މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 167 ވަނަ ޞަފްޙާ

ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފި

ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފި

ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފިއެވެ. އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމުން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނީގެ ޔޫޒަރުންގެ ޕޯސްޓްތަކާއި އިންޓަރެކްޝަންތައް ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމަށް ބޭނުން ކުރުމުގެ ފުރުޞަތު ދީފައި ވާނެކަމަށެވެ. ނަމަވެސް، “އެކްސްގެ ހުރިހާ ޔޫޒަރުންނަށްވެސް އެމީހުންގެ ޕަބްލިކް ޕޯސްޓްތައް ގްރޮކް ތަމްރީނު ކުރުމަށް ބޭނުން ކުރަން ހުއްދަ ދިނުމާއި ނުދިނުން މިހާރު އޮންނާނީ ޔޫޒަރުންގެ އަތްމަތީގައި...

އަޙްމަދު ދާއޫދު
ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާ ގައި 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ. ޣައްޒާ ގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 […]

އަޙްމަދު ދާއޫދު
އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

އޮލިމްޕިކްސް އަށް ދިޔަ ސަމޯއާގެ ބޮކްސިން ކޯޗް ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ސަމޯއާގެ ބޮކްސިންގ ކޯޗް ލަޔަނެލް އެލީކާ މަރުވީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހުކުރު ދުވަހުއެވެ. އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެފައިވަނީ އޭނާ އަށް އިމެޖެންސީ ކޮށް ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށެވެ. މި އަހަރުގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓްތައް ފެށުނީ […]

އަޙްމަދު ދާއޫދު
ސެމްސަންގް ގެލެކްސީ ރިންގް: އައު ވިއަރަބަލް ޓެކްނޮލޮޖީގެ ދުވަސްވަރެއް ފެށިދާނެތަ؟

ސެމްސަންގް ގެލެކްސީ ރިންގް: އައު ވިއަރަބަލް ޓެކްނޮލޮޖީގެ ދުވަސްވަރެއް ފެށިދާނެތަ؟

ސެމްސަންގުން އެންމެ ފަހުން ތަޢާރަފުކުރި ގެލެކްސީ ރިންގަކީ ޓެކްނޮލޮޖީ ދާއިރާގައި އައު ޞަފްޙާއެއް ހުޅުވައިފާނެ އުފެއްދުމެއްކަމަށް ޓެކްނޮލޮޖީ މާހިރުން ދެކެއެވެ. ދި ވަރޖް މަޖައްލާއިން ބުނެފައިވަނީ މި ރިންގަކީ އެކި ބާވަތުގެ ވިއަރަބަލް އުފެއްދުންތަކަށް މީހުން ޝައުޤުވެރިވާ މިންވަރު ބެލުމަށް ކުރެވޭ ތަޖުރިބާއެއް ކަމަށެވެ. މަޝްބަލް މަޖައްލާގެ ކިމްބަރލީ ގެޑިއަން ބުނެފައިވަނީ ގެލެކްސީ ރިންގަކީ ސެމްސަންގ ގެލެކްސީ ފޯނު ބޭނުންކުރާ މީހުންނަށް ނުހަނު މުހިންމު އުފެއްދުމެއް ކަމަށެވެ. އޭނާ ވަނީ މި ރިންގ އަކީ 2024 ވ...

އަޙްމަދު ދާއޫދު
ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާގެ އިރުމަތީ ސަރަހައްދަށް އެރި ތޫފާން ގައިމީގެ ސަބަބުން އެ ގައުމުގެ 300،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. މި ތޫފާނަކީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ. ތޫފާން ގައިމީ ފުރަތަމަ އަރާފައިވަނީ ބުރާސްފަތި ދުވަހު ޓައިވާނަށެވެ. އަދި އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ޗައިނާއަށް އެރިއިރު އޭގެ ބާރު ކުޑަވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ތޫފާން އެރުމުގެ […]

އަޙްމަދު ދާއޫދު
ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް

ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް

ނޯތް ކޮރެއާގެ ސަރުކާރުން ޑޮނަލްޑް ޓްރަމްޕްގެ ބަސްތަކަށް ހަރުކަށި ރައްދެއް ދީފިއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ، ނޯތް ކޮރެއާއާ އެކު އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށެވެ. އަދި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާއަށް އެއބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނޯތް ކޮރެއާގެ ސަރުކާރުގެ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ނެރުނު އެޑިޓޯރިއަލްގައި ބުނެފައިވަނީ އެމެރިކާގެ ސަރުކާރު ބަދަލުވިޔަސ...

