ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯ ހެދުމުގެ ޓޫލް، ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ އިތުރުކޮށްފިއެވެ.

މިދިޔަ ހަފްތާގައި އިޢުލާނުކުރި މި އައު ފީޗަރ "ހެލްޕް މީ ކްރިއޭޓް" އަށް އިތުރުކުރުމާއެކު، މި ޓޫލުން އަމިއްލައަށް އުފައްދާ ކޮންމެ ސީނަކަށް ވޮއިސްއޯވަރ އިތުރުކުރެވޭނެއެވެ.

Ad
rt

ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި މި އައު ފީޗަރާ ބެހޭ އިތުރު ތަފްސީލު ހިއްސާކޮށްފައިވެއެވެ. މީގެ ކުރިން މި ޓޫލުން ޓެކްސްޓް ޕްރޮމްޕްޓަކާއި ގޫގުލް ޑްރައިވްގައިވާ ޑޮކިއުމަންޓެއްގެ މައްޗަށް ބިނާކޮށް ފުރިހަމައަށް އެޑިޓްކުރެވޭ ވީޑިއޯއެއްގެ ފުރަތަމަ ޑްރާފްޓް އުފެއްދުމފެއްދުމުގެ ފުރުސަތު ދެމުން އައެވެ. މި ޕްލެޓްފޯމް ހިންގަނީ ޖެމިނައި އިންޖީނުންނެވެ. ނަމަވެސް މި ޓޫލަށް ބޭނުންކުރާ ވަކި އޭއައި މޮޑެލެއް ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ޕްރޮމްޕްޓާއި ޑޮކިއުމަންޓަށް ބިނާކޮށް، ޖެމިނައި އިން ސްޓޮކް މީޑިއާ، ޓެކްސްޓް، ސްކްރިޕްޓް އަދި ބެކްގްރައުންޑް މިއުޒިކް ހިމެނޭ ސީންތައް އުފައްދައެވެ. އެފަދަ އުފެއްދުމެއް އުފެއްދުމަށްފަހު، ޔޫޒަރުންނަށް ޑްރާފްޓް ކޮންޓްރޯލްކޮށް ބޭނުންވާ ބަދަލުތަކެއް ގެނެވޭނެއެވެ. މި ޓޫލް މިހާރުވެސް ވަރަށް ފުރިހަމައެވެ. އެހެންނަމަވެސް މިހާރު ގޫގުލްއިން ވަނީ އަމިއްލައަށް ސީންތަކަށް ވޮއިސްއޯވަރ އިތުރުކުރުމުގެ ޤާބިލުކަން އިތުރުކޮށްފައެވެ.

މި އަޕްޑޭޓާއެކު ޔޫޒަރުންނަށް ވޮއިސްއޯވަރތަކުގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް ލިބިގެންދާނެއެވެ. އަދި ގިނަ އަދަދެއްގެ އޮޕްޝަންތަކުގެ ތެރެއިން ބޭނުންވާ ވޮއިސްއޯވަރެއް އިޚްތިޔާރުކުރެވޭނެއެވެ. ނުވަތަ މުޅިން ވޮއިސްއޯވަރ ނުލައި ވީޑިއޯ އުފެއްދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ގޫގުލްއިން މި ޕްލެޓްފޯމް ފުރަތަމަ ތަޢާރަފުކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.