އިނގިރޭސި ވިލާތުގައި ކޯވިޑް-19ގެ އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމަށް، އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަކީ، ނުރައްކާތެރި އަދި އަހުލާގީގޮތުން ދަށް ފެންވަރުގެ ކަމެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ސައެންސްވެރިން ނުރުހުން ފާޅުކޮށްފިއެވެ.
އެ ގައުމުގެ ސައެންސްވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ދާއިރާތަކުގެ 4،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، ލަންސެޓް މެޑިކަލް ޖާނަލްގައިޝާއިއުކުރި ސިޓީއެއްގައި، އިނގިރޭސި ސަރުކާރަށް ގޮވާލާފައި ވަނީ، އެ ނިންމުން އަނބުރާ ގެންދިއުމަށެވެ. އަދި މިއީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ސިޓީގައި ސައިންސްވެރިން އެދިފައިވަނީ މި މަހުގެ 19ގައި ފިޔަވަޅުތައް ނަގާލަން ނިންމި ނިންމުން އެ ގައުގެ ވެކްސިން ޖެހޭ އުމުރުގެ އެންމެނަށް ވެކްސިންޖެހެންދެން ފަސް ކުރުމަށެވެ. އަދި އެ ގައުމު ހުޅުވާލި ނަމަވެސް އަޅަން ޖެހޭ ޒަރޫރީ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ގޮވާލައިފައެވެ.
ޒަރޫރީ ފިޔަވަލުތަކުގެ ތެރޭގައި ސައިންސްވެރިން ފާހަގަ ކޮށްފައިވަނީ ސްކޫލްތަކުގައި ރަނގަޅަށް ވައި ދައުރުވާނެ އިންތިޒާމެއް ހަމަޖެއްސުމާއި، ގައިދުރުކޮށްދަރިވަރުންނަށް ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުން ވެސް، ބަންދު ތަންތަނުގައި އެއްވެ އުޅޭއިރު މާސްކް އެޅުން މަޖުބޫރުކުރުވުމެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މި މަހުގެ ތެރޭގައި ދޫކޮށްލައްވާނެއެވެ. އޭނާ ވިދާޅުވީ ޖުލައި19 ވަނަ ދުވަހަކީ "މިނިވަން ދުވަސް" ކަމަށެވެ. ޖުލައި 19 ވަނަ ދުވަހު، އިނގިރޭސި ވިލާތް މުޅިން ހުޅުވައިލުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ، ކޮވިޑްގެ އެންމެ ފަހުގެތަފާސްހިސާބުތައް ބެލުމަށް ފަހު ޖުލައި 12 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!