އަޙްމަދު ދާއޫދު
އޮބާމާގެ ދެމަފިރިކަނބަލުންގެ ތާއީދު ކަމަލާ ހެރިސްއަށް 

އޮބާމާގެ ދެމަފިރިކަނބަލުންގެ ތާއީދު ކަމަލާ ހެރިސްއަށް 

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް ގުޅުއްވާ، އެމެރިކާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ. އޮބާމާ ވިދާޅުވީ، މި ހަފްތާގެ ކުރީކޮޅު ކަމަލާ ހެރިސްއަށް ގުޅުއްވާ، އޭނާ އެމެރިކާގެ ރައީސްކަމަށް ވަރަށް ރަނގަޅު ބޭފުޅަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޭނާއަށް އެ ދެ ބޭފުޅުންގެ ފުރިހަމަ ތާއީދު އޮތްކަން އަންގަވާފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ މި ނާޒުކ...

އަޙްމަދު ދާއޫދު
ޣައްޒާގެ ރައްޔިތުންގެ ހާލަތާ މެދު އަޑުއުފުލާނަން: ހެރިސް

ޣައްޒާގެ ރައްޔިތުންގެ ހާލަތާ މެދު އަޑުއުފުލާނަން: ހެރިސް

ޣައްޒާގެ ރައްޔިތުންގެ ހާލަތާ މެދު އަޑުއުފުލާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ވޮޝިންގްޓަންގައި ނެތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެރިސް ވިދާޅުވީ، އިސްރާއީލަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާ ގޮތް މުހިންމުކަމަށް ވިދާޅުވެ އެކަމަނާ ވިދާޅުވީ ވޭތުވެދިޔަ 9 މަހު ޣައްޒާގައި ހިނގާފައިވާ ކަންކަމަކީ ވަރަށް ހިތާމަވެރި ކަންކަން ކަމަށެވެ. “މަރުވެފައިވާ ކުޑަކުދިންނާ...

އަޙްމަދު ދާއޫދު
ހަތިޔާރު އެޅި ޖަމާޢަތްތަކުން މިޔަންމާގެ އަސްކަރީ މައިމަރުކަޒު ހިފައިފި

ހަތިޔާރު އެޅި ޖަމާޢަތްތަކުން މިޔަންމާގެ އަސްކަރީ މައިމަރުކަޒު ހިފައިފި

މިޔަންމާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކުން، އެ ޤައުމުގެ އަސްކަރިއްޔާގެ ސަރަޙައްދީ މައި މަރުކަޒު ހިފައިފިއެވެ. މި ތަން ހިފާފައިވަނީ މިޔަންމާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އާމީ (އެމްއެންޑީއޭއޭ)ގެ ހަތިޔާރު އެޅި ސިފައިންނެވެ. އެމްއެންޑީއޭއޭގެ ސިފައިން ހިފާފައިވަނީ މިޔަންމާގެ އުތުރުގައި އޮންނަ ޝާ ސްޓޭޓްގެ ލާޝިޔޯގައި ހުންނަ އަސްކަރީ މަރުކަޒެވެ. މި މަރުކަޒަކީ ޗައިނާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ މަރުކަޒެކެވެ. މިއީ މިޔަންމާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރ...

އަޙްމަދު ދާއޫދު
ބިންގ ސާރޗް ނަތީޖާތަކަށް އޭއައި އެހީގައި ޚުލާސާ ހިމެނުމަށް މައިކްރޯސޮފްޓުން ނިންމައިފި

ބިންގ ސާރޗް ނަތީޖާތަކަށް އޭއައި އެހީގައި ޚުލާސާ ހިމެނުމަށް މައިކްރޯސޮފްޓުން ނިންމައިފި

ބިންގ ސާރޗް ނަތީޖާތަކަށް އޭއައި އެހީގައި ޚުލާސާ ހިމެނުމަށް މައިކްރޯސޮފްޓުން ނިންމައިފިއެވެ. މައިކްރޯސޮފްޓުން އިއުލާނުކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސާރޗް އިންޖިން ކަމުގައިވާ ބިންގގެ ނަތީޖާތަކުގައި އޭއައި އެހީގައި ތައްޔާރުކުރެވޭ ޚުލާސާއެއް ހިމެނުމަށް ވަނީ ނިންމާފައެވެ. “ބިންގ ޖެނެރޭޓިވް ސާރޗް” ގެ ނަމުގައި ތަޢާރަފުކުރެވޭ މި އައު ފީޗަރ މެދުވެރިކޮށް، ބޭނުންކުރާ ފަރާތްތަކުގެ ސުވާލުތަކަށް އެންމެ މަތީގައި ފެންނާނީ އޭއައި އިން އުފައްދާފައިވާ ޚުލާސާއެކެވެ. މި އައު ފީޗަރގައި، އޭއައި މޮޑެލްތަކުން ބޭނުނ...

