މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 169 ވަނަ ޞަފްޙާ

ޖިރޯނާގައި މޮޅަށް ކުޅުނު ސަވީނިއޯ ސިޓީއަށް ސޮއިކޮށްފި

ޖިރޯނާގައި މޮޅަށް ކުޅުނު ސަވީނިއޯ ސިޓީއަށް ސޮއިކޮށްފި

މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޖިރޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ވިންގަރ ސަވީނިއޯ، މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ. އުމުރުން 20 އަހަރުގެ ސަވީނީއޯ ސިޓީއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ސިޓީއާއިއެކު އެކުލަވާލި އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސަވީނިއޯގެ ސީނިއާ ކެރިއާ ފަށާފައި ވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއިންނެވެ. އެއަށްފަހު 2022 ވަނަ އަހަރު އޭނާ ބަދަލުވީ […]

އިބްރާހިމް ޚަލީލް
ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ 4 ޓީބީގެ ހާޑް ޑިސްކެއް ތަޢާރަފުކޮށްފި

ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ 4 ޓީބީގެ ހާޑް ޑިސްކެއް ތަޢާރަފުކޮށްފި

ދުނިޔޭގެ އެންމެ މަޝްހޫރު އެސްއެސްޑީ އުފައްދާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށްވާ ޓީމް ގްރޫޕުން ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ އައު މިނި އެކްސްޓަރނަލް އެސްއެސްޑީއެއް ތަޢާރަފުކޮށްފިއެވެ. މި އެސްއެސްޑީގައި 4 ޓެރަބައިޓުގެ ސްޓޯރޭޖް ހިމެނެއެވެ. ޕީޑީ20 މިނި އެކްސްޓަރނަލް އެސްއެސްޑީގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އާ އެސްއެސްޑީއަކީ އެންމެ ރަނގަޅު ޕޯޓަބަލް އެސްއެސްޑީތަކުގެ ވާދަވެރި މާކެޓަށް ޓީމް ގްރޫޕުން ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ. މި އެސްއެސްޑީއަކީ މެކްބުކް ޕްރޯއާއެކު ބޭނުންކުރުމ...

އަޙްމަދު ދާއޫދު
ޓްރަމްޕަށް އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް: ތުރުކީ ރައީސް

ޓްރަމްޕަށް އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް: ތުރުކީ ރައީސް

ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމުގައި ތުރުކީ ރައީސް ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިހެން ވިދާޅުވެފައިވަނީ ޓްރަމްޕާއެކު ފޯނުން ދެއްކެވި ވާހަކަފުޅުތަކެއްގައި ކަމަށް ތުރުކީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރޭޓުން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. އުރުދުޣާނާއި ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވަނީ ހޮނިހިރު ދުވަހު އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގައި ބޭއްވުނު ރެލީއެއްގައި ޓްރަމްޕަށް އަމާޒުކޮށް އަވަހާރަކޮށ...

އަޙްމަދު ދާއޫދު
ޣައްޒާގައި އދ.ސްކޫލަކަށާއި ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ހަމަލާދީފި

ޣައްޒާގައި އދ.ސްކޫލަކަށާއި ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ހަމަލާދީފި

ޣައްޒާ ސިޓީގައި ހުރި އދގެ ސްކޫލަކަށް އިސްރާއީލުގެ ސިފައިން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން ފަލަސްތީނު 2 ރައްޔިތަކު މަރުވެއްޖެއެވެ. މިއީ ފަހުގެ ދުވަސްތަކުގައި އިސްރާއީލުން ހަމަލާދިން 9 ވަނަ އދ ސްކޫލެވެ. މި ހަމަލާގައި މަރުވި މީހުންނަކީ އެތަނުގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރުގެއްލިފައިވާ މީހުންނެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރި ގޮތުގައި، މެދު ޣައްޒާގައި ހުރި ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލު ސިފައިން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން 5 މީހުން މަރުވެފައިވެއެވެ. 24 ގަޑިއިރުގެ...

