ޖަރުމަނުވިލާތުގެ ސެކްސޮނީ-އަންހާލްޓް ސްޓޭޓްގެ އިންތިޚާބު ހައްދުފަހަނައެޅި ކަނާތުފިޔައިގެ ‘އަލްޓަނޭޓިވް ފޯ ޖާމަނީ’ (އޭއެފްޑީ) ޕާޓީން ކާމިޔާބުކޮށްފިއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަރުމަނުގެ ސްޓޭޓް ފެންވަރުގެ ސަރުކާރެއްގެ ބާރުތައް ހޯދުމަށް، މިފަދަ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ޕާޓީއަކުން އިންތިޚާބެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އޭއެފްޑީ ޕާޓީން ވަނީ ވޯޓުގެ 44.5 އިންސައްތަ ހޯދައި، އެ ޕާޓީގެ ތާރީޚުގައިވެސް ނެރުނު އެންމެ މަތީ ނަތީޖާ ހާސިލުކޮށްފައެވެ. މ...
ނާޒިމާ އަލީ
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި، އިމާރާތެއްގެ ކުނިބުނިތަކުގެ އަޑީގައި ތާށިވެފައި އިން 64 އަހަރުގެ އަންހެނަކު، ހާދިސާ ހިނގިތާ 10 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ. ނުވާކޯޓް ޑިސްޓްރިކްޓްގެ ބެޓްރާވަޓީ ސަރަހައްދުން ސަލާމަތްކޮށްފައިވަނީ ޗަންދުރިކާ (ޗަންދިކާ) ކުމާރީ ޝްރެސްތާ އެވެ. އޭނާ ސަލާމަތްކުރިއިރު، އާއިލާއިން އޭނާ މަރުވެއްޖެ ކަމަށް ނިންމައި، ހިންދޫ ދީނުގެ އާދަކާދައިގެ މަތިން ޖަނާޒާގެ ކަންކަން ދިޔައީ ކުރިއަށް ގެންދަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓޭކޯޝ...
ނާޒިމާ އަލީ
އެމެރިކާއިން ދޭ ހަމަލާތަކަށް އެއްވަރަކަށް ރައްދުދިނުމުގެ ދައުރު މިހާރު ނިމިފައިވާ ކަމަށާއި، އީރާނުގެ މަސްލަހަތުތަކަށް ދެން ދޭ ކޮންމެ ހަމަލާއަކަށް މާ އަވަސް، މާ ވަރުގަދަ އަދި މާ ވޭންދެނިވި ރައްދެއް ދޭނެ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގައި (އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީ) ވާހަކަދައްކަވަމުން ގާލިބާފް ވިދާޅުވީ، އިސްތިއުމާރީ ބާރުތަކުގެ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކަކީ ފެށުމެއް ކަމަށާއި، ”ކުޅިވަރުގެ ގަވާއިދުތައް...
ނާޒިމާ އަލީ
ގައްޒާ ސިޓީގެ ޒައިތޫން އަވަށުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ސިއްކަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 100 ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑާއި ބައިތައް ފަސްދާނުލުމަށް ބޭއްވި ބޮޑު ޖަނާޒާގެ ހިނގާލުމުގައި ފަލަސްތީނުގެ އެތައް ބަޔަކު ބައިވެރިވެއްޖެއެވެ. އާދީއްތަ ދުވަހު ބޭއްވި މި ޖަނާޒާގައި މަރުވި މީހުންގެ އާއިލާތަކުގެ އިތުރުން މުޖުތަމަޢުގެ އިސްފަރާތްތަކާއި ސިޔާސީ ޝަޚްސިއްޔަތުތައް ބައިވެރިވިއެވެ. ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި ފަލަސްތީނުގެ ދިދަ އޮޅާފައިވާ ހަށިގަނޑުތައް ބެހެއްޓުމަ...
ނާޒިމާ އަލީ
އިންޑިއާގެ ކާށީގެ ދަނޑުވެރިކަމާއި އޭގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ބޮޑުތަނުން އިތުރުވެ، އެ ގައުމުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށް އެ ގައުމުގެ ކޮކޮނަޓް ޑިވެލޮޕްމަންޓް ބޯޑުން ބުނެފިއެވެ. 2025-2026 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، އެ ގައުމުގެ ކާށީގެ އެކްސްޕޯޓް 62 އިންސައްތަ އިތުރުވެ، އެކްސްޕޯޓުން ލިބުނު އާމްދަނީ 7،038 ކްރޯޑް އިންޑިއަން ރުޕީސްއަށް ވުރެ މައްޗަށް ޖެހިލާފައިކަމަށް ދައްކައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ކާށި އުފައްދާ އެންމެ ބޮޑު...
