މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 161 ވަނަ ޞަފްޙާ

ނޭޕާލުގައި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފި

ނޭޕާލުގައި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފި

ނޭޕާލުން ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފިއެވެ. ނޭޕާލުގެ ސަރުކާރުން ބުރާސްފަތި ދުވަހު ޓިކްޓޮކް ބޭނުންކުރުން ހުއްދަކޮށްފައިވާއިރު، މި ނިންމުން ނިންމީ ކެބިނެޓް ބައްދަލުވުމެއްގައެވެ. އެއީ ޓިކްޓޮކާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް ނޭޕާލުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމަށާއި، އެޕްގެ ކޮންޓެންޓް ރެގިއުލޭޓްކުރުމަށް ޓިކްޓޮކުން އެއްބަސްވުމަށްފަހުއެވެ. ބީޖިންގްގައި ހުންނަ ޓިކްޓޮކްގެ ޕޭރެންޓް ކުންފުނި ބައިޓްޑާންސްއިން ބުނެފައިވަނީ މި ނިންމުމާމެދު އެ ކުންފުނިން އުފާކުރ...

އަޙްމަދު ދާއޫދު
ކްރޯމް ބްރައުޒަރުން ޑޭޓާ އެއްކުރުމާ ގުޅޭ މައްސަލައިގައި ގޫގުލްގެ މައްޗަށް ދަޢުވާކޮށްފި

ކްރޯމް ބްރައުޒަރުން ޑޭޓާ އެއްކުރުމާ ގުޅޭ މައްސަލައިގައި ގޫގުލްގެ މައްޗަށް ދަޢުވާކޮށްފި

ކްރޯމް ބްރައުޒަރު މެދުވެރިކޮށް ޔޫޒަރުންގެ އަމިއްލަ ޒާތީ މަޢުލޫމާތު އެފަރާތްތަކުގެ ހުއްދައަކާ ނުލައި އެއްކުރަމުންދާކަމުގެ ތުހުމަތުތަކާ ގުޅިގެން ގޫގުލުން ކޯޓުގައި ޖަވާބުދާރީވާން ޖެހިއްޖެއެވެ. މިކަން މިހެން ދިމާވީ އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުން އައު ރޫލިންގއެއް ނެރުމާ ގުޅިގެންނެވެ. ގޫގުލްގެ މައްޗަށް ހުށަހެޅުނު މި މައްސަލައިގައި ކުރިން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އަލުން ބަލަން ޖެހޭނެކަމަށް ފެޑެރަލް އެޕީލްސް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ބު...

އަޙްމަދު ދާއޫދު
ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ކަޝްމީރުގެ ޖަމްޢިއްޔަތުލް ޢުލަމާގެ ނާއިބު ރައީސް އަދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ. ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ މައުލާނާ ޣުލާމް ރަސޫލް ހާމީ، ކަޝްމީރުގެ އެސެމްބްލީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިކަން ކަޝްމީރުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކަޝްމީރުގެ މަޝްހޫރު ނޫހެއްކަމުގައިވާ “ދަ ކަޝްމީރިއަތް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 50 އަހަރުގެ މައުލާނާ ޣުލާމް ރަސޫލް ހާމީއަކީ ސްރީނަގަރުގެ ނަމޫ...

އަޙްމަދު ދާއޫދު
ޕުޓިން ކީރިތި ޤުރުއާނަށް ބޮސްދެއްވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް

ޕުޓިން ކީރިތި ޤުރުއާނަށް ބޮސްދެއްވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް

ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން އަށް ހަދިޔާއެއްގެ ގޮތުގައި އެރުވުނު ކީރިތި ޤުރުއާނުގެ ކޮޕީއަކަށް ބުދަ ދުވަހު ބޮސްދެއްވައިފިއެވެ. އަދި އެ ޤުރުއާނަށް ކަމޭހިްތެވުމުގެ ގޮތުން އޭނާވަނީ މޭފުޅުގައި މުސްޙަފް ޖައްސަވާ ހިފަހައްޓަވާލައްވާފައެވެ. މިއީ ރައީސް ޕުޓިން 13 އަހަރު ފަހުން މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ޗެޗްނިޔާ ސަރަޙައްދަށް ކުރެއްވި ޒިޔާރަތެއް ކުރެއްވި ކަމެކެވެ. ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޗެޗްނިޔާގެ އިސްވެރިޔާ ރަމްޒާން ކަދީރޮވް ވަނީ ރައީސް ޕުޓިން އަށް ވަރަށް ހޫނު މަރުޙަ...