އަޙްމަދު ދާއޫދު
ސައިބަރ ކްރައިމްގެ ހަމަލާތައް އިތުރުވެއްޖެކަމަށް މައިކްރޮސޮފްޓުން އިންޒާރުދީފި

ސައިބަރ ކްރައިމްގެ ހަމަލާތައް އިތުރުވެއްޖެކަމަށް މައިކްރޮސޮފްޓުން އިންޒާރުދީފި

ނުރައްކާތެރި ސައިބަރ ކްރައިމް ގްރޫޕެއްގެ ހަމަލާތައް އެކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށް އިތުރުވެއްޖެކަމަށް މައިކްރޮސޮފްޓުން ބުނެ އިންޒާރުދީފިއެވެ. މައިކްރޮސޮފްޓްގެ ސެކިއުރިޓީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ނުރައްކާތެރި ސައިބަރ ކްރައިމް ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕް ކަމަށްވާ އޮކްޓޯ ޓެމްޕެސްޓުން އެ ގްރޫޕްގެ ހަމަލާތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފިއެވެ. މިގޮތުން އެ ގްރޫޕުން މިހާރު ރެންސަމްހަބް އަދި ކިލިން ނަމަކަށް ކިޔާ ދެ ބާވަތެއްގެ ރެންސަމްވެއަރ ބޭނުންކުރަން ފަށާފައިވާ ކަމަށް މައ...

އަޙްމަދު ދާއޫދު
ޓްރަމްޕް އަވަހާރަކޮށްލަން ނުރާވާކަމަށް އީރާން ބުނެފި

ޓްރަމްޕް އަވަހާރަކޮށްލަން ނުރާވާކަމަށް އީރާން ބުނެފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވާ ކަމަށް ބުނެ އެމެރިކާގެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރު އީރާނުން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ. އެމެރިކާގެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކުގައި ބުނެފައިވަނީ، އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވާފައިވާ ކަމުގެ ޖާސޫސީ މަޢުލޫމާތު މީހެއްގެ ފަރާތުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ. މި ތުހުމަތަށް ރައްދު ދެމުން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ ބުދަ ދުވަހު ވި...

އަޙްމަދު ދާއޫދު
ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހަނގުރާމައިގެ ކުށްވެރިން ބަދަލު ކޮށްފި

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހަނގުރާމައިގެ ކުށްވެރިން ބަދަލު ކޮށްފި

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ހައްޔަރުކުރެވުނު ކުށްވެރިން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރިކަން މޮސްކޯ އިން ވެސް އަދި ކިއެވް އިން ވެސް ވަނީ ބުދަ ދުވަހު މީޑިއާ އަށް ކަށަވަރު ކޮށްދީފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީގައި ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 50 ފަހަރުގެ މަތިން އެތައް ހާސް ހަނގުރާމައިގެ ކުށްވެރިން ދެ ގައުމުގެ ދެމެދުގައި ވަނީ ބަދަލު ކޮށްފައެވެ. މި ފަހަރުގެ ބަދަލުކުރުމުގައި […]

އަޙްމަދު ދާއޫދު
ސައިންޓިސްޓުން ހަނދުގައިވާ ބިމުއަޑީގެ ހޮހޮޅައެއް ހޯދައިފި

ސައިންޓިސްޓުން ހަނދުގައިވާ ބިމުއަޑީގެ ހޮހޮޅައެއް ހޯދައިފި

ސައިންޓިސްޓުން ހަނދުގެ ބިމުއަޑީގައި ހޮހޮޅައެއް ހުރިކަން ޔަގީންކޮށްފިއެވެ. މި ހޮހޮޅަ ހުރީ ހަނދުގެ “ސީ އޮފް ޓްރަންކުއިލިޓީ” ސަރަހައްދުގައި، އެޕޯލޯ 11 ޖެއްސި ތަނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައެވެ. މި ހޮހޮޅަ ހޯދީ އިޓަލީގެ ސައިންޓިސްޓުންގެ ޓީމަކުން، ނާސާގެ ލޫނަރ ރެކޮނައިސަންސް އޯބިޓަރ އިން ނެގި ރާޑާ މިންތަކުގެ އެހީގައެވެ. މި ހޮހޮޅައަށް ވަދެވެނީ ހަނދުގައިވާ އެންމެ ފުން ވަޅުގަނޑުންނެވެ. މި ވަޅު އުފެދިފައިވަނީ ލާވާ ޓިއުބެއް ފުނޑުފުނޑުވެގެން ކަމަށް ސައިންޓިސްޓުން ގަބޫލުކުރެއެވެ. މި ހޮހޮޅައިގެ […...

