ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ސީރިއާގެ ވެރިރަށް ދިމިޝްޤަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އިރާނާއި ސީރިއާގެ ގުޅުން ބަދަހިކުރުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށް ބެލެވެއެވެ. އަރަޣްޗީ ސީރިއާއަށް ވަޑައިގަތުމުގެ ކުރިން ބައިރޫތުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ. އެގޮތުން ސަރަޙައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ...
އަޙްމަދު ދާއޫދު
50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިގެންދިޔަ ޚިޔާލުތަފާތުވުން ތަކަކަށް ނިމުމެއް ގެނެސް، އިނގިރޭސިވިލާތުން ޗަގޯސް ޖަޒީރާތައް މޮރިޝަސްއަށް އަނބުރާ ދިނުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ކަނޑުގައި އޮންނަ 60 އަށްވުރެ ގިނަ ޖަޒީރާ ހިމެނޭ ޗަގޯސް ޖަޒީރާތަކުގެ މައްޗަށް ފުރިހަމަ ބާރު މޮރިޝަސްއަށް ލިބިގެންދާނެއެވެ. ނަމަވެސް މި އެއްބަސްވުމުގައި މުހިންމު ޝަރުތެއް ހިމެނެއެވެ. އެއީ އެމެރިކާގެ ސިފައިންގެ އަސްކަރީ މަރުކަޒު އިތުރު 99 އަހަރަށް ހިންގުމުގެ ހުއްދަ ދިނުމެވެ. ޑިއެގޯ ގާސިއ...
އަޙްމަދު ދާއޫދު
އެމްޕޮކްސް ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ހަދާ ޓެސްޓް ކިޓަކަށް ފުރަތަމަ ފަހަރަށް ޑަބްލިއު.އެޗް.އޯ އިން ހުއްދަދީފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އެމްޕޮކްސް ބަލީގެ ޓެސްޓު ކުރުމަށް ފުރަތަމަ ފަހަރަށް އިން ވިޓްރޯ ޑައިގްނޮސްޓިކް (އައި.ވީ.ޑީ) އެއްގެ ހުއްދަ ދީފައި މިވަނީ އިމަޖެންސީ ޔޫސް ލިސްޓިންގ (އީ.ޔޫ.އެލް) ޕްރޮސީޖަރގެ ދަށުންނެވެ. މިއީ އެމްޕޮކްސް ބަލީގެ ޓެސްޓު ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެބޮޓް މޮލެކިއުލަރ އިންކ. އިން އުފައްދާފައިވާ...
އަޙްމަދު ދާއޫދު
އައިފޯން 16ގެ ބައެއް ޔުނިޓްތަކަށް ދިމާވެފައިވާ ޓަޗް ސްކްރީން މައްސަލަ ހައްލުކުރާ އެޕަލްއިން އައިއޯއެސް އަޕްޑޭޓެއް ނެރެފިއެވެ. އެޕަލް އިން އައިއޯއެސް 18.0.1 އާއި އައިޕެޑްއޯއެސް 18.0.1 ރިލީޒްކޮށްފައިވާއިރު، މިއީ މި މަހުގެ ކުރީކޮޅު ނެރުނު އައިއޯއެސް 18 އަށް ގެނައި ފުރަތަމަ އަޕްޑޭޓެވެ. މި އަޕްޑޭޓް ޑައުންލޯޑްކުރެވޭނީ ސެޓިންގްސް > ޖެނެރަލް > ސޮފްޓްވެއަރ އަޕްޑޭޓް މެދުވެރިކޮށެވެ. މި އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކަކީ: 1. އައިފޯން 16 އަދި 16 ޕްރޯ މޮޑެލްތަކުގެ ޓަޗް […]
އަޙްމަދު ދާއޫދު
މެދުއިރުމަތީގައި އިސްރާއީލްގެ އަނިޔާވެރިކަން އިތުރުވަމުންދާތީ މަދަނީ ރައްޔިތުންގެ ހިމާޔަތަށް ރެޑް ކްރޮސްއިން ގޮވާލައިފިއެވެ. ހުކުރު ދުވަހު އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ވަނީ ސިވިލް ރައްޔިތުން ރައްކާތެރިކުރުމަށް އިސްކަންދިނުމަށާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލާދިނުމުން ދުރުހެލިވުމަށް ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ގޮވާލައިފިއެވެ. “ނުރައްކާތައް ވަރަށް ބޮޑު، އަނިޔާވެރިކަން އިތުރުވަމުން ދާނަމަ، މަދަނީ ރައްޔިތުންނަށް ލިބިދާނެ ގެއްލުން ވަޒަންނު...
