މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 162 ވަނަ ޞަފްޙާ

އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ ޙަރަކާތްތައް އައު ވެރިރަށުގައި ބާއްވައިފި

އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ ޙަރަކާތްތައް އައު ވެރިރަށުގައި ބާއްވައިފި

އިންޑޮނޭޝިއާގެ އައު ވެރިރަށް ނުސަންތާރާގައި، އެ ޤައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ފުރަތަމަ ފަހަރަށް ހޮނިހިރު ދުވަހު ބާއްވައިފިއެވެ. ނަމަވެސް މި ރަސްމިއްޔާތަކީ އަދިވެސް އިމާރާތްކުރަމުންދާ މި ސިޓީއަށް ދިމާވެފައިވާ މައްސަލަތަކާއި ލަސްވުންތަކުގެ ސަބަބުން އެހާކުލަގަދަ ރަސްމިއްޔާތެއް ނޫންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރައީސް ޖޯކޯ ވިޑޯޑޯގެ ލެގަސީ މަޝްރޫޢެއް ކަމުގައިވާ ނުސަންތާރާއަށް ވަނީ ކޮވިޑް-19 ބަލިމަޑުކަމާއި، ބޭރުގެ އިންވެސްޓްމަންޓް މަދުވުމާއި، އަދި ފަހުން މަޝްރޫޢުގެ ވެރިން އިސްތިއުފާ ދިނ...

އަޙްމަދު ދާއޫދު
ރަޝިޔާގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

ރަޝިޔާގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދަށް 7.2 ގެ ބާރުމިނުގެ ނުރައްކާތެރި ބިންހެލުމެއްއައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ. ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ (އީއެމްއެސްސީ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދުގެ އިރުމަތީ ސަރަޙައްދުގައި ރިކްޓަރ ސްކޭލްގައި 7.2 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުން އައީ ބިމުގެ އަޑިން 51 ކިލޯމީޓަރު (32 މޭލު) ފުންމިނުގައެވެ. މި ބިންހެލުމާ ގުޅިގެން އެމެރިކާގެ ނެޝަނަލް ސުނާމީ ވޯނިންގ ސެންޓަރުން ވަނީ...

އަޙްމަދު ދާއޫދު
އިޕްސްވިޗް އަތުން ލިވަޕޫލް މޮޅުވިއިރު، ސަލާހަށް ރެކޯޑެއް

އިޕްސްވިޗް އަތުން ލިވަޕޫލް މޮޅުވިއިރު، ސަލާހަށް ރެކޯޑެއް

އައު ސީޒަންގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް ޓައުން އަތުން މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ސަލާހް އެވެ. މި ލަނޑާއިއެކު ސަލާހަށް ވެފައި ވަނީ ލީގުގެ ފުރަތަމަ މެޗުގައި އެންމެ ގިނައިން ލަނޑުޖެހި ކުޅުންތެރިޔާއަށެވެ. ފުރަތަމަ މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ 9 އެވެ. ލަނޑާއި އެސިސްޓް އެއްކޮށް ފުރަތަމަ […]

އިބްރާހިމް ޚަލީލް
ވަޓްސްއެޕުން ވަކިވަކި ޗެޓްތަކަށް ތީމް ބަދަލުކުރެވޭ ފީޗަރެއް ތަޢާރަފުކޮށްފި

ވަޓްސްއެޕުން ވަކިވަކި ޗެޓްތަކަށް ތީމް ބަދަލުކުރެވޭ ފީޗަރެއް ތަޢާރަފުކޮށްފި

މެސެޖިންގ އެޕްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވޭ އައު ފީޗަރެއް ވަޓްސްއެޕުން ތަޢާރަފުކޮށްފިއެވެ. މި ފީޗަރގެ ސަބަބުން ޔޫޒަރުންނަށް ވަކިވަކި ޗެޓްތަކަށް ތަފާތު ތީމްތައް ބޭނުންކުރެވޭނެއެވެ. ވަޓްސްއެޕުން ބުނާ ގޮތުގައި މި އައު ފީޗަރ މިވަގުތު ވަނީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ނެރެފައިވާ 2.24.17.19 ބީޓާ ވަރޝަންގައި ހިމަނާފައެވެ. މި ފީޗަރ މެދުވެރިކޮށް ޔޫޒަރުންނަށް ވަކިވަކި ޗެޓްތަކުގެ މެސެޖުތަކުގެ ކުލައާއި ބެކްގްރައުންޑް ބަދަލުކުރެވޭނެއެވެ. “މ...