އިބްރާހިމް އަސްވާޤް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ހުއްދައެއް ނެތި ސިއްރު މައުލޫމާތުތަކެއް လީކުކޮށްލި މައްސަލައިގެ ތަހުގީގަށް، އެމެރިކާގެ ޕެންޓަގަންއިން އެ ގައުމުގެ އަސްކަރިއްޔާގެ އިސް 50 އަށްވުރެ ގިނަ އޮފިޝަލުންނާއި ސިވިލިއަން މުވައްޒަފުން “ޕޮލިގްރާފް” ނުވަތަ ތެދުބުނޭތޯ ބަލާ މެޝިނަށް އަރުވައިފިއެވެ. މި އިގްޒާމިނޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ޖޮއިންޓް ސްޓާފްގެ ތެރޭގައެވެ. މި ތަހުގީގު އަމާޒުކޮށްފައިވަނީ ނޫސްމީޑިއާތަކުގައި ޝާއިޢުކުރި ނާޒުކު ރިޕޯޓްތަކަކަށެވެ. އެ ރިޕޯޓްތަކުގައި އެމެރި...
ނާޒިމާ އަލީ
އޯގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ސޯޝަލް މީޑިއާ މަންސަތަކުގައި ނާސާއިން ދުނިޔޭގެ ހަގީގީ ބައްޓަން ދައްކައިދީފި ކަމަށް ބުނެ، ދުނިޔެއަކީ ވައް އެއްޗެއް ނޫންކަމަށާއި އަލުވިއެއްގެ ސިފަޔަށް އޮންނަ ތަނެއް ކަމަށް ދައްކުވައިދޭ ޕޯސްޓްތައް ދަނީ ފަތުރަމުންނެވެ. މިގޮތުން އެއް ވީޑިއޯއަށް އެކަނިވެސް ހަތަރު މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެ މަންޒަރުތަކުން ދުނިޔޭގެ ބައެއް ބައިތައް ވަރަށް ބޮޑަށް އަޑިގުޑަންކޮށް ދައްކުވައިދީފައިވެއެވެ. މިފަދަ ވާހަކަތަކެއް ފެތުރެން ފެށީ ޖުލައި މަހު ނާސާއިން ހާމަކުރި “ޖި...
އަލީ އާދިލް
ދުނިޔޭގެ ގައުމުތަކާއި ބައްރުތަކުގެ އަސްލު ބޮޑުމިން އެނގޭނޭހެން ޗާޓުތައް ބޭނުންކުރުމަށް ބާރުއަޅައި، މިހާރު އާންމުކޮށް ބޭނުންކުރަމުން އަންނަ “މާކޭޓަރ” ޗާޓުގެ ބަދަލުގައި “އީކުއަލް އާތު” ފަދަ ޗާޓުތަކަށް ބަދަލުވުމަށް އިރުޝާދުދޭ ޤަރާރެއް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ. މި ޤަރާރު ފާސްކޮށްފައިވަނީ 164 ގައުމެއްގެ އަޣުލަބިއްޔަތުންނެވެ. މި ޤަރާރާއި ދެކޮޅަށް ވޯޓުދީފައި ވަނީ އެމެރިކާ އެކަންޏެވެ. ސެޕްޓެމްބަރު 4، 2026 ގައި ނެގި މި ވޯޓަކީ އެފްރިކަން ޔޫނިއަންގެ ނަމުގައި ޓޯގޯއިން އިސްނަގައިގެން ހުށަހެޅި...
