މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ ހެކްކޮށް އަދި ކްރިޕްޓޯ ސްކޭމުން ފައިސާ ހޯދި މީހަކު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ޖޯސެފް ޖޭމްސް އޯކޮނާ ވަނީ 2020 ވަނަ އަހަރު އެލޮން މާސްކާއި ބިލް ގޭޓްސާއި ބަރަކް އޮބާމާ އަދި 100 އަށް ވުރެ ގިނަ ހައި ޕްރޮފައިލް ޔޫޒަރުންގެ އެކައުންޓްތައް ހެކްކޮށްފަ އެވެ. އޭގެ ފަހުން ހިނގި ކްރިޕްޓޯ ސްކޭމްގައި އޭނާއަށް 794،000 ޑޮލަރު ލިބިފައިވެ އެވެ.
ހުކުރު ދުވަހު ފެޑެރަލް ކޯޓަކުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ ސައިބާ ކްރައިމްތަކުގެ ގިނަ ކުށްތަކަށް އިއުތިރާފުވުމުންނެވެ.
ފަސް އަހަރުގެ ހުކުމެއް ކުރިނަމަވެސް ތިން އަހަރަށްފަހު ސުޕަވައިޒްޑް ރިލީޒް ލިބޭނެ އެވެ. ނަމަވެސް ސްކޭމްކޮށްގެން ހޯދި 794،000 ޑޮލަރު ވެސް އޭނާ ދައްކަން ޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!