އިންޑިއާއަކީ ބޮޑު ބާރެއް ނަމަވެސް އެ ގައުމަކީ އެމެރިކާގެ ބައިވެރިއެއް ނުވަތަ ބައިވެރިއަކަށް ނުވާނެ ކަމަށް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކާޓް ކޭމްޕްބެލް ވިދާޅުވެއްޖެ އެވެ. ނަމަވެސް ނިއުދިއްލީއާއެކު ރަނގަޅު ގުޅުމެއް ދެމެހެއްޓުމަކީ ސްޓްރެޓެޖިކް ގޮތުން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސެނެޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ އަޑުއެހުމުގައި ކޭމްޕްބެލް ވިދާޅުވީ އިންޑިއާއަކީ "އެމެރިކާއަށް ރަނގަޅުވުމަށް އޮތް އެންމެ މުހިންމު ގުޅުން ކަމަށް ވެދާނެ" ކަމަށާއި އެމެރިކާގައި ދިރިއުޅޭ އިންޑިއާ ޑައިސްޕޯރާއަކީ ވަރުގަދަ ގުޅުމެއް ކަމަށެވެ.
މިނިވަން ދައުލަތަކަށް ވުމަށް އިންޑިއާ އިން ބޭނުންވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ "ހަނދާނުގައި ބަހައްޓަން އެންމެ އުނދަގޫ ކަމަކީ އިންޑިއާއަކީ ވެސް ބޮޑު ބާރެއް ކަމަށެވެ. އޭގެ އަމިއްލަ ޢަޤީދާތަކާއި، އަމިއްލަ މަސްލަހަތުތަކެއް އެބަހުއްޓެވެ.
"އިންޑިއާ އަކީ އެމެރިކާގެ ރަސްމީ އެކުވެރިއެއް ނުވަތަ ބައިވެރިޔަކަށް ނުވާނެ، އެކަމަކު އޭގެ މާނައަކީ ދުނިޔޭގެ މައިދާނުގައި ގުޅިފައިވާ ގައުމުތަކުގެ ހައިސިއްޔަތުން އެންމެ ވަރުގަދަ ގުޅުމެއް ނުބޭއްވޭނެ ކަމެއް ނޫން،" ކޭމްޕްބެލް ވިދާޅުވި އެވެ.
ކޭމްޕްބެލް މިހެން ވިދާޅުވިނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިވް މިލާ ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެމެރިކާގެ ބައިވެރިއެއްގެ އިތުރުން އެމެރިކާއާއި ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭގޮތަށް އުފައްދާފައިވާ އަމަނާ ޖަމާއަތް ކަމަށްވާ ކުއަޑް ޖަމާއަތުގެ މެންބަރެކެވެ. ނަމަވެސް އިންޑިއާއިން ރަޝިއާ އާއެކު ގުޅުން ވަރުގަދަ ކުރާއިރު އެގުޅުމުގެ ސަބަބުން އެމެރިކާއާ އިންޑިއާ އާ ދެމެދު އޮތް ގުޅުންތަކަށް އަސަރުކުރުމަކީ ނުވެ ނުދާނެކަމެއް ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
ރަޝިއާއަކީ ޒަމާނުއްސުރެ އިންޑިއާގެ ދިފާއީ އެންމެ ބޮޑު ބައިވެރިޔާއެވެ. އިންޑިއާ ސިފައިންގެ ހަތިޔާރުގެ ގާތްގަނޑަކަށް 60 އިންސައްތައަކީ އަދިވެސް ރަޝިއާގައި އުފައްދާ ހަތިޔާރެވެ. ޚާއްސަކޮށް އިންޑިއާގެ ވައިގެ ބާރުތަކުގެ ބޭނުންކުރާ ފައިޓާޖެޓްތަކާއި އެއާ ޓްރާންސްޕޯޓް މަތިންދާ ބޯޓުތަކާއި ޓޭންކްތަކާއި ހެލިކޮޕްޓަރުތަކުގެ ބޮޑު ބަޔަކީ ރަޝިއާގެ އުފެއްދުންތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!