މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,712 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 145 ވަނަ ޞަފްޙާ

ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފި

ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފި

ބޮޓްސްވާނާގެ އައު ރައީސްގެ ގޮތުގައި ދުމާ ބޯކޯ ހުވާކުރައްވައިފިއެވެ. ބޯކޯ ރައީސްކަމަށް އިންތިޚާބުވީ އެ ޤައުމުގެ ވެރިކަމުގައި 60 އަހަރާ ގާތަށް ހުރި ބޮޓްސްވާނާ ޑިމޮކްރެޓިކް ޕާޓީ (ބީޑީޕީ) ބަލިކޮށް، އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވުމަށްފަހުއެވެ. 54 އަހަރުގެ ބޯކޯ ހުވާކުރެއްވީ ހުކުރު ދުވަހު، ޤައުމީ ސްޓޭޑިއަމްގައި ހާޒިރުވެ ތިބި އެތައްހާސް މީހުންގެ ކުރިމަތީގައެވެ. އޭނާ ހުވާކުރައްވާފައި މިވަނީ އޭނާގެ ޕާޓީ، އަމްބްރެލާ ފޮރ ޑިމޮކްރެޓިކް ޗޭންޖް (ޔޫޑީސީ) އިން ވޯޓު ފޮށިތަކުން ބީޑީޕީ ބަލިކުރި ތާ [...

އަޙްމަދު ދާއޫދު
ސެމްސަންގް ފޯނުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް އައު އަޕްޑޭޓެއް ނެރެފި

ސެމްސަންގް ފޯނުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް އައު އަޕްޑޭޓެއް ނެރެފި

ސެމްސަންގުން އެކުންފުނީގެ ސްމާޓްފޯނުތަކާއި ވެއަރަބަލް ޑިވައިސްތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ނޮވެމްބަރު މަހުގެ ސެކިއުރިޓީ ޕެޗް ނެރެފިއެވެ. މި އަޕްޑޭޓުން ޖުމްލަ 51 ސެކިއުރިޓީ މައްސަލައެއް ހައްލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ 38 މައްސަލައާއި ސެމްސަންގްގެ ވަން ޔޫއައި ސޮފްޓްވެއަރގެ 13 މައްސަލަ ހިމެނެއެވެ. ސެމްމޮބައިލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެންޑްރޮއިޑްގެ 38 މައްސަލައަކީ ނުރައްކާތެރި މައްސަލަތަކެކެވެ. މި މައްސަލަތަކުގެ ސަބަބުން ހެކަރުންނަށް މުހިންމ...

އަޙްމަދު ދާއޫދު
ޣައްޒާއަށް އެޅި ބޮންތަކުގެ ބަރުދަން 2 ވަނަ ބޮޑު ހަނގުރާމައަށްވުރެ އިތުރު: ރިޕޯޓް

ޣައްޒާއަށް އެޅި ބޮންތަކުގެ ބަރުދަން 2 ވަނަ ބޮޑު ހަނގުރާމައަށްވުރެ އިތުރު: ރިޕޯޓް

އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ޣައްޒާ ސަރަހައްދަށް އަޅައިފައިވާ ބޮންތަކުގެ ބަރުދަން 85،000 ޓަނަށްވުރެ އިތުރުވެއްޖެ ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ. މިއީ 2 ވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ގޮވާ ތަކެތީގެ މިންވަރަށްވުރެ ގިނަ އަދަދެކެވެ. އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި، ޣައްޒާގެ އާބާދީ ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި ސިވިލިއަނުން...

އަޙްމަދު ދާއޫދު
ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތައްޔާރު: ބައިޑެން

ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތައްޔާރު: ބައިޑެން

ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު 2024ގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށް ވާހަކަފުޅު ދައްކަވައި، ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. މި ވާހަކަފުޅުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ސިހުންދެނިވި ކާމިޔާބީއަށް ފަހު، ބައިޑެން ވަނީ...

އަޙްމަދު ދާއޫދު
ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓް ޖަޕާނުން އުދުއްސާލައިފި

ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓް ޖަޕާނުން އުދުއްސާލައިފި

ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓް ޖަޕާނުން ޖައްވަށް އުދުއްސާލައިފިއެވެ. ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ސުމިޓޯމޯ ފޮރެސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ “ލިގްނޯސެޓް” ނަމަކަށް ކިޔާ ސެޓެލައިޓެއް ވަނީ ސްޕޭސްއެކްސްގެ މިޝަނެއްގައި ފަޒާއަށް ފޮނުވާލާފައެވެ. މި ސެޓެލައިޓަކީ ދުނިޔޭގެ ފުރަތަމަ ލަކުޑިން ހަދާފައިވާ ސެޓެލައިޓެވެ. ލިގްނޯސެޓް ބިމުން 400 ކިލޯމީޓަރު މަތީގައި ދުނިޔެ ވަށައިގެން ބުރުޖަހަމުން ދާނެއެވެ. މި ސެޓެލައިޓް ހަދާފައިވަނީ ޖަޕާނުގައި އާންމުކޮށް ހެދޭ ހޮނޮކީ ނަމަކަށް ކިޔާ ލަކުޑިއަކ...

