މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (02:30 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,700 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 207 ވަނަ ޞަފްޙާ

ކޮވިޑަށް ފަރުވާދެމުން ދަނިކޮށް، ރ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު ނިޔާވެއްޖެ

ކޮވިޑަށް ފަރުވާދެމުން ދަނިކޮށް، ރ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު ނިޔާވެއްޖެ

ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދި، ރ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މައުލޫމާތު އެނގޭ މީހަކު “ތިލަދުން”އަށް ބުނީ އޭނާ ނިޔާވީ ކޯވިޑް ބަލިން ރަނގަޅުވެފައި ވަނިކޮށް ކަމަށެވެ. ނިޔާވެފައިވަނީ ރ. ދުވާފަރުގައި ހުންނަ އެ އަތޮޅު މަދަރުސާގެ ލީޑީން ޓީޗަރުގެ މަގާމުގައި ހުންނެވި ރ. ކަނދޮޅުދޫއަށް އުފަން، 41 އަހަރުގެ އިބްރާހިމް ޝަފީގެވެ. ޝަފީގްގެ ވަކިވުމާއި ގުޅިގެން ރ. […]

އަޙްމަދު އަރުޝަމް
ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ސައުދީއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ސައުދީއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަނދުކޮށްފައިވާ ޤައުމުތަކުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ސައުދީން ދީފައިވާ މިލުޔާއިއެކު ވިޔަފާރިވެރިންނާއި ކޮމިއުނިޓީ ލީޑަރުންވެސް މިކަމަށް އެ ގައުމުން މަރުޙަބާ ކިޔާކަމަށެވެ. ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް...

އަޒްފާ ރަޝީދު
އިންޑިއާއިން ބަޖެޓަށް ފައިސާ ހޯދަން 81 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަނީ

އިންޑިއާއިން ބަޖެޓަށް ފައިސާ ހޯދަން 81 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަނީ

އިންޑިއާ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.  މިގޮތުން އިންޑިއާއިން ފާއިތުވި 4 އަހަރުގެ ތެރޭގައި އެޤައުމުގެ ސަރުކާރަށް ނިސްބަތްވާ 6 ޓްރިލިއަން ރުޕީސް ނުވަތަ 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ބައިނަލް އަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ. އެޤައުމުން މިކަން ނިންމާފައިވަނީ ފާއިތުވި 4 އަހަރުގައި ސަރުކާރަށް ލިބިފައިވާ އެސެޓްތައް ވިއްކައިގ...

އަޒްފާ ރަޝީދު
އޯޒޯން ފަށަލަ ރަނގަޅުވަމުން އަންނަކަށް ސައިންވެރިން ބުނެފި

އޯޒޯން ފަށަލަ ރަނގަޅުވަމުން އަންނަކަށް ސައިންވެރިން ބުނެފި

އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް 1980 ގެ އަހަރުތަކުން ފެށިގެން އެކި މަސައްކަތްތައް ކުރެވެމުން އައިސްފައިވާއިރު، އަލްޓްރާ ވައިލެޓް ރޭސްގެ ސަބަބުން އިންސާނުންނާއި ގަސްގަހާގެއްސަށް ލިބޭ ގެއްލުންތައް ހައްލުކުރަންވަނީ މަސައްކަތްތަކެއްކޮށްފައެވެ. 1970ގެ އަހަރުތަކުގައި ސައިންސްވެރިންނަށް އޯޒޯން ފަށަލައަށް އެންމެ ގެއްލުން ހުރިކަމަށް ދިރާސާކުރެވިފައި ވަނީ ކްލޮރޯފްލޮރޯކާބޮންސް ގޭހުންކަމަށް ހާމަކޮށްފައިވެއެވެ. އަދި 1987 ވަނަ އަހަރު 197 ޤައުމަކުން ވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގައި ސޮއިކޮށް ސީ.އެފް.ސީ ގޭސް މަ...

