ނިއުޔޯކުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލަނީ
އެމެރިކާގެ ނިއުޔޯކުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލަން ނިންމާފައިވާ ކަމަށް އެ ސްޓޭޓުގެ ގަވަނަރ އެންޑްރޫ ކުއޯމޯ ވިދާޅުވެއްޖެއެވެ. ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވައި ގަވަނަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށެވެ. މުއްދަތު ހަމަވުމުން އަލުން އާ ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތުން ނިއުޔޯކު ނަގާލި ނަމަވެސް އެމެރިކާގެ ސެންޓަ ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން އަޅާފައިވާ ފިޔަވަޅުތަކަށް...