މެދު އިރުމަތީގެ ޤައުމުތަކަށް ނިސްބަތްވާ ފެންކޯރުތައް ހިކި އެހިސާބުތަކުން ފެންހުސްވެދާނެކަމުގެ ބިރު އެބަ އޮތްކަމަށް އަޒްރްބައިޖާންގެ އެންވާރަމެންޓް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއިން ހާމަކޮށްފިއެވެ.
އިރާންގެ ޕްރޮވިންސްއެއްކަމަށްވާ އަޒަރްބައިޖާންގެ އެންވަރަމަންޓް ޕްރޮޓެކްޝަންއިން ޑިޕާޓްމަންޓްއިން މިކަން ހާމަކޮށްފައިމިވަނީ އެހިސާބަށް ނިސްބަތްވާ "އުރްމިއާ ލޭކް" ވަރަށް ބޮޑަށް ހިނދި އެކޯރުގެ ދެބައި ކުޅަ އެއްބައިގައި ހުންނަންޖެހޭ ވަރަށްވެސް ފެން ނެތްކަން އެޑިޕާޓްމަންޓްގެ ދިރާސާތަކުން ދައްކައެވެ.
އެޑިޕާޓްމަންޓްއިން ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު، 5400 ސްކުއަރ ކިލޯމީޓަރު ހުންނަ މިކޯރުގައި މިހާރު ފެން ހުރީ ކޯރުގެ 2500 ސްކުއަރ ކިލޯމީޓަރު ގައެވެ.
މޫސުމަށް އަންނަމުންދާ ބަދަލްތަކާއި އަދި މެދު އިރުމަތީގެ ޤައުމުތަކަށް އަވި ގަދަވެ ކޯރުތަކުން ފެންހުސްވެ އިންސާނުންނަށް އެހިސާބުތަކުގައި ދިރިއުޅުމަށް ދަތިވަމުން ގޮސްދާނެކަމުގެ ބިރު އެބަ އޮތްކަމަށްވެސް އެ ޑިޕާޓްމަންޓްއިން އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.
ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާތީ މެދު އިރުމަތީގެ ބައެއް ޤައުމުތަށްކަމަށްވާ އިރާން، އިރާގް އަދި ޖޯޑަންގެ މީހުން މި ކޯރުން ގިނަ އަދަދަކަށް ފެން ނަގަމުންދާކަމަށް ވޯރލްޑް ރިސޯރސަސް އިންސްޓިޓިއުޓް އިން ހާމަކޮށްފައިވާކަމަށް ސީ.އެން.އެންއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
ވާރޭ ނުވެހި ގިނަދުވަސްވެ ކޯރުތަކުން އަމިއްލައަށް ފެން އުފައްދާ މިންވަރު މަދުވެފައިވާ މިދަނޑިވަޅުގައި އެ ޤައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކޯރުގައި ހުރި ފެން ބޭނުން ނުކުރެވޭ ނަމަ ކޯރުއެއްކޮށް ހިނދިދާނެކަމުގެ ބިރު އެބައޮތްކަމަށް ހާމަކޮށްފައިވެއެވެ.
އިރާނުންގެ ރައްޔިތުން މިކޯރުގެ 90 އިންސައްތަ ބޭނުން ކުރަމުން އަންނީ އެމީހުން ކެއިންބުއިމަށް ބޭނުން ކުރާ ފެނުގެ ގޮތުގައެވެ. އިރާނުގައި ފެނާއި މެދު ހަމަނުޖެހުމެއް ހިނގައި ޖުލައި މަހު ކުރި މުޒާހަރާއެއްގައި 3 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައްބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!