ޔޫއޭއީގެ ޝާރިޖާގައި ބޭއްވުނު 2024 ވަނަ އަހަރުގެ އަރަބި އަންހެނުންގެ ބްލިޓްޒް ޗެސް ޗެމްޕިއަންޝިޕްގައި ފަލަސްތީނުގެ ބައިނަލްއަޤްވާމީ ޗެމްޕިއަން ޢުމުރުން 17 އަހަރުގެ އެމަން ސަވާން ރަން މެޑަލް ހޯދައިފިއެވެ.

މިކަން މައާން ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. ސަވާން މި މަޤާމު ހޯދީ 9 ބުރުގައި 7.5 ޕޮއިންޓް ހޯދައިގެން ފާހަގަކޮށްލެވޭ ފަދަ ޕަރފޯމަންސެއް ދައްކައިގެންނެވެ.

Ad
rt

ސަވާން މި މުބާރާތުގައި ބައިވެރިވީ ފަލަސްތީނުގެ ޤައުމީ ޓީމުގެ ކުޅުއްންތެރިއެއްގެ ގޮތުގައެވެ. މި ޓީމުގައި އޭނާގެ އިތުރުން ހިމެނެނީ ޗެމްޕިއަނުން ކަމުގައިވާ މުޙައްމަދު އަލް-ދަމަޖް، މަޙްމޫދު ދާވޫދު، ރާޖީ ސާޔެލް އަދި ވުޖޫދު އަލް-ނަޓްޝާއެވެ. އަދި މި ޓީމާއެކު ފަލަސްތީނު ޗެސް ފެޑެރޭޝަންގެ ސެކްރެޓަރީ އުމަރު އަލް-ޖައަބާރީ ވެސް ދަތުރުކުރިއެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން އަލް-ޖައަބާރީ ވިދާޅުވީ، ބައިނަލްއަޤްވާމީ ޗެމްޕިއަން އެމަން ސަވާނަށް މަރުޙަބާ" އެވެ. އަދި މި ކާމިޔާބީއަކީ ފެޑެރޭޝަންގެ ހުރިހާ މެންބަރުންގެ ހިލޭސާބަހަށް ކުރާ މަސައްކަތާއި ވަފާތެރިކަމަށް ލިބުނު އިނާމެއް ކަމަށް އޭނާ އިތުރުކުރެއްވިއެވެ.

ޗެމްޕިއަން ސަވާނަކީ ކުޅިވަރުގެ ދާއިރާގައި ފަލަސްތީނު އަންހެނުންގެ އުފެއްދުންތެރިކަމުގެ ތެދު ނަމޫނާއެކެވެ. އޭނާ އަރަބި އަދި ބައިނަލްއަޤްވާމީ ޗެމްޕިއަންޝިޕްތަކުގައި ފަލަސްތީނުގެ ނަން މަތިވެރިކޮށް، ފާހަގަކޮށްލެވޭ ގޮތެއްގައި އުފުލުމަށް ކާމިޔާބު ތައް ހޯދައިދީފައިވެއެވެ. އަދި މިއީ ހަމަ ޔަޤީނުންވެސް ފަލަސްތީނަށް ރަށުފެންވަރުގައާއި، ސަރަޙައްދީ ފެންވަރުގައާއި އަދި ދުނިޔޭގެ ފެންވަރުގައި ވާދަކޮށް، މަޤާމުތައް ހޯދުމުގެ ޤާބިލުކަން ހުރިކަން ކަށަވަރުކޮށްދޭ ކާމިޔާބީތަކާއި ނަތީޖާއެކެވެ.

17 އަހަރުގެ ސަވާނަކީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އަމިއްލަގައުމު ދޫކޮށް ޖޯޑަންގައި ހިޖުރަކޮށްގެން ދިރިއުޅޭ ފަލަސްތީނު ރައްޔިތެކެވެ.