އަޒްފާ ރަޝީދު
ގްރީސްއިން ވެސް ތުރުކީއާއި އެއްގޮތަށް ފާރެއް ރާނައިފި

ގްރީސްއިން ވެސް ތުރުކީއާއި އެއްގޮތަށް ފާރެއް ރާނައިފި

އަފްޤާނިސްތާނުން ހިޖުރަކުރަމުން އަންނަ ރެފިރުޖީން ވަނަ ނުދިނުމަށް ގްރީސްއިންވެސް ތުރުކީއާއި އެއްގޮތަށް އެޤައުމާއި ތުރުކީ ގުޅޭ ބޯޑަރުގައި އުސްފާރެއް ރާނައިފިއެވެ. ތާލިބާނުން އަފްޤާނިސްތާނު ހިފުމާއި އެކު އެޤައުމުގެ ގިނަ ރައްޔިތުން ދަނީ ޔޫރަޕާއި ތުރުކީ ފަދަ ޤައުމުތަކަށް ހިޖުރަކުރަން ފަށާފައެވެ. ޔޫރަޕަށް ހިޖުރަކުރާ މީހުންގެ ވަގުތީ މަންޒިލަކަށް ތުރުކީއެކޭ އެއްފަދައިން ގްރީސް ވެފައިވާއިރު، 2010 ވަނަ އަހަރުން ފެށިގެން އަފްޤާނިސްތާން، ސީރިޔާ އަދި އިރާގުން ގްރީސްއަށް ހިޖުރަކުރަމުން އަންނަ މީހުންގެ އަދަދު...

އަޒްފާ ރަޝީދު
މެދު އިރުމަތިން ފެން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

މެދު އިރުމަތިން ފެން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

މެދު އިރުމަތީގެ ޤައުމުތަކަށް ނިސްބަތްވާ ފެންކޯރުތައް ހިކި އެހިސާބުތަކުން ފެންހުސްވެދާނެކަމުގެ ބިރު އެބަ އޮތްކަމަށް އަޒްރްބައިޖާންގެ އެންވާރަމެންޓް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއިން ހާމަކޮށްފިއެވެ. އިރާންގެ ޕްރޮވިންސްއެއްކަމަށްވާ އަޒަރްބައިޖާންގެ އެންވަރަމަންޓް ޕްރޮޓެކްޝަންއިން ޑިޕާޓްމަންޓްއިން މިކަން ހާމަކޮށްފައިމިވަނީ އެހިސާބަށް ނިސްބަތްވާ “އުރްމިއާ ލޭކް” ވަރަށް ބޮޑަށް ހިނދި އެކޯރުގެ ދެބައި ކުޅަ އެއްބައިގައި ހުންނަންޖެހޭ ވަރަށްވެސް ފެން ނެތްކަން އެޑިޕާޓްމަންޓްގެ ދިރާސާތަކުން ދައްކައެވެ. އެޑިޕާޓްމަނ...

އަޒްފާ ރަޝީދު
އަފްގާނިސްތާނުގެ ރެފިއުޖީންނަށް ތުރުކީގެ ބޯޑަރުތައް ބަންދުކުރަން ފާރެއް ރާނައިފި

އަފްގާނިސްތާނުގެ ރެފިއުޖީންނަށް ތުރުކީގެ ބޯޑަރުތައް ބަންދުކުރަން ފާރެއް ރާނައިފި

ތާލިބާނުން އަފްގާނިސްތާން ބަލަހައްޓަމުން އަންނަމުންދާތީ އަފްގާނިސްތާނުން ހިޖުރަކުރާ ފަރާތްތައް ތުރުކީ ވިލާތަށް ވަނަނުދިނުމަށް އެ އެޤައުމުގެ އިރާނާއި ވީ ފަރާތުގެ ބޯޑަރުތައް ބަންދުކޮށް ފާރެއް ރާނާއިފިއެވެ. ނަމަވެސް ހަފްތާއެއްހާ ދުވަސްކުރިން އަފްގާނިސްތާނުން ނިކުމެފައިވާ ބައެއް ރެފިއުޖީން އެސަރަޚައްދުގައި އުޅެމުން އަންނަތަން ފެންނަމުންދާކަމަށް އެގައުމުން ވަނީ ހާމަކޮށްފައިވެއެވެ. މިގޮތުން އަފްގާންގެ ރެފިއުޖީންނަށް ހުރަސްއެޅުމަށް ތުރުކީއިން ވަނީ ބޯޑަރުގެ ކައިރީގައި ތިން މީޓަރުގެ އުސްފާރެއް ރާނާފައެވެ...

އަޒްފާ ރަޝީދު
ތާލިބާނުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފި

ތާލިބާނުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފި

އަފްގާނިސްތާންގެ ވެރިކަމުގެ ކޮންޓްރޯލު މިހާރު ހޯދާފައިވާ ތާލިބާނު ޖަމާއތުން އެ ގައުމުގެ ނަން ބަދަލުކޮށްފިއެވެ. އަފްގާނިސްތާންގެ އާ ނަމަކީ، “އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން”ކަން އެ ޖަމާއަތުން މިހާރު ވަނީ ޢިއުލާން ކޮށްފައެވެ. ތާލިބާން ޖަމާއަތުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފައިވާއިރު، އެ ގައުމުގެ ދިދައާއި، ގައުމީ ނިޝާން ވެސް ވަނީ ބަދަލުކޮށްފައި ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަފްގާނިސްތާން އަލުން ތާލިބާން ބާރުގެ ދަށަށް ގެނެސްފައިވާއިރު، ވެރިރަށް ކާބުލްއަށް ތާލިބާ...