އަޙްމަދު ދާއޫދު
ބިޓްކޮއިންގެ އަގު 75,000 ޑޮލަރަށް އަރައި ރެކޯޑެއް

ބިޓްކޮއިންގެ އަގު 75,000 ޑޮލަރަށް އަރައި ރެކޯޑެއް

އެމެރިކާގެ 47 ވަނަ ރައީސްކަމުގެ އިންތިޚާބުގައި، ކްރިޕްޓޯ ފައިސާއަށް ތާއީދުކުރާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯދުމާއެކު، މަޝްހޫރު ކްރިޕްޓޯ ފައިސާ ބިޓްކޮއިންގެ އަގު މިހާތަނަށް ދުވަހަކުވެސް ނުދެކޭ މިންވަރަކަށް އަރައި 74,800 ޑޮލަރުގެ އައު ރެކޯޑެއް ހަދައިފިއެވެ. މާކެޓް ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ 24 ގަޑިއިރުގެ ތެރޭގައި 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. މާހިރުންގެ ލަފާގައި ބިޓްކޮއިންގެ އަގު އިތުރަށް މަތިވަމުންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ކޮއިންބޭސް ޕްރީމިއަމް އިންޑެކް...

އަޙްމަދު ދާއޫދު
ޓްރަމްޕް އަލުން ރައީސްކަމަށް، ދުނިޔޭގެ ލީޑަރުން މަރުޙަބާ ކިޔައިފި

ޓްރަމްޕް އަލުން ރައީސްކަމަށް، ދުނިޔޭގެ ލީޑަރުން މަރުޙަބާ ކިޔައިފި

އެމެރިކާގެ 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން މަރުޙަބާ ކިޔައިފައެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، އިޒްރާއީލު، ޔުކްރެއިން، ނޭޓޯ، އިންޑިއާ އަދި ޔޫކޭ، ފްރާންސް، އިޓަލީ ފަދަ ޔޫރަޕުގެ ގައުމުތަކުގެ ލީޑަރުން ހިމެނެއެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސްވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފައެވެ. މި ލީޑަރުން ވަނީ ޓްރަމްޕްގެ ރައީސްކަމުގެ ދައުރުގައި އެމެރިކާއާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމަށް އު...

އަޙްމަދު ދާއޫދު
ޓްރަމްޕް ވައިޓް ހައުސްއަށް، ކާމިޔާބީ އިޢުލާންކޮށްފި

ޓްރަމްޕް ވައިޓް ހައުސްއަށް، ކާމިޔާބީ އިޢުލާންކޮށްފި

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވައިފ ިއެވެ. ޕާމް ބީޗް ކޮންވެންޝަން ސެންޓަރުގައި ތާއީދުކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައިވަނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ބާރުގަދަ މެންޑޭޓެއް ކަމަށެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޓްރަމްޕަށް 266 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 188 ވޯޓެވެ. ރަ...

އަލީ އާދިލް
ސައުތު ކޮރެއާއިން މެޓާއަށް 15 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ސައުތު ކޮރެއާއިން މެޓާއަށް 15 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ސައުތު ކޮރެއާގެ ޑޭޓާ ޕްރޮޓެކްޝަން އޭޖެންސީއިން ފޭސްބުކުގެ މައި ކުންފުނި މެޓާ ޕްލެޓްފޯމްސްއަށް 21.62 ބިލިއަން ވޮން (15.67 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކަނޑައަޅައިފިއެވެ. މި ޖޫރިމަނާ ކަނޑައެޅީ، އެ ކުންފުނިން ޤާނޫނީ ހުއްދައެއް ނެތި ޔޫޒަރުންގެ މަޢުލޫމާތު އެއްކޮށް، އިޝްތިހާރުކުރާ ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ. ސައުތު ކޮރެއާގެ ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޓާއިން ގާތްގަނޑަކަށް 980،000 ސައުތު ކޮރެއާގެ ފޭސްބު...

އަޙްމަދު ދާއޫދު
ޢަރަބި އިސްލާމީ ސަމިޓަކަށް ސައޫދީން ގޮވާލައިފި

ޢަރަބި އިސްލާމީ ސަމިޓަކަށް ސައޫދީން ގޮވާލައިފި

ޢަރަބި އިސްލާމީ ސަމިޓަކަށް ސައޫދީއަރަބިއްޔާއިން ގޮވާލައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، ފަލަސްތީނުގެ ސަރަޙައްދުތަކާއި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޢަރަބި އިސްލާމީ ސަމިޓެއް ބޭއްވުމަށް ގޮވާލައްވައިފައިވާއިރު، މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނެވެ. މީގެ އިތުރުން، ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ޙާލަތު ސިޔާސީ ގޮތުނ...

