އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރިއަށްދިޔަ އިންޓަވިއު ހުއްޓުމަކަށް އައީ ޑީޑޯސް ހަމަލާއެއްގެ ސަބަބުންކަމަށް އެކްސްގެ ވެރިޔާ އެލޮން މަސްކް ބުނެފިއެވެ. އެމެރިކާގެ އިރުމަތީ ގަޑިން ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި އިންޓަވިއު ފެށުމަށްފަހު ކުރިއަށް ނުދެވުމާ ގުޅިގެން، މަސްކް ވަނީ އެކްސްގައި މެސެޖެއް ޕޯސްޓްކޮށްފައެވެ. މި މެސެޖުގައި އޭނާ ބުނެފައި އެކްސްއަށް ބޮޑު ޑީޑޯސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަމަލާ […]
އަޙްމަދު ދާއޫދު
މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައި ހުޅަނގުގެ ބޮޑެތި ބާރުތަކުން ބަޔާނެއް ނެރެއްފިއެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހަމަޖެހުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ގުޅިގެންނެވެ. މި ބަޔާނުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމަ ތާއީދު އޮތްކަން ފާހަގަކޮށްފައިވެއެވެ. މި ބަޔާނުގައި، އެމެރިކާގެ ރައީސ...
އަޙްމަދު ދާއޫދު
ޣައްޒާއަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ހަމަލާ ދެމުންދާތާ 311 ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 16،500 ކުޑަކުދިން ޝަހީދުވެފައި ވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 39،897 މީހުން ވަނީ މިހާތަަނަށް ޝަހީދުވެފައެވެ. މީގެ އިތުރުން ފަލަސްތީނުގެ 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކ...
އަޙްމަދު ދާއޫދު
ރަސްމީ ދަތުރުފުޅެއްގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް މިއަދު ރަޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އޯގަސްޓް 12 އިން 14 އާ މިދަތުުރުފުޅު ކުރައްވަން ހަމަޖެހިފައިވާއިރު، މިއީ 2021 ވަނަ އަހަރުން ފެށިގެން ރައީސް އައްބާސް މޮސްކޯއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރަޝިއާއިން މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ގުޅުން ބަދަހިކުރާއިރު، ފަލަސްޠީނު އޮތޯރިޓީގެ އިތުރުން، ރަޝިޔާއިން ވަނީ އިސްރާއީލާއި ޙަމާސްއާވެސް ގުޅުން ބަދަހިކޮށްފައެވެ. އެމެރިކާއާ ރަޝިއާ ދެމެދ...
އަޙްމަދު ދާއޫދު
ޔުކްރެއިންގެ ހަނގުރާމައަށް އިންޑިއާގެ ރައްޔިތުން ވައްދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރަޝިއާގެ އެމްބަސީން ބުނެފިއެވެ. އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރަޝިއާގެ އެމްބަސީން މިހެން ބުނެފައިވަނީ ބައެއް އިންޑިއާ ރައްޔިތުން ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނޫސްތަކުގައި ޚަބަރު ޝާއިޢުވުމާ ގުޅިގެންނެވެ. އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ބައެއް އިންޑިއާ ރައްޔިތުން ޔުކްރެއިންގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަ...
އަޙްމަދު ދާއޫދު
ކުރީގެ ޓްވިޓަރ ޗެއަރމަން އޮމިޑް ކޯޑެސްޓާނީ އެކްސް އާ ދެކޮޅަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅައިފިއެވެ. 2015 އިން 2020 އަށް ޓްވިޓަރގެ އެގްޒެކެޓިވް ޗެއަރމަންގެ މަޤާމު ފުރުއްވި އޮމިޑް ކޯޑެސްޓާނީ އެކްސް (ކުރީގެ ޓްވިޓަރ) އަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅާފައިވަނީ ކުންފުނިން އޭނާއަށް ދޭންޖެހޭ ހިއްސާތައް ދިނުމަށް އިންކާރުކުރުމާ ގުޅިގެންނެވެ. ކެލިފޯނިއާގެ ސުޕީރިއަރ ކޯޓަށް ހުކުރު ދުވަހު ހުށަހެޅި މި މައްސަލައިގައި ބުނެފައިވާ ގޮތުގައި، ކޯޑެސްޓާނީ ވަނީ ގޫގުލްގައި އަދާކުރަމުންދިޔަ މަތ...
އަޙްމަދު ދާއޫދު
ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އަވަސް އެއްބަސްވުމަކަށް އަންނަންޖެހޭ އެމެރިކާގެ ނައިބު ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ. ހެރިސް ވިދާޅުވެފައިވަނީ ޣައްޒާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ. މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސް ވަނީ އިއްޔެ ރޭ ފަތިހު ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން...
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އިސްރާއީލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބީޓްސެލެމްއިން ގޮވާލައިފިއެވެ. ބީޓްސެލެމްއިން ބުނެފައިވަނީ ހަނގުރާމަ ކުށްވެރިކުރުމާއި މީޑިއާތަކުން ނެރޭ ސްޓޭޓްމަންޓްތަކާއި ރިޕޯޓުތަކުން ނުފުދޭ ކަމަށެވެ. އަދި ޣައްޒާގައި އާންމުން ގިނަ އަދަދަކަށް މަރުވަމުންދާ މަރުތައް ހުއްޓުވައި، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ހުރިހ...
