މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް
ފޭސްބުކާއި، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ ބެލެނިވެރި ކުންފުނި މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މެޓާވާރސް ޓެކްނޮލޮޖީއަށް ކުރި އިންވެސްޓްމަންޓުގެ ސަބަބުން ފުރަތަމަ 100 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނަމަވެސް، މިހާރު މާކް ޒަކަބާގުގެ މުއްސަނދިކަން ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ބްލޫމްބާގް ބިލިއަނެއަރުންގެ އިންޑެކްސްގެ މަޢުލޫމާތު ދައްކާގޮތުގައި، މެޓާ ޕްލެޓްފޯމްސްގެ ހިއްސާގެ އަގު އެންމެ މަތީ މިނ...