އަޙްމަދު ދާއޫދު
މަކުނުވިދުރީގެ ކޭހެއް ޕާކިސްތާނުން ފެނުމާއެކު އިންޒާރެއް

މަކުނުވިދުރީގެ ކޭހެއް ޕާކިސްތާނުން ފެނުމާއެކު އިންޒާރެއް

މަކުނުވިދުރީގެ ކޭހެއް ޕާކިސްތާނުން ފެނުމާއެކު ޔޫރަޕިއަން އޭޖެންސީއިން އިންޒާރު ދީފިއެވެ. ޕާކިސްތާނުގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ މަކުނުވިދުރި ނުވަތަ އެމްޕޮކްސް ވައިރަސްގެ ކޭހެއް އެ ގައުމުން ފެނިފައިވާކަމަށެވެ. މިކޭސް ޕާކިސްތާނުން ފެނިފައި މިވަނީ ސްވީޑަނުން އެފަދަ ކޭސްއެއް ފެނުނުކަން ކަށަވަރުކުރިތާ އެއްދުވަސް ތެރޭގައެވެ. ޕާކިސްތާނުގެ ޕަޚްތުންޚުވާ ސޫބާގެ ޕަބްލިކް ހެލްތް ޑިރެކްޓަރު އިރުޝާދު ރޯޣާނީ ވިދާޅުވެފައިވަނީ، 34 އަހަރުގެ ބަލިމީހާގެ ކިބައިން ފެނުނީ ކޮން ބާވަތެއްގެ އެމްޕޮކްސް...

އަޙްމަދު ދާއޫދު
އިންޑިއާގެ ކަލްކަތާގެ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ކަލްކަތާގެ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ކަލްކަތާގެ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފިއެވެ. ކޮލްކަތާގެ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގައި މަސައްކަތްކުރި ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރެވުނު މީހާއަކީ ސަންޖޮއި ރޯއި ކަމަށް ފުލުހުން ބުނެފައިވެއެވެ. ރޯއި އަކީ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގެ މުވައްޒަފެއް ނޫނެވެ. ނަމަވެސް އޭނާ އަކީ އެތަނަށް އަބަދުވެސް ޒިޔާރަތްކުރާ މީހެކެވެ. އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުއެވެ. އޭނާގެ މައްޗަށް ބަރަތިޔާ ނިޔާޔާ...

އަޙްމަދު ދާއޫދު
ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން

ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން

ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން އިންތިޚާބުވެއްޖެއެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ ވަނީ ތައިލެންޑުގެ އެންމެ ޅަ އުމުރުގެ ބޮޑުވަޒީރަކަށް ވެފައިވާއިރު، އޭނާ މި މަޤާމާ ހަވާލުވެފައިވަނީ އޭނާގެ ބައްޕާފުޅު ކުރީގެ ބޮޑުވަޒީރު ކޯޓު ހުކުމަކުން މަޤާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ޕެއެޓޯންގްޓާން ބޮޑުވަޒީރުކަމަށް އައްޔަން ކުރަން ފާސްކުރެވުނީ ސްރެތާ ތަވިސިން ބޮޑުވަޒީރުކަމުން ވ...

އަޙްމަދު ދާއޫދު
އައިފޯނުގެ އެންއެފްސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ހުޅުވާލަނީ

އައިފޯނުގެ އެންއެފްސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ހުޅުވާލަނީ

އެޕަލްއިން ތަޢާރަފްކުރާ އައިއޯއެސް 18.1 އާއިއެކު އައިފޯނުގެ އެން.އެފް.ސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ހުޅުވިގެންދާނެކަމަށް އެޕަލްއިން ބުނެފިއެވެ. އެޕަލްއިން ދާދިފަހުން އިޢުލާނުކުރި ގޮތުގައި އައިފޯނުގެ އެން.އެފް.ސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ތަޢާރަފުވުމުން، އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޖަޕާން، ނިއުޒިލޭންޑް، ޔޫކޭ އަދި އެމެރިކާގައި މި ފީޗަރ ބޭނުންކުރެވޭނެއެވެ. އަދި އިތުރު ގައުމުތަކަށްވެސް ފަހުން ތަޢާރަފުކުރާނެކަމަށް އެޕަލްއިން ބުނެފައިވެއެވެ. މި ބަދަލާއެކު، އެހެން އެޕްތަކަށްވެސް އައިފޯނުގެ އެނ...