އަޙްމަދު ދާއޫދު
ޔުކްރެއިންގެ ދެކުނު ސަރަހައްދުގައި އޮންނަ ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ހަމަލާދީފީއެވެ. ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ދިން ހަމަލާއާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިއާ ޒަކަރޯވާ ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އޭނާ މި ހަމަލާ ސިފަކޮށްފައިވަނީ “ޔޫރަޕު ބައްރުގައި ނިއުކްލިއަރ ޓެރަރިޒަމް” ގެ ގޮތުގައެވެ. ޓާސް އިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި ޒަޕޮރިޒިއާ ނިއު...
އަޙްމަދު ދާއޫދު
ދުނިޔޭގެ އެންމެ މަޤްބޫލު ފޮޓޯ ހިއްސާކުރާ ޕްލެޓްފޯމް، އިންސްޓަގްރާމުން އިތުރު ބޮޑު ބަދަލެއް ގެނެސްފިއެވެ. މިގޮތުން، މިހާރު އެއް ޕޯސްޓެއްގައި އެއްފަހަރާ 20 ފޮޓޯ ނުވަތަ ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ. އިންސްޓަގްރާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އެއް ކެރޮސެލްއެއްގައި ނުވަތަ ޕޯސްޓެއްގައި 20 ފޮޓޯ ނުވަތަ ވީޑިއޯ އެޑް ކުރެވޭނެ ކަމަށެވެ. މީގެ ކުރިން އެއް ޕޯސްޓެއްގައި އަޕްލޯޑް ކުރެވެނީ 10 ފޮޓޯ ނުވަތަ ވީޑިއޯއެވެ. އިންސްޓަގްރާމްގައި ކެރޮސެލްސް ފީޗާ ނުވަތަ އެއް ޕޯސްޓެއްގައި […]
އަޙްމަދު ދާއޫދު
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުމެ ދިއުމަށް އިސްރާއީލު އޮކިއުޕޭޝަން ސިފައިން އަމުރުކޮށްފިއެވެ. މި ހަނގުރާމައިގައި ގިނަ އާއިލާތަކުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް ހިޖުރަކުރަން މަޖުބޫރުވެފައިވާ ހިނދު، އަނެއްކާވެސް އެފަދަ އަމުރެއް ނެރުމުން އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް މިވަނީ އެމީހުން ދާނެ ދިމާއެއް ނެތި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. މި އަމުރާ ގުޅިގެން ގިނަ ބަޔަކު ދާންވީ ކޮންތާކަށްކަން ނޭނގި އެކިދިމަދިމާއަށް ފުރާނަ...
އަޙްމަދު ދާއޫދު
ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ރޭ ފަތިހު އެސްކޫލްގައި ދިރިއުޅޭ އެތައްސަތޭކަ ބަޔަކު ފަތިސް ނަމާދު ކުރަން ތިއްބައެވެ. “އަލްޖަޒީރާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި ހަމަލާދިން ވަގުތު އިމާރާތުގައި 250 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. […]
އަޙްމަދު ދާއޫދު
މިހާރު އެންމެ ރަނގަޅު ޕާސްވޯޑް މެނޭޖަރުންގެ ތެރޭގައި ހިމެނޭ “ވަންޕާސްވޯޑް” އިން މެކް ބޭނުންކުރާ ފަރާތްތަކަށް އިންޒާރު ދީފިއެވެ. އެ ފަރާތްތަކުގެ ޑޭޓާ ރައްކާތެރިކުރުމަށްޓަކައި އަވަހަށް ޕެޗް އަޕްޑޭޓް ކުރުމަށް އެ ކުންފުނިން ގޮވާލާފައިވެއެވެ. މިގޮތަށް ގޮވާލާފައިވަނީ އެޕްލިކޭޝަނުން ފެނުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގެ ސަބަބުން ހެކަރުންނަށް ޕާސްވޯޑް ވޯލްޓްތަކަށް ވަދެ، އޭގައިވާ މަޢުލޫމާތު ހޯދުމުގެ ފުރުސަތު އެބައޮތެވެ. ވަންޕާސްވޯޑް ގައި ޕާސްވޯޑް ރައްކާކޮށްފައިވާ ފަރާތްތަކަށް އެކި ބޭނުންތަކަށ...
އަޙްމަދު ދާއޫދު
ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކަށް ނިސްބަތްވާ ކާރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯގެ ކޭޝް ފެނިއްޖެއެވެ. މި ހާދިސާގެ ސަބަބުން އެގައުމުގެ ދިފާއީ އިދާރާގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ކަމާބެހޭ ފަރާތްތަކުން މި ބޮޑު އަދަދު ހާމަކުރީ ރޫޓިން ޗެކެއް ނުވަތަ ޓާގެޓެޑް އިންވެސްޓިގޭޝަނެއް ކަމަށް ބެލެވޭ ގޮތަށެވެ. އަނެއްކޮޅުން މިފައިސާ ރައްކާކޮށްފައިހުރި ކާރަކީ އަގުބޮޑު ޓެގާއި ޕާފޯމަންސަށް މަޝްހޫރު ލަގްޒަރީ އެސްޔޫވީ އަކަށްވާއިރު،...
އަޙްމަދު ދާއޫދު
ޣައްޒާ ހަނގުރާމަ ފެށުނުފަހުން “އަންރުވާ”ގެ 205 އެހީތެރިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އެޖެންސީ (އަންރުވާ) އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި 205 އިންސާނީ އެހީތެރިން މަރުވެފައިވެއެވެ. އަންރުވާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން “އާންމު ރައްޔިތުން މަރުވެ، މީހުން ގެދޮރު ދޫކޮށް ފިލައި، އަދި ގޭގެއާއި އާންމު ވަސީލަތްތައް ހަލާ...
އަޙްމަދު ދާއޫދު