ހައްޖުވެރިން މައްކާއަށް ޖަމާވާން ފަށައިފި
މިއަހަރުގެ ހައްޖުގެ އަޅުކަން ފުރުސަތު ދިން މީހުން މައްކާއަށް ޖަމާވާން ފަށާފައިވާ ކަމަށް ސައުދީ އަރަބިއާއިން ބުނެފިއެވެ. ކޯވިޑް-19އާ ގުޅިގެން ސައުދީން ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ދިނީ އެންމެ 60،000 މީހުންނަަށެވެ. ހައްޖުގެ ކަންތައްތަކާބެހޭ ސައުދީ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މި ހައްޖަށް ދިއުމުގެ ފުރުސަތު ދިނީ އެކަމަށް އެދި ހުށަހެޅި ފަސް ލައްކައަށްވުރެ ގިނަ މީހުންގެތެރެއިން ކަމަަށެވެ. ފުރުސަތު ދިން މީހުންގެ ތެރޭގައި ހިމެނެނީ ސައުދީގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގަައުމުތަކުގ...