އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރ އިސްތިއުފާދީފި
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި އެމެރިކާގެ ސީކްރެޓް ސަރވިސް “ފެއިލްވި” ކަމަށް އެ އިދާރާގެ ޑިރެކްޓަރ ކިމްބަރލީ ޗީޓްލް އިއުތިރާފުވުމާއެކު އޭނާ އިސްތިއުފާދެއްވައިފިއެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވުނު ހައުސް ހިއަރިންގއެއްގައި، ޗީޓްލް ވަނީ އެ އިދާރާގެ “ނާކާމިޔާބީ” އާ ގުޅޭގޮތުން އިއުތިރާފުވެފައެވެ. އޭނާ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިއީ “ހިތުގައި ބުރަކަމާއެކު” ނިންމި “އުނދަގޫ” ނިންމުމެއް ކަމަށެވެ. މިހާރު ވަގުތީ ޑިރެކްޓަރެއްގެ ގޮތުގައި ޑެޕިއުޓީ ޑިރެކްޓަރ ރޮނަލް...