ސްވިޑަންގައި މުސްހަފެއް އަންދާލި މައްސަލާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް
އަޟްޙާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އަންދާލުމުގެ ދަށުދަރަޖައިގެ ޢަމަލު ހިންގި މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި މަރުކަޒުގައި ކަމަށާއި މިބައްދަލުވުމުގައި ރާއްޖެއިން އޯ.އައި.ސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު،...