އަޙްމަދު ދާއޫދު
މަކުނު ވިދުރީގެ އާ ވޭރިއެންޓް އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް ފެނިއްޖެ

މަކުނު ވިދުރީގެ އާ ވޭރިއެންޓް އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް ފެނިއްޖެ

އެފްރިކާގައި މިހާރު ފެތުރެމުންދާ މަކުނު ވިދުރީގެ އާ ވޭރިއެންޓް، އެ ބައްރުން ބޭރު ޤައުމަކުން ފުރަތަމަ ފަހަރަށް ފާހަގަކުރެވިއްޖެއެވެ. މި އާ ވޭރިއެންޓް ކަމަށްވާ އެމްޕޮކްސް ކްލޭޑް 1 ވޭރިއެންޓް ފެނިފައިވަނީ ސްވިޑެންއިންނެވެ. ސްވިޑެންގެ ޕަބްލިކް ހެލްތު އޭޖެންސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ޤައުމުގެ މީހަކަށް މި އާ ވޭރިއެންޓް ޖެހިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި ފަރާތަށް ބަލި ޖެހުނީ އެފްރިކާގައި މިހާރު މި ބަލި ފެތުރެމުންދާ ޤައުމަކަށް ދަތުރުކުރުމަށްފަހު ކަމަށް ބެލެވެއެވެ. އިތުރު މަޢުލޫމ...

އަޙްމަދު ދާއޫދު
ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފި

ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފި

ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފިއެވެ. ޔުކްރެއިންގެ އަސްކަރީ ބާރުތަކުން ރަޝިޔާގެ ބިމަށްއަރައި ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދާއިރު، އެ ޤައުމުގެ ހުޅަނގު ސަރަޙައްދުގައިވާ ކުރްސްކްގައި އަސްކަރީ އިދާރީ އޮފީހެއް ޤާއިމުކޮށްފިކަމަށް ޔުކްރެއިންގެ އެންމެ އިސް އަސްކަރީ ވެރިޔާ ވަނީ ކަށަވަރު ކޮށްދީފައެވެ. ބީބީސީން ރިޕޯޓްކޮށްފްފައިވަނީ ގޮތުގައި ޖެނެރަލް އޮލެކްސަންޑަރ ސިރްސްކީ ވިދާޅުވި ގޮތުގައި މި އޮފީހުގެ މަޤްޞަދަކީ އެ ސަރަޙައްދުގައި ޤާނޫނާއި އިންތިޒާމު ދެމެހެއްޓުމާއި ރައ...

އަޙްމަދު ދާއޫދު
ކޮމްޕިއުޓަރުތައް ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފި

ކޮމްޕިއުޓަރުތައް ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފި

ވިންޑޯސް ކޮމްޕިއުޓަރުތައް އާންމު ގޮތުގައި ބޫޓުވުމުގެ ބަދަލުގައި ބިޓްލޮކަރ ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފިއެވެ. މި މައްސަލަ ދިމާވެފައިވަނީ އެންމެ ފަހުން ނެރުނު ސެކިއުރިޓީ އަޕްޑޭޓާ ގުޅިގެންނެވެ. ބިޓްލޮކަރ އަކީ ބައެއް ވިންޑޯސް ވާޝަންތަކުގައި ހިމެނޭ، މުޅި ޑިސްކް އެންކްރިޕްޓް ކުރުމުގެ ފީޗަރެކެވެ. މި ފީޗަރ ފަރުމާކޮށްފައިވަނީ މުޅި ވޮލިއުމް އެންކްރިޕްޓްކޮށްގެން، ހެކަރުން ނުވަތަ ހުއްދަނެތް ފަރާތްތަކުން ޑިވައިސްގައިވާ މަޢުލޫމާތު ބޭނުންކުރުން ހުއްޓުވުމަށެވެ. މައިކްރޯސޮފްޓުން ބ...