އަޙްމަދު ދާއޫދު
ނަތަންޔާހޫގެ އެމެރިކާ ދަތުރުގައި އިހުތިޖާޖުތަކާ ކުރިމަތިވެއްޖެ

ނަތަންޔާހޫގެ އެމެރިކާ ދަތުރުގައި އިހުތިޖާޖުތަކާ ކުރިމަތިވެއްޖެ

ހައްދުފަހަނާ އަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީއަށް ދިޔުމުން އެތައް އިހުތިޖާޖުތަކަކާ ކުރިމަތިވެއްޖެއެވެ. ނަތަންޔާހޫ ވޮޝިންގްޓަނަށް ދިޔައީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރައްވައި، ނައިބު ރައީސް ކަމަލާ ހެރިސް އަށް އެންޑޯޒްކުރެއްވި ދުވަހުގެ އަނެއް ދުވަހެވެ. ނަތަންޔާހޫ ކޮންގްރެސްގައި ދިން ތަޤްރީރަށް ޑިމޮކްރެޓިކް ޕާޓީގެ އެތައް މެންބ...

އަޙްމަދު ދާއޫދު
ރަޝިއާ އާއެކު މަޝްވަރާތަކަށް ދާން ތައްޔާރު ކަމަށް ޔޫކްރެއިން އިން ބުނެފި

ރަޝިއާ އާއެކު މަޝްވަރާތަކަށް ދާން ތައްޔާރު ކަމަށް ޔޫކްރެއިން އިން ބުނެފި

ރަޝިއާ އިން ބޭނުންވާ ނަމަ ރަޝިއާ އާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދާން ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ މިހެން ވިދާޅުވީ، ބުދަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ވޯންގ ޔީ އާ އެކު ގުއާންޒޯ ގައި ބޭއްވި މަޝްވަރާ ތަކަށް ފަހުގައެވެ. ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ އަކީ 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށި […]

އަޙްމަދު ދާއޫދު
އެޕަލްގެ ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ދަނީ ތައްޔާރުވަމުން: ރިޕޯޓް

އެޕަލްގެ ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ދަނީ ތައްޔާރުވަމުން: ރިޕޯޓް

އެޕަލް އިން ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ރާވަމުންދާ ކަމަށް “ދަ އިންފޮމޭޝަން” އިން ރިޕޯޓު ކޮށްފިއެވެ. މިއީ އެޕަލްގެ އެންމެ މަޤްބޫލު އުފެއްދުމުގެ ޑިޒައިންގައި ގެންނަ އެންމެ ބޮޑު ބަދަލު ކަމަށް ވެދާނެއެވެ. ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލް އިން މި ފޯލްޑަބަލް އައިފޯނު ނެރުމަށް ރާވަމުންދަނީ ސެމްސަންގ އިން 2019 ވަނަ އަހަރު ފެށި ފޯލްޑަބަލް ސްމާޓްފޯނު މާކެޓަށް ވަދެ، އާ ކަސްޓަމަރުން ހޯދުމަށް ކަމަށް ބެލެވެއެވެ. މި މައުލޫމާތު އެނގޭ […]

އަޙްމަދު ދާއޫދު
ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ގޮވާލައިފި

ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ގޮވާލައިފި

ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ހިނގަމުނދާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގޮވާލައިފިއެވެ. މިއީ އޭނާގެ ވާހަކަތަކުގައި އައި ކުއްލި ބަދަލެކެވެ. މިއަދު ކީވްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ބުނެފައިވަނީ “އަހަރުމެން ވީހާވެސް އަވަހަކަށް މި ހަނގުރާމަ ނިންމަން އެބަޖެހޭ” ކަމަށެވެ. މީގެ ކުރިން ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އެންމެހާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހަނގުރާމަ ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބުނެފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝ...

އަޙްމަދު ދާއޫދު
ޔަހޫދީ އެކްޓިވިސްޓުން އެމެރިކާގެ ކެޕިޓޯލްގައި މުޒާހަރާކޮށްފި

ޔަހޫދީ އެކްޓިވިސްޓުން އެމެރިކާގެ ކެޕިޓޯލްގައި މުޒާހަރާކޮށްފި

އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ހުންނަ ކެޕިޓޯލް ހިލްގައި މިއަދު ޔަހޫދީ އެކްޓިވިސްޓުން މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރާ ގުޅިގެންނެވެ. ޖުވިޝް ވޮއިސް ފޯ ޕީސް އިން އިންތިޒާމުކުރި މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން “ލެޓް ގާޒާ ލިވް” އަދި “ސްޓޮޕް ޖެނޮސައިޑް” ފަދަ އިބާރާތްތައް ގޮވަމުން ދިޔައެވެ. އަދި “ޖުވްސް ސޭ ސްޓޮޕް އާމިންގ އިސްރާއީލް” މިހެން ލިޔެފައިވާ ޓީޝާޓުތައް ލައިގެން ތިބިއެވެ. މުޒާހަރާގައި ބައިވެރި...

އަޙްމަދު ދާއޫދު