ވޮޝިންޓަން (ޖެނުއަރީ 20) - އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރައްވައިފި އެވެ.
ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއޮތް އެ ރަސްމިއްޔާތުގައި ހެރިސްއަށް ހުވާ ލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޮމަޔާ އެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ.
ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އަންހެން، ފުރަތަމަ ކަޅު ނަސްލުގެ އަދި ފުރަތަމަ ދެކުނު އޭޝިއާ ދަރިކޮޅުގެ ނައިބު ރައީސެވެ. އެކަމަނާއަކީ އަކީ އިންޑިއަން އެމެރިކަން އެކެވެ. މަންމަ އަކީ އިންޑިއާ މީހެކެވެ. އަދި ބައްޕަ ނިސްބަތް ވަނީ އެމެރިކާ / ޖެމެއިކާ އަށެވެ.
އެމެރިކާގައި މިދިޔަ އަހަރުގެ ނޮވެމްބަރު ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ބައިޑަންގެ ނައިބު ރައީސަކަށް ކަމަލާ ވަނީ ހޮވިވަޑައިގެން، މަގާމުގެ ހުވާ ކުރެއްވުމާއިއެކު އެކަމަނާ ވެވަޑައިގެންފައި ވަނީ އެމެރިކާގެ 49 ވަނަ ނައިބު ރައީސްއަށެވެ. އަދި އެމެރިކާގައި ކަޅު ނަސްލުގެ ކަނބަލަކަށް ނައިބު ރައިސްކަން ލިބިވަޑަތް މިއީ ފުރަތަމަ ފަހަރެވެ.
BREAKING: Kamala Harris is sworn in as vice president of the United States. She is the first woman and the first person of Black and South Asian descent to hold the office https://t.co/tcmAzrzqTx pic.twitter.com/ojeQDh6B1l
— CNN (@CNN) January 20, 2021
ހެރިސްއަށްފަހު އެމެރިކާގެ 46 ވަނަ ރައީސްގެގޮތުގައި ޖޯ ބައިޑެން، ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.
ކޯވިޑް ބަލިމަޑު ހާލަތާ ގުޅިގެން އެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރަށް މަދު އަދަދެއްގެ މެހްމާނުންނާ އެކުގައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ބިލް ކްލިންޓަން އާއި ޖޯޖް ޑަބްލިޔު ބުޝްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންފަދަ ޚާއްސަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!