އަޙްމަދު ދާއޫދު
ވަރުގަދަ ސެންސަރުތަކާއި ދިގު ބެޓެރީ ލައިފާއެކު ހޮނިހިރު ދުވަހު އައުރާ ކުންފުނިން އެންމެ ފަހުގެ ސްމާޓް ރިންގް، އައުރާ ރިންގް 4 ބައެއް ބާޒާރުތަކަށް ނެރެފިއެވެ. މި އައު ސްމާޓް ރިންގްގައި ވަރަށް ގިނަ އައު ސިފަތަކެއް ހިމެނެއެވެ. އައުރާ ރިންގް 4 ގައި ހިމެނޭ މައިގަނޑު ސިފަތަކުގެ ތެރޭގައި އަލުން ޑިޒައިންކޮށްފައިވާ ޓައިޓޭނިއަމް 6 ކުލައެއްގައި ލިބެންހުރުން، އޫރާ އެޕާ ގުޅޭގޮތަށް ހަދާފައިވުން، ބްލޫޓޫތު ލޯ އެނަރޖީ (އެލްއީ) ކަނެކްޓިވިޓީ ސަޕޯޓްކުރުން، 12 ސައިޒެއްގައި ލިބެންހުރުން […]
އަޙްމަދު ދާއޫދު
ދުނިޔޭގައި 4 ބިލިއަން މީހުންނަށް ޑެންގީ ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ދުނިޔޭގައި 4 ބިލިއަން މީހުންނަށް ޑެންގީ ޖެހުމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، އެ ޖަމްޢިއްޔާގެ 6 ސަރަޙައްދެއްގައިވެސް ޑެންގީ ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. ޑަބްލިއުއެޗްއޯ އިން އިތުރަށް ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން ކޮ...
އަޙްމަދު ދާއޫދު
ޗާގޯސް ޖަޒީރާތަކުގެ ވެރިކަން މޮރީޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައިފިއެވެ. އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގެ ވެރިކަން އިނގިރޭސިވިލާތުން މޮރީޝަސްއަށް ދޫކޮށްލަން ނިންމި ކަން ވަނީ ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި އިޢުލާނުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ޑިއެގޯ ގާޝިއާ އަތޮޅުވެސް ހިމެނޭގޮތަށް އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރީޝަސްއަށް ދޫކޮށްލާނެއެވެ. ނަމަވެސް ޑިއެގޯ ގާޝިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު 99 އަހަރަށް އޮޕަރޭޓްކުރުމުގެ ހުއްދަ އިނގިރޭސިވިލާތ...
އަޙްމަދު ދާއޫދު
ގޫގުލްއިން ޖީމެއިލްގެ ސަމަރީ ކާޑުތަކަށް އިތުރު ފީޗަރތަކެއް ތަޢާރަފުކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ. މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް މިއަދުން ފެށިގެން ތަޢާރަފުކުރަން ފަށާނެއެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާ މި ސަމަރީ ކާޑުތަކުގައި މީގެ ކުރިން ހިމެނެނީ އަންނަ ޕެކޭޖުތަކުގެ މަޢުލޫމާތެވެ. ނަމަވެސް މިހާރު އޭގެ އިތުރުން ގަތް ތަކެތީގެ މަޢުލޫމާތާއި، އިވެންޓުތަކުގެ މަޢުލޫމާތާއި، ބިލުތަކުގެ މަޢުލޫމާތާއި އަދި ދަތުރުފަތުރުގެ މަޢުލޫމާތުވެސް ހިމެނޭނެއެވެ. މީގެ އިތުރުން، “ހެޕެނިންގ ސ...
އަޙްމަދު ދާއޫދު
އެފްރިކާގެ ދަތުރުވެރިންތަކެއް ދަތުުރުކުރަމުންދިޔަ ދެ އުޅަނދު ޖިބުތީގެ އައްސޭރިފަށަށް ފެތުމުގެ ސަބަބުން މަދުވެގެން 45 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށް އދ. ގެ މައިގްރޭޝަން އޭޖެންސީ އިން ބުނެފިއެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި މި ދެ އުޅަނދު ޔަމަނުން ފުރައިގެން ދިޔައިރު 310 މީހުން އެ އުޅަނދުތަކުގައި ތިއްބެވެ. ނަމަވެސް ރަތްކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އުޅަނދުތައް ވަނީ ފެތިފައެވެ. “އައިއޯއެމްއިން މިވަ...
އަޙްމަދު ދާއޫދު
އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފިއެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން މަނާކޮށް، އޭނާއަކީ ޕަރސޯނާ ނޮން ގްރާޓާ (ރަސްމީކޮށް ނޭދެވޭ މީހެއް) ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުން އަންގާރަ ދުވަހު އިސްރާއީލަށް ދިން މިސައިލް ހަމަލާ ގުޓެރެސް ސީދާ ކުށްވެރިނުކުރުމާ ގުޅިގެންނެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ގުޓެރެސް އިޢުލާން […]
އަޙްމަދު ދާއޫދު
ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ޕްލޫޓޯގެ އެންމެ ބޮޑު ހަނދު ޗަރޯންގެ ސަތަޙައިން ފުރަތަމަ ފަހަރަށް ކާބަން ޑައިއޮކްސައިޑް އަދި ހައިޑްރޮޖަން ޕެރޮކްސައިޑް ފެނިފައިވާ ކަމަށް ސައިންޓިސްޓުން ހާމަކޮށްފިއެވެ. މިއީ ގަނޑުވެފައިވާ ސޮލިޑް ބާވަތްތަކެކެވެ. މީގެ ކުރިން ޗަރޯންގެ ސަތަޙައިން ފެނިފައިވާ ފެނުގެ ގަނޑު، އެމޯނިއާ އެކުލެވޭ މާއްދާތަކާއި އޯގަނިކް މެޓީރިއަލްސްގެ އިތުރުން މި ދެ މާއްދާ ފެނުމާއެކު، މި ހަނދުގެ އުފެދުމާއި ތަރައްޤީގެ މަރުޙަލާތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ސައިންޓިސްޓުން [...
އަޙްމަދު ދާއޫދު
ސްވިޒަލޭންޑުގެ ވެރިރަށް ޒިއުރިކްގައި ކިންޑަގާޓަނަށް ދަމުންދިޔަ ތިން ކުޑަ ކުއްޖަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ސްވިސް ފުލުހުން ބުނެފިއެވެ. މި ހަމަލާ ދިނީ އަންގާރަ ދުވަހުގެ މެންދުރުފަހު ޒިއުރިކްގެ އޯލިކޮން ސަރަޙައްދުގައެވެ. ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން ހަމަލާ ދެވުނު ތިން ކުދިންނަކީވެސް 5 އަހަރުގެ ފިރިހެން ކުދިންނެވެ. މި ތިން ކުދިންވެސް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލަތު ސީރިއަސްކަމަށް ބުނެފައިވެއެވެ. މި ހަމަލާއާ ގުޅިގެން 23 އަހަރުގެ ޗައިނާގެ ރައްޔިތެ...
އަޙްމަދު ދާއޫދު
އީރާނުން އިސްރާއީލާ ދެކޮޅަށް ތެދުވެ އިސްރާއީލަށް މިސައިލް ހަމަލާދީފިއެވެ. އަލްޖަޒީރާއިން ބުނީ، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން، އިސްރާއީލަށް އެތައް މިސައިލްތަކެއް ދޫކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އިސްރާއީލްގައި ހުރި އެ ނޫހުގެ ރިޕޯޓަރާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ އިރާނުން ދޫކޮށްލި މިސައިލްތަކުގެ އަޑު އޭނާ ހުރި ހިސާބާއި ކައިރި ސަރަޙައްދުން އިވުނު ކަމަށެވެ. މި ހަމާލާތަކާއި ގުޅިގެން އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާދި ދެންމެއަކު އިރާނުން އެ ގައުމަ...
ޔުމްނާ ޢަލީ
އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެގަނެއްޖެއެވެ. ލުބްނާންގެ ދެކުނަކީ ހިޒްބުﷲ ޖަމާއަތުގެ އެންމެ ބޮޑު ހަރަކާތްތައް އޮންނަ ސަރަހައްދެވެ. އިސްރާއީލުން ދެކުނު ލުބްނާނަށް ވަދެގަތީ ހިޒުބުﷲ އާއި ދެކޮޅަށް އެއްގަމު އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިސްރާއީލުގެ އަސްކަރީއާއިން އިއުލާން ކުރުމަށްފަހުއެވެ. ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން އިސްރާއީލުން ރޭ ވެސް ވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެތަންތަން ދޫކޮށް ދިއުމަށް އ...
ޔުމްނާ ޢަލީ