އަޙްމަދު ދާއޫދު
ވަޔަރލެސް ޑްރައިވެއް ހޯދަނީތަ؟ ޕޮކެޓް ސައިޒްގެ މި ރައުޓަރ އިން ތިކަންވާނެ!

ވަޔަރލެސް ޑްރައިވެއް ހޯދަނީތަ؟ ޕޮކެޓް ސައިޒްގެ މި ރައުޓަރ އިން ތިކަންވާނެ!

ހޮންކޮންގްގައި މަރުކަޒުކޮށްފައިވާ ނެޓްވޯކް ހާޑްވެއަރ ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވާ ޖީއެލް.އައިނެޓްއިން ވަނީ ޕޮކެޓް ސައިޒްގެ ވައިފައި 6 ގިގަބިޓް ޓްރެވަލް ރައުޓަރެއް ތަޢާރަފުކޮށްފައެވެ. މި ރައުޓަރަކީ ޖީއެލް-އޭއެކްސްޓީ 1800 (ސްލޭޓް އޭއެކްސް) ގެ ނަމުގައި ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ. މި ރައުޓަރުގެ އެންމެ ޚާއްޞަ ސިފައަކީ ވަޔަރލެސްކޮށް ޕޯޓަބަލް ހާޑް ޑްރައިވް، އެކްސްޓަރނަލް އެސްއެސްޑީ، ޔޫއެސްބީ ފްލޭޝް ޑްރައިވް އަދި މައިކްރޯއެސްޑީ ކާޑު ބޭނުންކުރެވޭ ގޮތަށް ހުރުމެވެ. މިއީ ދަތުރުފަތުރުގައި ޑޭޓާ ރ...

އަޙްމަދު ދާއޫދު
ރަނުގެ އަގު ރެކޯޑު އަދަދަކަށް އުފުލިއްޖެ

ރަނުގެ އަގު ރެކޯޑު އަދަދަކަށް އުފުލިއްޖެ

ފެޑެރަލް ރިޒާރވްއިން އިންޓަރެސްޓް ރޭޓް ދަށްކުރާނެ ކަމުގެ އުއްމީދު އިތުރުވުމާ ގުޅިގެން ރަނުގެ އަގު މިހާތަނަށް ދުވަހަކުވެސް ނުއުފުލޭ މިންވަރަކަށް އުފުލިއްޖެޖެއެވެ. މިއަދު ހެނދުނު ސްޕޮޓް ރަނުގެ އަގު ހުރީ އައުންސަކަށް 2،466.02 ޑޮލަރުގައެވެ. އަދި މިއަދުގެ އެންމެ މަތީ އަގެއްގެ ގޮތުގައި އައުންސަކަށް 2،482.29 ޑޮލަރު ރެކޯޑު ކުރެވުނެވެ. މި ރެކޯޑު އަދިވެސް މުގުރާލާނެ ކަމަށް އެނަލިސްޓުން ގަބޫލުކުރެއެވެ. މީގެ އިތުރުން ރަނުގެ އަގަށް ބަދަލު އަންނަ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި އެމެރިކާގެ އިންތިޚާބާއި […]

އިބްރާހިމް އަސްވާޤް
ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އޮމާނާ ދިމާލުން އަޑިއަށް ހިނގައްޖެ

ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އޮމާނާ ދިމާލުން އަޑިއަށް ހިނގައްޖެ

އޮމާނުގެ މައި ވިޔަފާރި ބަނދަރު ދުޤުމާ ދިމާ ބޭރުން، ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އަޑިއަށް ހިނގައްޖެއެވެ. އޮމާނުގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. “ޕްރިސްޓީޖް ފެލްކަން” ނަމަކަށް ކިޔާ މި ޓޭންކަރު ދަތުރުކުރަމުން ދިޔައީ ކޮމޮރޯސް ދިދައިގެ ދަށުންނެވެ. އޮމާނުގެ ރަސްމީ އިދާރާއިން އެކްސްގައި ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބޯޓުގައި ތިބީ އިންޑިއާގެ 13 ފަޅުވެރިންނާއި ސްރީލަންކާގެ 3 ފަޅުވެ...