ނާޒިމާ އަލީ
އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ދުނިޔޭގެ ނިސްބަތުން އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށްވުރެ އުމުރުން 65 އަހަރާއި އެއަށްވުރެ މަތީގެ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އެމެރިކާގެ ސެންސަސް ބިއުރޯއިން ނެރުނު އާ ރިޕޯޓަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މުޅި ދުނިޔޭގެ އާބާދީގެ އޮނިގަނޑަށް އައިސްފައިވާ ވަރަށް ބޮޑު އަދި ތާރީޚީ ބަދަލެކެވެ. މި ބަދަލު އައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން ވިހާ މިންވަރު ނުވަތަ […]
ނާޒިމާ އަލީ
ޣައްޒާގެ އާބާދީއަށް ނުވަތަ އެ ސަރަހައްދުގެ ބިމަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ ކޮންމެ މަސައްކަތެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބަލައިނުގަންނާނެ ކަމަށް އެ އިއްތިހާދުން ބުނެފިއެވެ. އީޔޫއިން މިކަން ހާމަކޮށްފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ކްރިސްޓިއަން ވިގަންޑް ހުކުރު ދުވަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ތުރުކީގެ ”އަނަދޯލޫ އެޖެންސީން” ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިގަންޑް ވިދާޅުވީ، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރު 2735 އާ އެއްގޮތަށް، ޣައ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ އެކްޓިވިސްޓް ރާވާ އަލްސަޣީރާއި ‘މަސާރު ބަދީލް’ ހަރަކާތާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، ޓެރަރިޒަމްގެ ލިސްޓުގައި ހިމެނުމާ ގުޅިގެން، ބްރެޒިލް އަދި ލެޓިން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުގެ އެއްބާރުލުން އިތުރުވާން ފަށައިފިއެވެ. އެކްޓިވިސްޓުން ބުނަމުންދަނީ އެމެރިކާގެ މި ނިންމުމަކީ ފަލަސްތީނުގެ ހައްގުގައި ކުރެވޭ ސިޔާސީ މަސައްކަތްތަކާއި އެއްބާރުލުން ދިނުމުގެ ހަރަކާތްތައް ކުށްވެރިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެމެރިކާގެ...
ނާޒިމާ އަލީ
ނޭޕާލުގެ ބޮޑުވަޒީރުގެ ޑިޒާސްޓާ ރިލީފް ފަންޑަށް އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި އެހީއަކީ 2026 އޯގަސްޓް 26 ގައި ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާ ގުޅިގެން، އެ ގައުމުގައި މިހާރު ކުރިއަށްދާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށާއި، ގެއްލުންތަކުން އިއާދަވުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖެއިން ފޯރުކޮށްދޭ އ...
އަލީ އާދިލް
އިސްލާމްދީނަކީ ދުނިޔޭގައިވާ އެންމެ މަތިވެރި އަދި ސައިންޓިފިކް ދީން ކަމަށް އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ބަސަވަރާޖް ރާޔަރެއްޑީ ވިދާޅުވެއްޖެއެވެ. ކޮއްޕަލް ޑިސްޓްރިކްޓްގެ ކުކްނޫރުގައި މުސްލިމް މުޖުތަމައުން އިންތިޒާމުކޮށްގެން ބޭއްވި އެއްފަހަރާ ގިނަ ބަޔަކު ކައިވެނިކުރުމުގެ ހަފްލާއެއްގައި ވާހަކަދައްކަވަމުން އިންޑިއާގެ ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނަކީ އިންސާނިއްޔަތުކަމުން ފުރިގެންވާ، އަދި މުޖުތަމައުގައި މީހުން ދިރިއުޅެންވީ ގޮތް އުނގަންނަ...
ނާޒިމާ އަލީ
ދުނިޔޭގެ މަސްރަޙުގައި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވަމުންދާތީ، އެމެރިކާއާއި ކެނެޑާގައި ހުރި ނެދަލޭންޑްސްގެ ބިލިއަން ޑޮލަރުގެ ރަން ސިއްރު އޮޕަރޭޝަނެއްގައި އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކޮށްފިއެވެ. ނެދަލޭންޑްސްގެ މަރުކަޒީ ބޭންކު (ޑީއެންބީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އުތުރު އެމެރިކާގެ ގައުމުތަކުގައި ހުރި 86 ޓަނުގެ ރަން ވަނީ އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑަށް ބަދަލުކޮށްފައެވެ. މި އަހަރުގެ މާޗު މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މ...
އަލީ އާދިލް
ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހޭދަވި 11 ދުވަހުގެ ތެރޭގައި ތެލުގެ އާމްދަނީން ބޭރު ފައިސާގެ ގޮތުގައި 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އީރާނުގެ މަރުކަޒީ ބޭންކުގެ ރިޒާވަށް ޖަމާކޮށްފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އީރާނުގެ ސެމީ-އޮފިޝަލް ފާރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ފައިސާ ވަނީ ސީދާ ބޭރު ފައިސާގެ ރިޒާވަށް އިތުރުކޮށްފައެވެ. މިއީ މަރުކަޒީ ބޭންކަށް ބޭނުންވާ ބޭރު […]
ނާޒިމާ އަލީ