އަޙްމަދު ދާއޫދު
އެމްޕޮކްސް ފެތުރޭތީ ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި

އެމްޕޮކްސް ފެތުރޭތީ ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި

އެމްޕޮކްސް ނުވަތަ މަންކީޕޮކްސް ވައިރަސްގެ އައު ބާވަތެއް އެފްރިކާގައި ފެތުރެމުންދާތީ، ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން އިޢުލާންކޮށްފިއެވެ. މިއީ އެ ޖަމްޢިއްޔާއިން ދޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ. ބުދަ ދުވަހު ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ އެފްރިކާގެ 13 ޤައުމެއްގައި އެމްޕޮކްސް ފެނިފައިވާ ކަމަށާއި، އޭގެ އައު ބާވަތް ފެތުރެމުންދާ ކަމަށެވެ. މިއީ މި ބަލި ފެތުރުމާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭގައި ދެވަނަ ފަހަރަށް މި އިންޒާރު […]

އަޙްމަދު ދާއޫދު
އިސްރާއީލުގެ ވައިގެ ހަމަލާތަކެއްގައި ދެކުނު ލުބުނާނުން ދެމީހަކު މަރުވެއްޖެ

އިސްރާއީލުގެ ވައިގެ ހަމަލާތަކެއްގައި ދެކުނު ލުބުނާނުން ދެމީހަކު މަރުވެއްޖެ

ބުދަ ދުވަހުގެ ރޭ ދެކުނު ލުބުނާނުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރްޖައައޫން ރަށަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު ހަތަރު މީހަކަށް ބޮޑެތި އަނިޔާވެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހުގެ ކުރީކޮޅު ރަބް އެލް-ތަލާތީން، ބްލީދާ، ހޫލާ، ނަގޫރާ އަދި އައިތާ އަޝް-ޝައާބް ރަށްތަކުގައި ހިޒްބުﷲއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ...

އަޙްމަދު ދާއޫދު
ގޫގުލް އެސިސްޓަންޓާ އަލްވަދާޢު ކިޔައި ޖެމިނައި ލައިވްއަށް މަރުޙަބާ ކިޔައިފި

ގޫގުލް އެސިސްޓަންޓާ އަލްވަދާޢު ކިޔައި ޖެމިނައި ލައިވްއަށް މަރުޙަބާ ކިޔައިފި

ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމް “ގޫގުލް އެސިސްޓަންޓް” އަލްވަދާއުކިޔައި އޭގެ ބަދަލުގައި “ޖެމިނައި ލައިވް” އަށް މަރުޙަބާ ކިޔައި އެ ފީޗާ ތަޢާރަފުކުރަން ނިންމައިފިއެވެ. މި ބަދަލާއެކު، ކުރިން ގޫގުލް އެސިސްޓަންޓް މެދުވެރިކޮށް ލިބެމުންދިޔަ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޖެމިނައި ލައިވް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެއެވެ. ޕިކްސެލް ފޯނުތަކުގެ އައު ސީރީޒްއާއެކު ތަޢާރަފުކުރި މި އައު ސިސްޓަމްގައި، ކަނާތްފަރާތު ބަޓަނަށް ފިތާލައިގެން އިރުކޮޅަކ...

އަޙްމަދު ދާއޫދު
ޔޫކްރެއިނުން ރަޝިއާގެ ކުރުސްކް ސަރަހައްދަށް އެރީ އީޔޫގެ އެއްބާރުލުމާއެކު: ބޮރެލް

ޔޫކްރެއިނުން ރަޝިއާގެ ކުރުސްކް ސަރަހައްދަށް އެރީ އީޔޫގެ އެއްބާރުލުމާއެކު: ބޮރެލް

ޔޫކްރެއިނުން ރަޝިއާގެ ކުރުސްކް ސަރަހައްދަށް އަރައި ހަމަލާދިނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އެ ޖަމާއަތުގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެއްޖެއެވެ. އީޔޫގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެފައިވަނީ ރަޝިޔާގެ ކުރުސްކް ސަރަހައްދަށް ޔޫކްރެއިނުން ދިން ހަމަލާއަށް އީޔޫގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. މިއީ ޔޫކްރެއިނުން އެ ސަރަހައްދަށް ދިން ހަމަލާއާ ގުޅޭގޮތުން އޭނާ ދެއްވި ފުރަތަމަ ބަޔާނެވެ. ފާއިތުވި އަންގާރަ ދުވަހު ޔޫކް...

އަޙްމަދު ދާއޫދު