ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ހިނގަމުނދާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގޮވާލައިފިއެވެ. މިއީ އޭނާގެ ވާހަކަތަކުގައި އައި ކުއްލި ބަދަލެކެވެ.

މިއަދު ކީވްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ބުނެފައިވަނީ "އަހަރުމެން ވީހާވެސް އަވަހަކަށް މި ހަނގުރާމަ ނިންމަން އެބަޖެހޭ" ކަމަށެވެ. މީގެ ކުރިން ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އެންމެހާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހަނގުރާމަ ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބުނެފައެވެ.

Ad
rt

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުމާއެކު ފެށުނު މި ހަނގުރާމަ މިހާރު ވަނީ ތިން އަހަރަށް ވުރެ ދިގުލައިގެން ގޮސްފައެވެ. މި މުއްދަތުގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

ޒެލެންސްކީ ހަނގުރާމަ ނިންމާނެ ގޮތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ބަސްތަކުން ދޭހަވަނީ މަޝްވަރާތަކަށް ހުޅުވާލުމުގެ ފުރުސަތު އޮތް ކަމަށެވެ. މިއީ ހަނގުރާމަ ނިންމުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އިތުރުވަމުންދާ ޕްރެޝަރާއި، ޔޫކްރެއިންގެ ރައްޔިތުން ހަނގުރާމައާމެދު ދެކޭގޮތް ބަދަލުވަމުން އަންނަ ދަނޑިވަޅެއްގައި އައި ބަދަލެކެވެ.

ޒެލެންސްކީގެ މި ބަޔާނާ ގުޅިގެން ޔޫކްރެއިންގެ އެތެރޭގައާއި ބޭރުގައި އެކި ގޮތްގޮތަށް ވާހަކަދައްކަމުން ދެއެވެ. ބައެއް ފަރާތްތަކުން މިއީ ދިގުލައިގެންދާ ހަނގުރާމައަކަށް ހޯދާ ޢަމަލީ ހައްލެއް ކަމަށް ދެކޭއިރު، އަނެއްބައި ފަރާތްތަކުން ބިރުގަންނަނީ މިއީ ރަޝިޔާއަށް ދޫދިނުމަށް ތައްޔާރުވުމުގެ ނިޝާނެއް ކަމަށެވެ.

ޔޫކްރެއިނަށް ބޮޑެތި އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ހުޅަނގުގެ އެކުވެރިން މި ކަމާ ގުޅިގެން އަންނަ ކުރިއެރުންތައް ވަރަށް ގާތުން ބަލަމުން ގެންދެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނެއް ބުނެފައިވަނީ "އަހަރުމެން ޔޫކްރެއިންގެ މިނިވަންކަމާއި ސަރަހައްދީ ސަލާމަތަށް ތާއީދުކުރަމުން ގެންދާނަމެވެ. އަދި ހަނގުރާމަ ނިންމުމާ ގުޅޭ ކޮންމެ ނިންމުމެއް ނިންމަންވާނީ ޔޫކްރެއިނުން" ކަމަށެވެ.