންޑޮނޭޝިޔާގެ މަތިންދާ ބޯޓެއް ފުރިފަހުން، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވަނީ އިންޑޮނޭޝިޔާގެ ސްރިވިޖަޔާ އެއަރގެ ބޮއިން 500-737 މަރުކާގެ ބޯޓެކެވެ. އަދި ޖަކާޓާއިން ނައްޓާލިތާ މާގިނައިރެއް ނުވަނީސް އެ ބޯޓު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑިފައެވެ. ބޯޓާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުނީ، ބޯޓު އެއާޕޯޓުން ފުރިތާ 4 މިނެޓްފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭރު އެ ބޯޓު ދަތުރު […]
ހުސައިން ހަބީބް
ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އަނެއްކާވެސް އިތުރު ކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ. ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު ދިހަ ވަނަ ފަހަރަށް އިތުރު ކުރައްވާފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯވިޑްގެ ބަލި މަޑުކަމާއި ގުޅިގެން، […]
ޝިއުނާ އާދަމް
ޗައިނާއިން ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ސިނޯފާމްގެ ވެކްސިންގެ 1.2 މިލިޔަން ޑޯސޭޖް ގަތުމަށް ޕާކިސްތާނުން ތައްޔާރުވެއްޖެއެވެ. ބުރާސްފަތި ދުވަހު އެ ޤައުމުގެ މިނިސްޓަރެއް މިކަން އިޢުލާންކޮށްފައިވާކަމަށް އެ ޤައުމުގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ އިތުރުން އަވައްޓެރި އިންޑިޔާއިންވެސް ވަނީ މިކަން އިޢުލާންކޮށްފައެވެ. ޕާކިސްތާނަށްވެސް ކޯވިޑް-19ގެ ދެވަނަ ރާޅެއްގެ އަރާފައިވާއިރު، މި ވެކްސިންއަށް އެ ޤައުމުން 150 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި ހަމައެހެންމެ، ޕާކިސްތާނު ވެގެ...
މުޙައްމަދު މާއިލް ހަސަން
އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް އިންޑިއާ އާއި ޕާކިސްތާނަށް ވެސް ފޯރައިފިއެވެ. މިގޮތުން އިނގިރޭސިވިލާތުން އެނބުރި އައި ތިންމީހެއްގެ ގައިން ކޯވިޑް ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވާ ކަމަށް ޕާކިސްތާނުން ބުނެފައި ވެއެވެ. އެތިންމީހުންވެސް ނިސްބަތްވަނީ ކަރާޗީއަށެވެ. ޕާކިސްތާނު ސަރުކާރުން ބުނީ، އިނގިރޭސިވިލާތުން އެނބުރި އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނެގުނު ކަމަށާއި، އޭގެ ތެރެއިން 6 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 3 މީހެއްގެ […]
ހުސައިން ހަބީބް
ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގައި އެކުލެވިގެންވާ ދެ ޕްލެނެޓްކަމަށްވާ ޖުޕިޓަރ އަދި ސެޓާރން، ވޭތުވެދިޔަ 400 އަހަރު ދުވަހުގެ ތެރޭގައި ގާތް ނުވާހާ ގާތަށް 21 ޑިސެންބަރުގައި ޖެހޭނެކަމަށް ފަލަކީ ޢިލްމުވެރިން ހާމަ ކުރަން ފަށައިފިއެވެ. މި މަންޒަރު ހަނދުވަރު ރީތި ރެޔެއްކަމުގައިވާ ނަމަ، އުޑުން ވަރަށް ރީތިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ގިނަ ޢިލްމުވެރިންވަނީ އިއްތިފާގުވެފައެވެ. ކޮންމެ 20 އަހަރަކުން އެއްފަހަރު މި ދެ ޕްލެނެޓް އެކީ ހުރަސްކުރާއިރު، މި އަހަރު ތަފާތުވަނީ ކީއްވެތޯ ސުވާލުކޮށްލުން […]
މުޙައްމަދު މާއިލް ހަސަން