އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި ތާލިބާނުން އެ ގައުމު ހިފާފައިވާއިރު އެ ގައުމުގައި ތިބި އެމެރިކާ ސިފައިންގެ ނާކާމިޔާބީއަކީ ޓްރަމްޕްގެ ސަބަބުން ލިބުނުނާކާމިޔާބީއެއް ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުނެފިއެވެ.
ބައިޑެންގެ ސަރުކާރުން މިގޮތަށް ތުހުމަތު ކުރަނީ ވެރިކަމާ ހަވާލުވިތާ ހަތް މަސް ވެފައިވާއިރު އަފްގާނިސްތާނުގެ މައްސަލާގައި އޭނާގެ ސަރުކާރަށް ތައްޔާރު ނުވެވޭ ކަމަށްއެ ގައުމުގެ ސިޔާސީ އިސް ބޭފުޅުންތައް ވިދާޅުވާން ފެށުމުންނެވެ. އޭނާގެ ސަރުކާރުގެ އޮފިޝަލުން ބުނިގޮތުގައި ޓްރަމްޕް ވަޑައިގެންނެވީ އެއްވެސް ޕްލޭނެއް ތައްޔާރުނުކުރައްވާ ކަމަށެވެ.
އެމެރިކާގެ ސެކިއުރިޓީ އާ ބެހޭ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާއިން ބުނެފައިވަނީ މިފަދަ ހާލަތެއްގައި އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ހުސްކުރުމުގެޕްލޭނެއްްވެސް ޓްރަމްޕުގެ ސަރުކާރުން ހައްދަވާފައި ނުވާ ކަމަށެވެ. އަދި ބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ހުރީ “ހުސް ކަބަޑު”ތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު ބަދަލުވިއިރު މިދިޔަ އަހަރު ވެފައިވާ ޕީސް އެގްރީމަންޓާ ގުޅޭ މައުލޫމާތު ދިނުމުގައި ވެސް ޓްރަންޕުގެ ސަރުކާރުގެ ބޭފުޅުން ލަސްވިކަމަށްބައިޑެންގެ އޮފިޝަލުން ވިދާޅުވިއެވެ. ޓްރަމްޕުގެ ސަރުކާރާއި ތާލިބާނުން ވެފައިވާ މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ މެއި މަހު ހަނގުރާމަ ހުއްޓާލާން ވަނީ މުއްދަތުދީފައެވެ.
ބައިޑެން ވަނީ އެމެރިކާއިން ޓްރެއިން ކޮށްފައިވާ އަފްގާނިސްތާނުގެ ސިފައިން އަމާން ދިނުމުންވެސް ފާޑު ވިދާޅުވެފައެވެ.
ބައިޑެން އާއި ބައިޑެންގެ ސަރުކާރުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޓްރަމްޕް ވިދާޅުވީ އަފްގާނިސްތާނުގެ ނާކާމިޔާބީއަކީ ބައިޑެންގެ ސަރުކާރިގެ ނާކާމިޔާބީގެސަބަބުން ވި ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!