ޔޫކްރެއިންގެ ޑޭމެއް ހަލާލުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ
ޔޫކްރެއިނާއި ރަޝިއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ބޮޑު ޑޭމަކަށް ހަމަލާދީ ހަލާކުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ނޯވާ ކަޚޮވްކާގެ ޑޭމް ހަލާކުވުމުން 80 އަވަށެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެތަނަށް ހަމަލާދިނީ ރަޝިއާއިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މީގެ ސަބަބުން 40,000 އަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވަނީ ޖެހިފަ އެވެ. އަދި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު އިހޯރް […]