އަޙްމަދު ދާއޫދު
ކެންޔާގެ ރައީސް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ފަށައިފި

ކެންޔާގެ ރައީސް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ފަށައިފި

ކެންޔާގެ ވެރިރަށް ނައިރޯބީ އާއި އެހެނިހެން ބޮޑެތި ސިޓީތަކުގެ މަގުތަކުގައި އަންގާރަ ދުވަހު ފެށުނު މުޒާހަރާތަކުގައި އެތައްސަތޭކަ މީހުން ބައިވެރިވެ، ރައީސް ވިލިއަމް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައިފިއެވެ. މި މުޒާހަރާތައް ފެށިފައިވަނީ ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކެންޔާގެ ސިޔާސީ މަޝްރަޙު ގޯސްވަމުން އައުމާ ގުޅިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަމަށް ބުނެ ސަރުކާރުން ޓެކްސް އިތުރުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލެވެ. މުޒާހަރާކުރާ ފަރާތްތައް ރޫޅާލުމަށް ނައިރ...

އަޙްމަދު ދާއޫދު
ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ސްވިޒަލެންޑްގެ ކުޅަދާނަ އެޓޭކިން މިޑްފީލްޑަރ ޒެރްޑަން ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށާއި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވެސް ކުޅުނު އުމުރުން 32 އަހަރުގެ ޝަކީރީ އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންސްޓްގްރާމްގައި ކުރި ޕޯސްޓްއް މެދުވެރިކޮށެވެ. ކްލަބް ފުޓްބޯޅައިގައި ވެސް މޮޅަށްކުޅޭ ޝަކީރީ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ގައުމީ ޓީމުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. 2010 ވަނަ […]

އިބްރާހިމް ޚަލީލް
ސްކުއެއަރސްޕޭސްގައި ރަޖިސްޓްރީކޮށްފައިވާ ކްރިޕްޓޯ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފި

ސްކުއެއަރސްޕޭސްގައި ރަޖިސްޓްރީކޮށްފައިވާ ކްރިޕްޓޯ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފި

ސްކުއެއަރސްޕޭސް ވެބް ހޯސްޓިންގ ޕްރޮވައިޑަރގައި ރަޖިސްޓްރީކޮށްފައިވާ ގިނަ އަދަދެއްގެ ކްރިޕްޓޯކަރަންސީ ޕްރޮޖެކްޓްތަކަކަށް ހެކަރުން އަމާޒުކޮށް، ޑީއެންއެސް ހައިޖެކިންގ ހަމަލާއެއް ދީފިއެވެ. މި ހަމަލާގެ މަޤްޞަދަކީ އެ ޕްރޮޖެކްޓްތަކުގެ ބޭނުންކުރާ ފަރާތްތަކުގެ ފައިސާ ވަގަށް ނެގުމެވެ. ޑީއެންއެސް ހައިޖެކިންގ ނުވަތަ ޑީއެންއެސް ރީޑައިރެކްޝަންއަކީ އިންޓަނެޓް ޓްރެފިކް އޮޅުވާލުމަށް ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) އަށް ބަދަލު ގެނައުމަށް ހެކަރުން ކުރާ ސައިބަރ ހަމަލާއެކެވެ. މިކަން ކުރެވެނީ ޝިކާރައަކަށްވާ ފަރާތ...

އަޙްމަދު ދާއޫދު
ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެ

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެ

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދީއްތަ ދުވަހު ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އޭޖެންސީ (އަންރުވާ) ހިންގާ އަބޫ އޮރެއިބާން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އިތުރުން 102 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެބަޔާނުގައި ވާގޮތުން މި ހަމަލާގައި […]

އަޙްމަދު ދާއޫދު