އަޙްމަދު ދާއޫދު
އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަޒީފާއިން ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޣައްޒާއާއި ލުބުނާންގައި ހިނގަމުންދާ ހަނގުރާމަތައް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަތަންޔާހޫ ބުނާ ގޮތުގައި އޭނާއާއި ގަލަންޓާ ދެމެދު ވަރަށް ގިނަ ފަރަގުތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ. މި ފަރަގުތަކަކީ ޣައްޒާއާއި ލުބުނާންގައި ހިނގަމުންދާ ހަނގުރާމަތައް ބެލެހެއްޓުމުގައި ދިމ...

އަޙްމަދު ދާއޫދު
އެމެރިކާގެ ރިޔާސީ އިންތިޚާބު: ނަތީޖާ އެނގޭނީ ކޮންއިރަކުން؟

އެމެރިކާގެ ރިޔާސީ އިންތިޚާބު: ނަތީޖާ އެނގޭނީ ކޮންއިރަކުން؟

އެމެރިކާގެ ވޯޓަރުން އެ ޤައުމަށް ދެން އަންނާނެ ރައީސަކު ހޮވުމަށް މިއަދު (އަންގާރަ ދުވަހު) ވޯޓުލާން ފަށާފައިވާއިރު، މިއިންތިޚާބުގެ ނަތީޖާ އެނގޭނީ ކޮންއިރަކުންތޯ މިއީ ވަރަށް ގިނަބަޔަކު އުންމީދުކުރާނެކަމެކެވެ. އާންމު ގޮތެއްގައި އެމެރިކާގެ އިންތިޚާބުތަކުގެ ނަތީޖާ ވޯޓުލުން ނިމޭތާ ގަޑިއިރުތަކެއްގެ ތެރޭގައި އިއުލާނުކުރެވޭ ނަމަވެސް، މިއަހަރުގެ ވާދަވެރި އިންތިޚާބުގައި ނަތީޖާ އެނގުމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބެލެވެއެވެ. ފުރަތަމަ ވޯޓު ފޮށިތައް ބަންދުކުރާނީ އަންގާރަ ދުވަހުގެ ރޭ 18:00 އީ.އެސް.ޓީ (23:...

އަޙްމަދު ދާއޫދު
ޓިކްޓޮކްގެ މައްޗަށް ފަރަންސޭސި 7 އާއިލާއަކުން ދައުވާ ހުށަހަޅައިފި

ޓިކްޓޮކްގެ މައްޗަށް ފަރަންސޭސި 7 އާއިލާއަކުން ދައުވާ ހުށަހަޅައިފި

ޓިކްޓޮކް އެޕްލިކޭޝަންގައި ދައްކާ ނޭދެވޭ ކޮންޓެންޓްގެ ސަބަބުން އެމީހުންގެ ދަރިންނަށް ގެއްލުން ލިބި، އޭގެ ތެރެއިން ދެކުދިން 15 އަހަރުގައި އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ ފަރަންސޭސި 7 އާއިލާއަކުން ޓިކްޓޮކްގެ މައްޗަށް ދައުވާ ހުށަހަޅައިފިއެވެ. މި މައްސަލައިގައި ބުނެފައިވާ ގޮތުގައި ޓިކްޓޮކްގެ އެލްގޮރިދަމްގެ ސަބަބުން އެ 7 ޓީނޭޖަރުންނަށް އަމިއްލައަށް މަރުވުމާއި، އަމިއްލައަށް ގެއްލުން ދިނުމާއި، ކެއުމުގެ އާދަތަކާ ގުޅޭ މައްސަލަތަކަށް ހިތްވަރުދޭ ވީޑިއޯތައް ދައްކާފައިވެއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ...

އަޙްމަދު ދާއޫދު
މޮރިޝަސްގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ބަދަލުކޮށްފި

މޮރިޝަސްގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ބަދަލުކޮށްފި

މޮރިޝަސްގެ ސަރުކާރުން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ބަދަލުކޮށްފިއެވެ. މި ނިންމުމަކީ އެގައުމުގެ އާންމު އިންތިޚާބާ ހަމައަށް ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުން ނިންމާފައިވަނީ ފޯނު ކޯލްތަކެއް ލީކްވުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ދެމިއޮތީ 24 ގަޑިއިރުއެވެ. މި މުއްދަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އެކްސް (ކުރީގެ ޓްވިޓަރ) ބޭނުން ނުކުރެވުނެވެ. މި މަނާކުރުން ދެމިއޮންނާނެކަމަށ...

އަޙްމަދު ދާއޫދު
ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ

ސްޕެއިންގައި ފެންބޮޑުވުމުގެ ހާދިސާ: 217 މަރު، އިތުރު ނުރައްކާ ކުރިމަތިވަނީ

ސްޕެއިންގެ ކެޓަލޯނިއާ ސަރަޙައްދަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 217 މީހުން މަރުވެފައިވާއިރު، އަދިވެސް އިތުރު ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން މި ހާދިސާގައި މަރުވި މީހުން އިތުުރުވުމުގެ ފުރުޞަތު އޮތްއިރު، އިތުރު ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ޤައުމުގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ. މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސްޕެއިންގެ އިރުމ...

އަޙްމަދު ދާއޫދު