މައިކްރޯސޮފްޓުން އައު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބްރޭންޑެއް ކަމަށްވާ “ވިންޑޯސް އިންޓެލިޖެންސް” ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ. ވިންޑޯސް 11 ގެ ކޯޑަށް ގެނެވުނު އެންމެ ފަހުގެ އަޕްޑޭޓްތަކުން މިކަން ދައްކުވައިދޭ ކަމަށް ބެލެވެއެވެ. މި ބަދަލާއެކު މައިކްރޯސޮފްޓުގެ ހުރިހާ އޭއައި ފީޗަރތަކެއް އެއް ބްރޭންޑެއްގެ ދަށަށް ގެނެވި، ވިންޑޯސްގެ ތަޖުރިބާގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މިހާރު މައިކްރޯސޮފްޓުގެ މައިގަނޑު އޭއައި ފީޗަރަކީ ކޮޕައިލެޓެ...
އަޙްމަދު ދާއޫދު
ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި އިޒްރޭލަށް ބުރަވާކަމަށް ބުނެ، އެ މުއައްސަސާގެ 100 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ސިޓީއެއް ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީއަށް ފޮނުވާފައިވާ ކަމަށް އިނގިރޭސި ނޫސް “ދި އިންޑިޕެންޑެންޓް” އިން ހާމަކޮށްފިއެވެ. ބީބީސީގެ މުވައްޒަފުންގެ އިތުރުން އެހެނިހެން މީޑިއާ ދާއިރާގެ ފަރާތްތަކުންވެސް މި ސިޓީގައި ސޮއިކޮށްފައިވާ ކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. މީގެ ތެރޭގައި ކުރީގެ ސީނިއަރ މިނިސްޓަރ...
އަޙްމަދު ދާއޫދު
އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އދ. އިން ބުނެފިއެވެ. ޔޫއެންގެ ފަލަސްތީނު ރެފިއުޖީންގެ އެޖެންސީ (އަންރުވާ) ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށް އިސްކަންދޭންވާނެ ކަމަށެވެ. ލަޒަރީނީ ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލައިފިނަމަ ފަލަސްތީނު ކުދިނ...
އަޙްމަދު ދާއޫދު
މެންޗެސްޓާ ސިޓީ ބަލިވމުގެ ފައިދާނަގައި ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 2-1 ނެތީޖާއިން ބޯންމައުތު އަތުން ބަލިވެފައެވެ. އަނިޔާގެ ސަބަބުން ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ބޯންމައުތުން ޖެހީ 9 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ސެމެންޔޯއެވެ. ބޯންމައުތުން ދެވަނަ ހާފުގައި އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑު 64 ވަނަ […]
އިބްރާހިމް ޚަލީލް
ސެމްސަންގްގެ އަންނަން އޮތް ސޮފްޓްވެއަރ އަޕްގްރޭޑް ކަމުގައިވާ ވަން ޔޫއައި 7 ގެ ބީޓާ ވާޝަން ނޮވެމްބަރު މެދުތެރޭގައި ނެރުމަށް ލަފާކުރެވޭ ކަމަށް މަޝްހޫރު ޓިޕްސްޓަރެއް ކަމުގައިވާ އައިސް ޔުނިވަރސް ހާމަކޮށްފިއެވެ. ގޫގުލްގެ އެންޑްރޮއިޑް 15 އަށް ބިނާކޮށް ތައްޔާރުކުރެވޭ ވަން ޔޫއައި 7 ގެ ފުރިހަމަ ވާޝަން 2025 ގެ ކުރީކޮޅު ނެރުމަށް ލަފާކުރެވޭއިރު، އޭގެ ކުރިން ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ބީޓާ ވާޝަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް ސެމްސަންގުން ކުރިން ވަނީ ނިންމާފައެވެ. […]
އަޙްމަދު ދާއޫދު
އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ އަލީ ޚާމަނާއީ އެމެރިކާއާއި އިސްރާއީލަށް “ނިކަމެތިކޮށްލާފަދަ ޖަވާބެއް” ދޭނެކަމަށް ވިދާޅުވެ ހަރުކަށި އިންޒާރެއް ދެއްވައިފައެވެ. ހޮނިހިރު ދުވަހު ތެހުރާނުގައި ދެއްކެވި ވާހަކަފުޅެއްގައި ޚާމަނާއީ ވިދާޅުވީ، “ދުޝްމަނުން، އެއީ ޒަޔަނިސްޓު ވެރިކަން ކަމުގައިވިޔަސް ނުވަތަ އެމެރިކާ ކަމުގައިވިޔަސް، އިރާނާއި، އިރާނުގެ ރައްޔިތުންނާއި، އަދި އީރާނުގެ އެކުވެރިންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ނިކަމެތިކޮށްލާފަދަ ޖަވާބެއް ކަށަވަރުންވެސް ލިބޭނެކަން.” އެބައިމީހުންނަށް އެނގެން ޖެހޭނ...