ހުސައިން ހަބީބް
ލައިގެން ހުރި ކޯޓާއި ބައެއް އަންނައުނު ނޫން އެއްޗެއް ނުގެންނަން: ގަނީ

ލައިގެން ހުރި ކޯޓާއި ބައެއް އަންނައުނު ނޫން އެއްޗެއް ނުގެންނަން: ގަނީ

ގައުމު ދޫކޮށް ވަޑައިގަތީ ފައިސާ ހިއްޕަވައިގެން ނޫންކަމަށް އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ވިދާޅުވެއްޖެއެވެ. އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ފޭސްބުކް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ގަނީ ވިދާޅުވެފައިވަނީ އޭނާ ޤައުމު ދޫކުރެއްވި އިރު އެއްވެސް ފައިސާއެއް ގެންގޮސްފައިނުވާނެކަމަށެވެ. ގައުމު ދޫކޮށް ވަޑައިގަތްއިރު މިލިއަނުން ފައިސާ ގެންގޮސްފައިވާ ކަމަށް އޭނާގެ މައްޗށް ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރުކުރައްވާ މި ވީޑިއޯގެ ޒަރިއްޔާއިން މިކަމާއި ބެހޭގޮތުން ވާހަކަފުޅުދައްވަމ...

އަޒްފާ ރަޝީދު
ވެކްސިން ފުރިހަމަކުރާ ކުޑަކުދިންނަށް މަސްޖިދުލް ނަބަވީގެ ދޮރުތައް ހުޅުވާލައިފި

ވެކްސިން ފުރިހަމަކުރާ ކުޑަކުދިންނަށް މަސްޖިދުލް ނަބަވީގެ ދޮރުތައް ހުޅުވާލައިފި

މަދީނާގައި ހުންނަ މުސްލިމުންގެ ދެވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ އަދި ކީރިތި ރަސޫލާއަށް ނިސްބަތްވާ މަސްޖިދުލް ނަބަވީއަށް ކޮވިޑް 19 އާއި ގުޅިގެން ކުޑަކުދިން ވަނުމާއި ނަމާދުކުރުން ވަނީ މަނާކޮށްފަ އެވެ. ކޯވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ އުމުރުން 12 އަހަރާއި 18 އަހަރު ކުދިންނަށް މަސްޖިދުލް ނަބަވީގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ކުދިންނަށް އުމްރާވުމުގެ ހުއްދަވެސް ވަނީ […]

އަޒްފާ ރަޝީދު
އިޒްރާއީލްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް، ފަލަސްތީނުން އެހީތެރިވެއްޖެ

އިޒްރާއީލްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް، ފަލަސްތީނުން އެހީތެރިވެއްޖެ

އިޒްރާއީލްގެ ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި، ފަލަސްތީނުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓުރޯލް ކުރެވިފައިވަނީ 3 ދުވަސްވަންދެން އިސްރާއީލް ސިފައިންނާއި ފަޔާފައިޓަރުން ކުރި މަސައްކަތުންނެވެ. ފަލަސްތީނުންވަނީ ފަޔާފައިޓަރުންގެ 4 ޓީމެއް އަލިފާން ނިއްވުމުގައި އެސަރަޚައްދުގައި ހަރަކާތްތެރިވެފަ އެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ އެސަރަހައްދުގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެސަރަހައްދުގެ ފަރުބަދަތަކާއ...

އަޒްފާ ރަޝީދު
އަލިފާން ފަރުބަދައެއް ގޮވައި ޖަޕާންގައި އައު ރަށެއް އުފެދިއްޖެ

އަލިފާން ފަރުބަދައެއް ގޮވައި ޖަޕާންގައި އައު ރަށެއް އުފެދިއްޖެ

ޖަޕާންގެ ކަނޑުގެ ސަރަހައްދުން ކަނޑުއަޑިން އަލިފާން ފަރުބަދައެއް ގޮވައި އައު ރަށެއް އުފެއްދިއްޖެ އެވެ. ޖަޕާނުގެ ވެރިރަށް، ޓޯކިޔޯގެ ދެކުނުގެ ސަރަހައްދެއްގެ 1200 ކިލޯމީޓަރު (745 މޭލް) އަޑިން އަލިފާން ފަރުބަދައެއް ގޮވައި އުފެދިފައިވާ މިރަށަކީ އެޤައުމުގައި އުފެދިފައިވާ 6000 މިފަދަ ރަށްތަކުގެ ގްރޫޕަށް އިތުރުވި ރަށެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. މިއީ ޕެސިފިކް އޯޝަންއަށް ނިސްބަތްވާ ހިސާބުގައި އޮގަސަވާރާ ގްރޫޕްގެ ރަށްތައް ހިމެނޭ ޖަޕާންގެ އެންމެ ދެކުނުގައި އޮންނަ މިނާމީ ލޯޓޯއާއި 50 ކިލޯމީޓަރު ގެ...

