އިސްރާއީލުން ލުބުނާނުގެ ދެކުނުގައި ހަމަލާތައް ވަރުގަދަ ކޮށްފި
އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުގައި ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފިއެވެ. މާރިވް ނަމަކަށް ކިޔާ އިސްރާއީލުގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ދެކުނު ސަރަޙައްދުގައި ހިންގަމުންދާ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ފަށައިފައެވެ. މި ފިޔަވަހީގައި ހަމަލާތައް އަމާޒުކުރަނީ ހިޒްބުﷲގެ ދެވަނަ ދިފާއީ ލައިނަށް ކަމަށް އިސްރާއީލު ސިފައިން ބުނެއެވެ. މި އޮޕަރޭޝަންގައި އިސްރާއީލު ސިފައިންގެ އެންމެ ބޮޑު ޑިވިޝަން ކަމުގައިވާ 36 ވަނަ ޑިވިޝަން ބައިވެރިވާ ކަމަށް މާރިވް ނޫހުގައ...