އަޙްމަދު ދާއޫދު
މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް ތަޢާރަފުކޮށްފިއެވެ. މިއީ ގޫގުލްގެ ސާރޗް އިންޖީނާ ވާދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އޯޕެންއޭއައި އިން ތަޢާރަފުކުރި މި އައު ޚިދުމަތަކީ “ޗެޓްޖީޕީޓީ ސާރޗް” އެވެ. މި ޚިދުމަތުގެ ސަބަބުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން އިންޓަނެޓުން މަޢުލޫމާތު ހޯދުމަށް އައު ގޮތެއް ލިބިގެންދާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. އޯޕެންއޭއައި އިން ބުނާ ގޮތުގައި ޗެޓްޖީޕީޓީ އަށް މިހާރު އިންޓަނެޓުން މަޢުލޫމާތު ހޯދުމުގެ ޤާބިލުކަން ވ...
އަޙްމަދު ދާއޫދު
ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީގެ އޭޖެންސީ ކޭއެސްރިލީފުން، ޔޫކްރެއިނުގައި ހާލުގައިޖެހި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 10.4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ދިނުމަށް އދ. ގެ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެހީގެ ދަށުން 11,000 ޝެލްޓަރ ކިޓާއި، 2,400 އަވަސް ހީޓިންގ ކިޓު އަދި ފިނިމޫސުމުގައި ގޭގެ އިންސިއުލޭޓް ކުރުމަށް ބޭނުންވާ އަސާސީ ބިލްޑިންގ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. މި އެހީގެ ސަބަބުން ގާތްގަނޑަކަށް 49,000 މީ...
އަޙްމަދު ދާއޫދު
ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ މަސްތުންގ ސަރަހައްދުގައި ދިން ބޮމު ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެ، 23 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 5 ސްކޫލް ކުދިން ހިމެނެއެވެ. ހުކުރު ދުވަހު ދެވުނު މި ހަމަލާ އަމާޒުކޮށްފައިވަނީ އަންހެނުންގެ ސްކޫލެއްގެ ކައިރީގައި ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ބަލަހައްޓަމުން ދިޔަ ފުލުހުންނަށެވެ. ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހްމަތުﷲ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި ހަމަލާގެ އަމާޒަކަަށްވީ ޕޯލިއޯ ވެކް...
އަޙްމަދު ދާއޫދު
ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އައިލެންޑް ބެލްޖިއަމުން ހަދަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. ބެލްޖިއަމުން އެ ގައުމުގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ނޯތު ސީގައި ބޮޑު މަސްނޫއީ ޖަޒީރާއެއް ބިނާކުރަމުންދާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. “ޕްރިންސެސް އެލިޒަބެތު” ގެ ނަމުން ނަންދެވިފައިވާ މި ޖަޒީރާ 2027 ވަނަ އަހަރު ނިމުމަކަށް އަންނާނެކަމަށް ލަފާކުރެވެއެވެ. މި ޖަޒީރާއިން 3.5 ގިގަވޮޓުގެ އޮފްޝޯ ވައިގެ ހަކަތަ ބެލްޖިއަމުގެ ކަރަންޓު ވިއުގައަށް އިންޓަގްރޭޓް ކުރެވޭނ...