އަޙްމަދު ދާއޫދު
ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އީޖާދެއްކޮށްފި

ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އީޖާދެއްކޮށްފި

ހަނގުރާމައިގެ ތެރޭގައި ވެސް ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އިޖާދެއް ކޮށްފިއެވެ. ހަނގުރާމައިގެ ވޭނުގައި އޮތް ޣައްޒާގައި ކޮންމެ ފެން ފޮދެއް ވެސް އެއީ ވަރަށް މުހިންމު އެއްޗެކަށްވާއިރު، ޢުމުރުން 50 އަހަރުގެ ދަނޑުވެރިކަމުގެ އިންޖިނިއަރެއް ކަމަށްވާ އިނާސް އަލްޣުލް ވަނީ އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރެވޭ ގޮތެއް ހޯދައިފައެވެ. ޣައްޒާއަށް ވަންނަ މަދު އެހީގެ ތެރެއިން ލިބޭ ލަކުޑި ބޭނުންކޮށްގެންނާއި ހަނގުރާމައިގެ ސަބަބުން ހުސްވެފައިވާ ގޭގެއިން ލިބޭ ބިއްލޫރ...

އަޙްމަދު ދާއޫދު
އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް ނަމާދަށް ނުދާނަމަ މުސާރައިން ކަނޑަނީ

އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް ނަމާދަށް ނުދާނަމަ މުސާރައިން ކަނޑަނީ

އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް މިސްކިތަށް ނަމާދަށް ނުދާނަމަ އަދަބު ދޭން އެގައުމުގައި ވެރިކަންކުރާ ޠާލިބާނުންގެ ސަރުކާރުން ފާސްކޮށްފިއެވެ. އަފްޣާނިސްތާނުގެ ސަރުކާރުން ނެރެފައިވާ މި އަމުރުގައި ބުނާގޮތުން، ސަރުކާރުގެ މުވައްޒަފުން ދުވާލަކު ފަސް ފަހަރު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުން ލާޒިމުވާނެއެވެ. މި އަމުރަކީ އެ ޤައުމުގެ އެންމެ މަތީ ލީޑަރުގެ އިރުޝާދުގެ ދަށުން ނެރެފައިވާ އަމުރެކެވެ. ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު، އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަމަށް...

އަޙްމަދު ދާއޫދު
ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުން، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. އަންގާރަ ދުވަހުދިން މި ހަމަލާތަކަކީ އިރުމަތީ ލުބުނާނަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ޙިޒްބުﷲ އިން ހާމަކޮށްފައިވެއެވެ. ޙިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ގައި ހުރި އިޒްރޭލު ސިފައިންގެ ދެ މަރުކަޒަކަށެވެ....

އަޙްމަދު ދާއޫދު
ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރިތޯ އެމެރިކާއިން ރަސްމީކޮށް ކަށަވަރުކޮށްފި

ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރިތޯ އެމެރިކާއިން ރަސްމީކޮށް ކަށަވަރުކޮށްފި

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރި ކަމަށް ބުނި ބުނުން އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު އެފްބީއައި އާއި، ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ދެ ޕާޓީގެ ރިޔާސީ ކެމްޕޭންތައް ހެކްކުރަން އުޅުނީ އީރާނުން ކަމަށެވެ. “މި އިންތިޚާބީ ދައުރުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ އެމެރިކާގެ އާންމުންނަށް އަމާޒު...

އަޙްމަދު ދާއޫދު
ލުބްނާންގެ ދެކުނަށް އިސްރާއީލުން ހަމަލާދީފި

ލުބްނާންގެ ދެކުނަށް އިސްރާއީލުން ހަމަލާދީފި

ލުބްނާންގެ ދެކުނުގައި ހުރި ހިޒްބުﷲ ގެ މަރުކަޒުތަކަކަށް އިޒްރޭލުން ހަމަލާދީފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ އިރުމަތީ ބެކާ ވެލީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ވަނީ ބޮން އަޅައިފައެވެ. އަދި އިޒްރޭލެގެ އިތުރު ހަމަލާތަކެއް ދެކުނު ލުބްނާންގެ ހަތަރު އަވަށަކަށް ވެސް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިވަގުތު ސާފުނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ނަމަވެސް، ހޮނިހިރު ދުވަހު އިޒްރޭލު ސ...

އަޙްމަދު ދާއޫދު
އެޕަލްގެ އެއާޕޮޑްސް 4، އަންނަ މަހު ނެރެނީ

އެޕަލްގެ އެއާޕޮޑްސް 4، އަންނަ މަހު ނެރެނީ

އެޕަލްއިން އެންމެ ފަހުގެ އެއާޕޮޑްސް ސީރީޒް ކަމުގައިވާ އެއާޕޮޑްސް 4 އަންނަ މަހު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގްގެ މާކް ގުރުމަން ހާމަކޮށްފިއެވެ. ބްލޫމްބާގްގެ “ޕަވަރ އޮން” ނިއުސްލެޓަރގައި ގުރުމަން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިފަހަރު އެއާޕޮޑްސް 4ގެ ދެ ވައްތަރެއް ނެރޭނެއެވެ. އެއީ ސްޓޭންޑަޑް މޮޑެލްއާއި އެންހޭންސްޑް އެޑިޝަންއެވެ. މި ދެ މޮޑެލް ނެރޭއިރު މިހާރު ވެސް ބާޒާރުގައި އެޕަލްގެ އެއާޕޮޑްސް 2 އަދި 3 ވިއްކަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. އަލަށް ނެރޭ ސީރީސްގެ ސްޓޭންޑަޑް […]

