އިންޑިއާގައި މާސްޓާކާޑުގެ ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑުތައް އާ ކަސްޓަމަރުންނަށް ދޫކުރުން މަނާ ކުރަން ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނިންމައިފިއެވެ.
އިންޑިއާގެ މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެގައުމުން އާ މާސްޓާކާޑު ދޫކުރުން މަނާ ވާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ނަމަވެސް އެ ގަވާއިދުގެ ސަބަބުން މާސްޓާކާޑު މިހާރު ބޭނުން ކުރާ ފަރާތްތަކުގެ ހިދުމަތަށް ބުރޫ ނާރާނެއެވެ.
ރިޒާވް ބޭންކުން ބުނިގޮތުގައި އާ މާސްޓަކާޑު ދޫކުރުން މަނާ ކުރަން ނިންމީ މާސްޓާކާޑު ކުންފުނިން އެގައުމުގެ ޑޭޓާ ސްޓޯރޭޖް ގާނޫނާ ހިލާފުވުމުންނެވެ.
އެ ގާނޫނާހިލާފުވުމުގެ ސަބަބުން މިދިޔަ އޭޕްރިލް މަހު ރިޒާވް ބޭންކުން ވަނީ އެމެރިކަން އެކްސްޕްރެސް އާއި ޑައިނާސް ކްލަބުންވެސް އާ ކަސްޓަމަރުންނަށް ކާޑު ދޫކުރުންމަނާކޮށްފައެވެ.
މާސްޓަކާޑުން ވަނީ ގާނޫނާ ހިލާފުވިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!