އަޙްމަދު ދާއޫދު
އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެދެފިއެވެ. އެފްރިކަން ޔޫނިއަންގެ ސިއްޙީ ފަރާތްތަކުން އިންޒާރުދީފައިވަނީ މްޕޮކްސްގެ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި، ކޮވިޑް-19 އަށްވުރެ ބޮޑު ބަލިމަޑުކަމަކަށް މިކަން ނުވުމަށްޓަކައި ވަސީލަތްތަކަށް އެދިފައެވެ. ބުރާސްފަތި ދުވަހު ބޭއްވުނު ބްރީފިންގެއްގައި އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ވެރިޔާ ވިދާޅުވީ، މި ހާލަތު އަދިވެސް ކޮންޓްރޯލެއް ނުވާކަމަށާއި، އެފްރިކާ އަދިވެސ...
އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ނަސްލުނައްތާލުމެކޭ ބުނަން އުނދަގޫ ކަމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް ކިންގްޑަމްގެ ބޮޑުވަޒީރު ކީރ ސްޓާމަރ، މިހެން ވިދާޅުވީ، އިސްރާއީލުގެ ޕާލަމެންޓުން ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ (އަންރުވާ) މަނާކޮށް، އދ ގެ އެހީތައް ހުއްޓުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އިނގިރޭސިވިލާގުގެ ގްރީން ޕާޓީގެ ޕާލަމެންޓް މެންބަރު ކާލާ ޑެނިއަރ ވަނީ ބޮޑުވަޒީރު ސްޓާމަރަށް ގޮވާލައި، ޣައްޒާގެ ހާލަތު “ނަސްލު ހަލާކުކުރުން” ގެ ގޮތުގައި ސިފަކުރުމަށް އެދިފައ...
އަޙްމަދު ދާއޫދު
ސްރީލަންކާގެ އައު ސަރުކާރުން، 2021 ވަނަ އަހަރު ހިނގި އެކްސްޕްރެސް ޕާރލް ކާގޯ ބޯޓުގެ ހާދިސާ އަލުން ތަޙުޤީޤުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ހާދިސާ ބެލެހެއްޓުމުގައި ކޮރަޕްޝަނާއި އިހުމާލުވުމުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީއެވެ. ސްރީލަންކާގެ އައު ރައީސް އަނުރާ ކުމާރާ ދިސަނާޔަކޭގެ ސަރުކާރުގެ އިސް ވަޒީރެއް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ތަޙުޤީޤު ފަށާނީ ނޮވެމްބަރު 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓަރީ އިންތިޚާބު ނިމުމުންނެވެ. މި އިންތިޚާބުގައި ދިސަނާޔަކޭގ...
އަޙްމަދު ދާއޫދު
ރަޝިއާއިން އުތުރު ކޮރެއާއާއެކު ކުރަމުންދާ ސިފައިންގެ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް އެޤައުމުގެ އދ. އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ވަސިލީ ނެބެންޒިޔާ ވިދާޅުވެއްޖެއެވެ. އަދި ޔޫކްރެއިންއާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުރިމަތީ ސަފުގައި އުތުރު ކޮރެއާގެ ސިފައިން ތިބިކަމަށް ބުނާ ބުނުންތަކަކީ “ސީދާ ދޮގު” ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބުދަ ދުވަހު ބޭއްވުނު އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރު ނެބެންޒިޔާ ވިދާޅުވީ “ރަޝިއާއި...
އަޙްމަދު ދާއޫދު
ތުރުކީ އަމެރިކާ އެކްޓިވިސްޓް އައިސެނުރް އެޒްގީ އެއިގީ މަރާލި މައްސަލަ އަވަހަށް ތަޙުޤީޤުކޮށް، “ފުރިހަމަ ޖަވާބެއް” ދިނުމަށް އަމެރިކާއިން އިސްރާއީލަށް ގޮވާލައިފިއެވެ. އަމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްޕަރސަން މެޓް މިލަރ ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން “ފާއިތުވި ދުވަސްތަކުގައި” އިސްރާއީލުގެ އިސްވެރިންނާ އެކު އެމެރިކާގެ އޮފިޝަލުން ވާހަކަ ދައްކާފައިވެއެވެ. “އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ތަޙުޤީޤު އަދިވެސް ކުރިއަށްދަނީ. އަދި ފުރިހަމަ ޖަވާބެއް ދޭ ތަޙުޤީޤެ...
އަޙްމަދު ދާއޫދު