އަޙްމަދު ދާއޫދު
އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި ޑޮކްޓަރުން މަސައްކަތް ހުއްޓާލައިފި

އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި ޑޮކްޓަރުން މަސައްކަތް ހުއްޓާލައިފި

އިންޑިއާގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި އެގައުމުގެ ހުރިހާ ޑޮކްޓަރުން މަސައްކަތް ހުއްޓާލައި ހަޅުތާލެއް ފަށައިފިއެެވެ. އިންޑިއާގެ ޑޮކްޓަރުން ޤައުމީ ފެންވަރުގައި މަސައްކަތް ހުއްޓާލުމުގެ ހަޅުތާލެއް ފަށައިފައިވާއިރު، މިއީ ވެސްޓް ބެންގާލުގެ ވެރިރަށް ކޮލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން ކުރަމުންދާ އިހުތިޖާޖު އިތުރަށް ހަރުކަށިކުރުމުގެ ގޮތުން ކުރި ކަމެއްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަޅުތާލުގައި އެއް މިލިއަނަށްވުރެ ގިނަ ޑޮކްޓަ...

އަޙްމަދު ދާއޫދު
އިޒްރޭލަށް ހަތިޔާރު ވިއްކާތީ އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު އިސްތިއުފާ ދީފި

އިޒްރޭލަށް ހަތިޔާރު ވިއްކާތީ އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު އިސްތިއުފާ ދީފި

އިޒްރޭލަށް ހަތިޔާރު ވިއްކާ މައްސަލައިގައި އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު އިސްތިއުފާ ދެއްވައިފިއެވެ. މާކް ސްމިތް ނަމަކަށް ކިޔާ މި އޮފިޝަލް ވިދާޅުވެފައިވަނީ އިނގިރޭސި ސަރުކާރުން “ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވަމުން ކަމަށެވެ. ހުކުރު ދުވަހު އޭނާގެ އެމްބަސީގެ އެހެން މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ވިދާޅުވެފައިވަނީ، ފޮރިން އޮފީހުގެ “ހުރިހާ ފަންތިއެއްގައި” މިކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަސްމީ ވިސްލްބްލޯވިންގ މެކޭނިޒަމްވެސް ހިމެނެއެވެ. ޑަބްލިންގައ...

އަޙްމަދު ދާއޫދު
ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ޕެޓޮންގޓާން ސިނޮވަޓްރަ ޢައްޔަނު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ތައިލެންޑުގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ އެކަމަނާގެ ލީޑަރޝިޕްގެ ދަށުން ތައިލެންޑަށް އާރޯކަމާއި ފާގަތިކަން ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދެޤައުމު ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތަކާ ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން އި...

ޔުމްނާ ޢަލީ
ތައިލެންޑުގެ ޒުވާން ބޮޑުވަޒީރަށް ރަސްގެފާނު ރުހުން ދެއްވައިފި

ތައިލެންޑުގެ ޒުވާން ބޮޑުވަޒީރަށް ރަސްގެފާނު ރުހުން ދެއްވައިފި

ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، އެ ޤައުމުގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޕެއެޓޯންގްޓާން ޝިނަވާޓްރާ އެންޑޯޒް ކުރަށްވައިފިއެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ ވަނީ ތައިލެންޑުގެ އެންމެ ޅަ އުމުރުގެ ބޮޑުވަޒީރަކަށް ވެފައިވާއިރު، އޭނާ މި މަޤާމާ ހަވާލުވެފައިވަނީ އޭނާގެ ބައްޕާފުޅު ކުރީގެ ބޮޑުވަޒީރު ކޯޓު ހުކުމަކުން މަޤާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ޕެއެޓޯން...

ޔުމްނާ ޢަލީ
ޑުބާއީގައި މުސާރަދިނުމަށް ބިޓްކޮއިން އާއި ކްރިޕްޓޯ ފައިސާ ބޭނުންކުރުމުގެ ހުއްދަދީފި

ޑުބާއީގައި މުސާރަދިނުމަށް ބިޓްކޮއިން އާއި ކްރިޕްޓޯ ފައިސާ ބޭނުންކުރުމުގެ ހުއްދަދީފި

ޑުބާއީގައި މުވައްޒަފުންގެ މުސާރަދިނުމަށް ބިޓްކޮއިން އާއި ކްރިޕްޓޯ ފައިސާ ބޭނުންކުރުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ. ޑުބާއިގެ ފުރަތަމަ މަރުޙަލާގެ ކޯޓުން އޮގަސްޓް 15 ވަނަ ދުވަހު ނެރުނު އައު ޙުކުމަކުންވަނީ، ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީތައް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދިނުމުގައި ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ބުނެ އެހުއްދަ ކަށަވަރު ކޮށްދީފައެވެ. މި މައްސަލައަކީ މުވައްޒަފަކަށް މުސާރަ ނުދީ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި މުވައްޒަފުގ...

އަޙްމަދު ދާއޫދު