އަޒްފާ ރަޝީދު
އަފްގާނިސްތާނުގައި އެމެރިކާގެ ނާކާމިޔާބީ ބައިޑެން އެޅުވީ ޓްރަމްޕް ބޮލުގައި

އަފްގާނިސްތާނުގައި އެމެރިކާގެ ނާކާމިޔާބީ ބައިޑެން އެޅުވީ ޓްރަމްޕް ބޮލުގައި

އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި ތާލިބާނުން އެ ގައުމު ހިފާފައިވާއިރު އެ ގައުމުގައި ތިބި އެމެރިކާ ސިފައިންގެ ނާކާމިޔާބީއަކީ ޓްރަމްޕްގެ ސަބަބުން ލިބުނުނާކާމިޔާބީއެއް ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުނެފިއެވެ. ބައިޑެންގެ ސަރުކާރުން މިގޮތަށް ތުހުމަތު ކުރަނީ ވެރިކަމާ ހަވާލުވިތާ ހަތް މަސް ވެފައިވާއިރު އަފްގާނިސްތާނުގެ މައްސަލާގައި އޭނާގެ ސަރުކާރަށް ތައްޔާރު ނުވެވޭ ކަމަށްއެ ގައުމުގެ ސިޔާސީ އިސް ބޭފުޅުންތައް ވިދާޅުވާން ފެށުމުންނެވެ. އޭނާގެ ސަރުކާރުގެ އޮފިޝަލުން ބުނިގޮތުގަ...

އަޙްމަދު ވަހީދު
ކޯވިޑްގެ އެންމެ ކޭހެއް ފެނިގެން މުޅި ނިއުޒިލޭންޑް ލޮކްޑައުންކޮށްފި

ކޯވިޑްގެ އެންމެ ކޭހެއް ފެނިގެން މުޅި ނިއުޒިލޭންޑް ލޮކްޑައުންކޮށްފި

ކޯވިޑް-19ގެ އެންމެ ކޭހެއް ފެނިގެން މުޅި ނިއުޒިލޭންޑް ލޮކްޑައުންކޮށްފިއެވެ. ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނި، ނިއުޒިލޭންޑް ފުލް ލޮކްޑައުންއަކަށް ގެންދިއުމަށް އެގައުމުގެ ބޮޑު ވަޒީރު ޖަސިންދާ އަރްދާން ނިންމަވާފަވާއިރު، މިއީ ފެބްރުއަރީ މަހަށް ފަހު އެގައުމުން ކޯވިޑް ކޭހެއެއް ފެނުން ފުރަތަމަ ފަހަރެވެ. ނިއުޒިލޭންޑްއިން މިފަހަރު ޕޮޒިޓިވްވެފައިވަނީ 58 އަހަރުގެ މީހެކެވެ. މިމީހާ އެޤައުމުގެ އެކި ހިސާބުތަކަށާއި ބޯޑަރު ހިމެނޭ ސަރަހައްދު ތަކަށް ވެސް ދަތުރުކޮށްފައިވާތީ އޭނާއާއި ގުޅުންހުރި ކަލަސްޓަރސް ފެންނާނެކަމަށް...

އަޒްފާ ރަޝީދު
އަފްޤާނިސްތާންގެ ރައީސް ޤައުމު ދޫކޮށް ފިލީ، 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެން

އަފްޤާނިސްތާންގެ ރައީސް ޤައުމު ދޫކޮށް ފިލީ، 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެން

އަފްޤާނިސްތާންގެ ރައީސް އަޝްރަފް ޤަނީ، ޤައުމު ދޫކޮށް ފިލީ 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެންކަމަށް ރިއާ ނިއުސް އޭޖެންސީއާއި ހަވާލާދީ ރޮއިޓަރސްއިން ބުނެފި އެވެ. ކާބުލްގައި ހުންނަ ރަޝިޔާގެ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި އަފްޤާނިސްތާނުގެ ރައީސް އަޝްރަފް ޤަނީ ފުރާވަޑައިގެންފައިވަނީ 4 ކާރާއި އަދި ހެލިކޮޕްޓަރެއް ފުރާ ފައިސާ ހިފައިގެންކަމަށާއި ބާކީ ހުރި ފައިސާ ނުގެންދެވިފައިވަނީ ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމުންކަމަށެވެ. އަފްޤާނިސްތާނުގެ ރައީސް ފުރާވަޑައިގެންފައި މިވަ...

އަޒްފާ ރަޝީދު