އިޒްރާއީލުގެ އެންބަސީއެއް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގައި ހުޅުވައިފިއެވެ.

އިޒްރާއީލުގެ ފޮރިން މިނިސްޓްރީއިންވެސް ވަނީ މިހާރު އެ ޤައުމުގެ އެންބަސީއެއް ޔޫއޭއީގައި ހުޅުވައިފިކަމަށް އިޢުލާންކޮށްފަ އެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ދެމެހެއްޓިތާ 4 މަސް ފަހުން ދެ ޤައުމުގެ ފަރާތުން ގުޅުން ބަދަހި ކުރުމަށް މި ފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ.

Ad
rt

"މިއަދު އިޒްރާއީލުގެ އެންބަސީއެއް ޔޫއޭއީގައި އެ ވަނީ ހުޅުވިގެން ގޮސްފައި. މި އެންބަސީގެ ވެރިއަކަށް ހުންނާނީ އެއިތެން ނައޭހް"

އެ ޤައުމުގެ ފޮރިން މިނިސްޓްރީއިން ޢާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

އިޒްރާއީލުގެ އެންބަސީ މަސައްކަތް ކުރަމުން އަންނަނީ ވަގުތީ އޮފީހެއްގައި ކަމަށާއި، އެ ޤައުމުގެ އަސްލު އެމްބަސީ ހުންނަ ތަން ލިބުނުހާއި އަވަހަކަށް އޮފީސް ބަދަލުވާނެ ކަމަށްވެސް އެ ޤައުމުގެ ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އަދި މި އެންބަސީގެ މައިގަނޑު މަސައްކަތުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ޢިމާރާތީ ސަރުކާރާއި ގުޅުން ބަދަހި ކުރުމާއި، މާލީ ގޮފިތަކާއި މަޝްވަރާތައް ކުރިއަށް ގެންދިޔުމާއި، އަމިއްލަ، ޔުނިވާރސިޓީ ފަދަ ތަންތަނާއިވެސް ގުޅުން ބަދަހި ކުރުމެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން އެމެރިކާ މެދުވެރިއަކަށް ވެގެން، ޔޫއޭއީގެ އިތުރުން، ބަޙްރައިންއިންވެސް ވަނީ އިޒްރާއީލްއާއި އެކު ސިޔާސީ ގުޅުން ބަދަހި ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިންމައި، އެ ގުޅުން ދަމަހައްޓާފައެވެ.

މި ގުޅުން ފަލަޞްޠީނުގެ މުސްލިމުން ސިފަކޮށްފައިވަނީ މުސްލިމުންނަށް ޚިޔާނާތްތެރިވުމުގެ ޢަމަލެއްގެ ގޮތުގައެވެ. މި ގުޅުން އިޒްރާއީލާއި އެކު ގިނަ ޢަރަބި ޤައުމުތަކަކުން ޤާއިމު ކުރުމަށް ފަހުގައިވެސް، އިޒްރާއީލުގެ ލާއިންސާނީ ޢަމަލުތައް ފަލަޞްޠީނާއި ދެމެދުވަނީ ތަކުރާރުކޮށްފައެވެ.